Skip to main content
Topic Archive

#ޕީއެންސީ

567 Stories filed
ޔާމީނާ އެއްވެސް މައްސަލައެއް ނެތް، މައްސަލައެއް ޖެހެންޖެހޭ ސަބަބެއް ވެސް ނެތް: އަދުރޭ
Raajje

ޔާމީނާ އެއްވެސް މައްސަލައެއް ނެތް، މައްސަލައެއް ޖެހެންޖެހޭ ސަބަބެއް ވެސް ނެތް: އަދުރޭ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމާއި އޭނާ އަދި ޕީޕީއެމް/ޕީއެންސީ ލީޑާޝިޕާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، މައްސަލައެއް ޖެހެންވީ ސަބަބެއް ވެސް ނެތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެއެވެ. ޕީޕީލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަންގެ ގޮތުގައި ވެސް ހުންނެވި އަދުރޭ މިހެން ވިދާޅުވީ ސަންގު ޓީވީން ގެނެސްދިން ”ޚަބަރަށްފަހު...

އެމްއެންޕީން، ސަރުކާރާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ދީފި
Raajje

އެމްއެންޕީން، ސަރުކާރާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ދީފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން މިރޭ ދީފިއެވެ. އެ ޔަގީންކަން ދިނީ އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިރޭ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. މި ޕޯސްޓްގައި ނާޒިމް ވިދާޅުވެފައިވާގޮތުގައި، ދިވެހި ރައްޔިތުން، ޑރ. މުޢިއްޒު ރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރެއްވީ، އުޖާލާ ޒަމާނަކަށް އެ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކުގައި ކަމަށެވެ. ”ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއެކ...

މުޢިއްޒުގެ ވެރިކަން އުންމީދީ ވެރިކަމަކަށްވާނެ: އަމީން
Raajje

މުޢިއްޒުގެ ވެރިކަން އުންމީދީ ވެރިކަމަކަށްވާނެ: އަމީން

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިހިނގާ ފަސް އަހަރުގެ ދައުރުގެ ވެރިކަމަކީ އުންމީދީ ވެރިކަމަކަށްވާނެ ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. މިދައުރުގައި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ އަމީން މިހެން ވިދާޅުވީ، މިއަދު ”އެކްސް”ގައި ޚިޔާލުފާޅު ކުރައްވަމުންނެވެ. އަމީން ވިދާޅުވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އަށް އޭނާ ނޫނެކޭ ބުނެ ވޯޓު ދީފައިވާނީ ރައީސް ޑރ. މުޢިއްޒަށް ކަމަށެވެ. އަދި އެކަން އެހެންކުރީ ޑރ. މުޢިއްޒު […]

''ޖަލު ހުކުމެއް ތަންފީޒުކުރާ މީހަކަށް ޕާޓީ އުފައްދަން އީސީ އަށް ހުށަނޭޅޭނެ''
Raajje

''ޖަލު ހުކުމެއް ތަންފީޒުކުރާ މީހަކަށް ޕާޓީ އުފައްދަން އީސީ އަށް ހުށަނޭޅޭނެ''

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަނޭޅުއްވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ހަނދާންކޮށް ދެއްވައިފިއެވެ. ހަބީބް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 30 ވަނަ މާއްދާގައި ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދީފައިވާ ކަމަށެވެ. ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޝަ...

ރައްޔިތުން އިޚުތިޔާރުކުރީ މުޢިއްޒުގެ ތަސައްވުރު، އެކުގައި ސާބިތުވެ ހުންނާނަން: ނައިބު ރައީސް
Raajje

ރައްޔިތުން އިޚުތިޔާރުކުރީ މުޢިއްޒުގެ ތަސައްވުރު، އެކުގައި ސާބިތުވެ ހުންނާނަން: ނައިބު ރައީސް

ދިވެހި ރައްޔިތުން އިޚްތިޔާރުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުކަމަށާއި، މިވެރިކަން ރައްޔިތުންނަށް ލާބަހުރި ވެރިކަމަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒާއެކު ސާބިތުވެ ހުންނަވާނެކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެންވިދާޅުވެފައި މިވަނީ، ވެރިކަންކުރާ ޕްރޮގްރެސިވް ކޯލިޝަންގެ ބޮޑު ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އެ ޕާޓީ ދޫކޮށްލައްވަ...

ރައީސް މުއިއްޒާއެކު މިތިބީ ފިސާރި ސާބިތުވެ، ފަސް އެނބުރި ބެލުމެއް ނެތް: އަދުރޭ
Raajje

ރައީސް މުއިއްޒާއެކު މިތިބީ ފިސާރި ސާބިތުވެ، ފަސް އެނބުރި ބެލުމެއް ނެތް: އަދުރޭ

ފަސްއެނބުރި ބެލުމެއް ނެތި ޕީޕީއެމް/ޕީއެންސީ ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަދުރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ އެންމެ ފުރަތަމަ ގައުމު އިސް ކުރާ ދެ ޕާޓީ ކަމަށެވެ. އަދި އެ ދެ ޕާޓީ އޮތީ ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް މުއިއްޒާއެކު ފިސާރި ސާބިތުވެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. “މާތް ﷲ ގެ ވާގިފުޅާ އެކު ރައީސް ޑރ. މުއިއްޒުގެ ސަރުކާރު […]

މުޢިއްޒުގެ ވެރިކަން ދެމެހެއްޓުމަކީ ޕީޕީއެމް/ޕީއެންސީ އާއި މުޢިއްޒަށް ވޯޓުދިން އެންމެންގެ ޒިންމާއެއް: މުހައްމަދު
Raajje

މުޢިއްޒުގެ ވެރިކަން ދެމެހެއްޓުމަކީ ޕީޕީއެމް/ޕީއެންސީ އާއި މުޢިއްޒަށް ވޯޓުދިން އެންމެންގެ ޒިންމާއެއް: މުހައްމަދު

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ދެމެހެއްޓުމަކީ ޕީޕީއެމް/ޕީއެންސީ އާއި މުޢިއްޒަށް ވޯޓުދިން އެންމެންގެ ޒިންމާއެއް ކަމަށް  ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް، އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ރޭ ވަނީ  ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ފެޔަށް ޖެހިވަޑައިގެން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވިކަމަށް ޢިއުލާން ކުރައްވާފައެވެ. މިހެން ކަންހިނގާފައިވަނިކޮށް މުހައްމަދު ”އެކްސް”ގައި ވިދާޅުވީ، ދިވެހީންގެ ރާއްޖޭގެ އެންމެމ...

މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރަނީ ޕީއެންސީ، ޕީޖީ ލީޑަރަކީ ފަޒުލް
Parliament

މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރަނީ ޕީއެންސީ، ޕީޖީ ލީޑަރަކީ ފަޒުލް

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް މިއަދު ޢިއުލާންކޮށްފިއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 25 ވަނަ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް، ދުވަހުގެ އެޖެންޑާ އިއްވަވަމުން ރިޔާސަތުން ހުށަހަޅާކަންކަމުގެ ތެރެއިން ވަނީ މަޖިލީހުގެ ގަވާއިދާ ހަވާލާދެއްވައި، މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރައްވާ ޕާޓީއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީއެންސީ ކަމަށް ޢިއުލާން ކ...

އަޅުގަނޑާއި ނޫމަޑި މައްސަލަ އާއި ގުޅުވައި ދެއްކީ ބުހުތާނު ދޮގު ވާހަކަތަކެއް: ފަތުހީ
Raajje

އަޅުގަނޑާއި ނޫމަޑި މައްސަލަ އާއި ގުޅުވައި ދެއްކީ ބުހުތާނު ދޮގު ވާހަކަތަކެއް: ފަތުހީ

ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި އޭނާ އާއި ނޫމަޑި މައްސަލައާއި ގުޅުވައި ދެއްކީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށާއި، އެކަމާ އޭނާ އާއި އެއްވެސް ގުޅުމެއްނެތް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް ވަޒީރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ސަރުކާރުގައި ދާޚިލީ ވުޒާރާގެ ނައިބު ވަޒީރުކަން ވެސް ކުރައްވާފައިވާ ފަތުހީ މިހެން ވިދާޅުވީ މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. ރާއްޖެ ޓީވީން […]

1800 އަށް ވުރެ މީހުން އަލަށް ޕީއެންސީ އާ ގުޅިއްޖެ
Raajje

1800 އަށް ވުރެ މީހުން އަލަށް ޕީއެންސީ އާ ގުޅިއްޖެ

ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި 1200 އަށްވުރެ ގިނަ މީހުން އަލަށް ގުޅިއްޖެއެވެ. ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި ލ. އިސްދޫން އެ ޕާޓީއާއި ގުޅުނު 600 މީހުންގެ ފޯމު މި މަހުގެ 20 ވަނަ ދުވަހު އެ ޕާޓީއަށް ވަނީ ލިބިފައެވެ. އަދި އެ އަތޮޅު ގަމުން އެ ޕާޓީއާ ގުޅުނު 370 މީހުންގެ ފޯމުތައް ހަމަ އެދުވަހު ވަނީ އެ ޕާޓީއަށް ލިބިފައެވެ. މި ފޯމުތަކާއި ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން، ރައީސް އޮފީހުގެ […]

ނޫމަރާ ކައުންސިލްގެ ނައިބާއި ކައުންސިލް މެންބަރު ސިތާރާ ޕީއެންސީއަށް ސޮއިކޮށްފި
Thiladhunmathi News

ނޫމަރާ ކައުންސިލްގެ ނައިބާއި ކައުންސިލް މެންބަރު ސިތާރާ ޕީއެންސީއަށް ސޮއިކޮށްފި

ށ. ނޫމަރާ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ރަޝީދާއި، ކައުންސިލް މެންބަރު ސިތާރާ އަލީ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ. އެ ދެ ބޭފުޅުން ޕީއެންސީއާއި ގުޅިފައިވާކަން ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ. މި ދެ ބޭފުޅުން ޕީއެންސީއާއި ގުޅުނު މެންބަރުޝިޕް ފޯމާއި ހަވާލުވެފައި ވަނީ އެ ޕާޓީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ)އެވެ. ޕީއެންސީ އާއިި ގުޅުނު ނޫމަރާ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ރަޝީދަކީ މިނިވަން މެންބަރެއް ގޮތުގައި އިންތިޚާބުވެފައިވާ ފަރާތެކެ...

އިތިޚާބީ ރައީސްގެ އިލްތިމާސް: ގައުމު އިސްކޮށް، ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށްވާންޖެހޭ
Raajje

އިތިޚާބީ ރައީސްގެ އިލްތިމާސް: ގައުމު އިސްކޮށް، ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށްވާންޖެހޭ

ގައުމަށް ހަމަޖެހުން ބޭނުންވާ ކަމަށާއި، ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށްވެ ގައުމު އިސްކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ، މިއަދު ފާހަގަކުރާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖުގައެވެ. މި މެސެޖުގައި މުޢިއްޒު ވިދާޅުވީ، ޖުމްހޫރީ ވެރިކަމެއްގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިގެން ދާނީ ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން ކަ...

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރީ ގޯސްކޮށް: ހައިކޯޓް
Raajje

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރީ ގޯސްކޮށް: ހައިކޯޓް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ މައުލޫމާތު ހާމަކުރުމުން ގައުމީ ސަލާމަތަށް ގެއްލުމެއް ލިބޭ ނަމަ އެކަށީގެންވާ މިންވަރަކަށް ސާބިތުކޮށް ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމީ […]

ވީއައިއޭ މަޝްރޫއަށް ފައިސާ ހޯދީ މި ސަރުކާރަކުން ނޫން، މުއިއްޒު: އަދުރޭ
Raajje

ވީއައިއޭ މަޝްރޫއަށް ފައިސާ ހޯދީ މި ސަރުކާރަކުން ނޫން، މުއިއްޒު: އަދުރޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫއު ނިންމަން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން 1.2 ބިލިއަން ރުފިޔާ ދިނުމަށް ނިންމި އިރު، އެ ފައިސާ ހޯދީ މި ސަރުކާރަކުން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރަށް ބޭނުންވި 79.8 މިލިއަން ޑޮލަރު (1.2 […]

ޕީއެންސީ އާ 500 ޒުވާނުން ގުޅިއްޖެ
Raajje

ޕީއެންސީ އާ 500 ޒުވާނުން ގުޅިއްޖެ

ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި 500 ޒުވާނުން އަލަށް ގުޅިއްޖެއެވެ. ޕީއެންސީ އަކީ މިއަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ޕާޓީއެވެ. އެ ޕާޓީއާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) މަސައްކަތްކުރަނީ ކޯލިޝަނެއްގެ ގޮތުގައި، ޕްރޮގެރެސިވް ކޯލިޝަންގެ ނަމުގައެވެ. ޕީއެންސީއާއި އަލަށް 500 ޒުވާނުން ގުޅިފައިވާކަން ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ސެނެޓާ މުހައްމަދު އަބުދުލްކަރީމް (ރުކުމާ) ”އެކްސް”ގައި ވަނީ ހާމަކުރައްވާފައެވެ. ޕީއެންސީއާ އަލަށް 500 ޒުވާ...