Skip to main content
Topic Archive

#ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު

58 Stories filed
އެސްޓީއޯ، ފާމަސޫޓިކަލް އަދި ޕޯސްޓްގެ ބޯޑަށް އާ ޑިރެކްޓަރުން ޢައްޔަނުކޮށްފި
Business

އެސްޓީއޯ، ފާމަސޫޓިކަލް އަދި ޕޯސްޓްގެ ބޯޑަށް އާ ޑިރެކްޓަރުން ޢައްޔަނުކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އާ ތިން ޑިރެކްޓަރުން މިއަދު ޢައްޔަނުކޮށްފިއެވެ. މި ތިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން ޢައްޔަނުކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ. ޕީސީބީން ވަނީ އެ ތިން ކުންފުނީގެ ބޯޑަށް މެންބަރުން ހަމަޖެއްސިކަން މިއަދު ހާމަކޮށްފައެވެ. ޕީސީބީން ހާމަކުރި ގޮތުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބް...

ކުންފުނި އެމްޓީސީސީއާ އެއްކޮށްލުމުގެ މަރުހަލާގައި އާރްޑީސީގެ އެމްޑީ ނަޒީމް ވަކިކޮށްފި
Business

ކުންފުނި އެމްޓީސީސީއާ އެއްކޮށްލުމުގެ މަރުހަލާގައި އާރްޑީސީގެ އެމްޑީ ނަޒީމް ވަކިކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ނަޒީމް އެ މަޤާމުން ވަކިކޮށްފިއެވެ. ނަޒީމް އެ މަޤާމުން ވަކިކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ޔަޤީންކޮށްދީފައެވެ. ޕީސީބީން ބުނީ، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިބްރާހިމް ނަޒީމް ވަކިކޮށްފައިވާ ކަމަށެވެ. އޭނާ މަޤާމުން ވަކިކުރުމަށްފަހު، ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މިހާރު ވަނީ ބޭފުޅަކު...

އައުޤާފް ކުންފުނީގެ އެމްޑީ އަކަށް ޔާމީން، ބޯޑު އެކުލަވާލައިފި
Business

އައުޤާފް ކުންފުނީގެ އެމްޑީ އަކަށް ޔާމީން، ބޯޑު އެކުލަވާލައިފި

ދީނީ ކަންކަމަށް ހޭދަކުރުމަށާއި، މިސްކިތްތަކާއި ވަޤުފު ބިނާތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށްޓަކައި “މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް” ވެރިން ޢައްޔަނުކޮށް އެ ކުންފުނީގެ ބޯޑު އެކުލަވާލައިފިއެވެ. އެ ކުންފުނީގެ އެމްޑީ އަކަށް ހަމަޖައްސާފައި ވަނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީކަން ކުރިން ކުރެއްވި ޔާމީން އިދުރީސް އެވެ. އަދި އެކުންފުނީގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ އައްސައިޚް ޢިއްޒުއްދީން އަދުނާނެވެ. އެ ކުންފުނީގެ ބޯޑު މެމްބަރަކުންގެ ގޮތުގައި ހަމަޖެއްސި ބޭފުޅުން ހުސ...

އެޗްޑީސީއަށް ފަހު ޝަހީރު އެމްޓީޑީސީގެ ޗެއާމަންކަމަށް
Raajje

އެޗްޑީސީއަށް ފަހު ޝަހީރު އެމްޓީޑީސީގެ ޗެއާމަންކަމަށް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ ޗެއަރމަންކަމުގެ މަޤާމަށް މ. ލާލުބާޣު، އަޙްމަދު ޝަހީރު އައްޔަންކުރައްވައިފިއެވެ. ޝަހީރު މި މަޤާމަށް އައްޔަންކުރައްވާފައިވަނީ އިއްޔެއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއަރމަންކަމުގެ މަޤާމުގެ އިތުރުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށްވެސް ޝަހީރު ވަނީ އައްޔަންކުރައްވާފައި ކަމަށެވެ. އަޙްމަދު ޝަހީރަކީ ދިވެހި ވ...

އެމްޓީޑީސީގެ އައު އެމްޑީގެ މަގާމަށް ޙާރިޘް އައްޔަނުކޮށްފި
Business

އެމްޓީޑީސީގެ އައު އެމްޑީގެ މަގާމަށް ޙާރިޘް އައްޔަނުކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޙާރިޘް މުހައްމަދު އިއްޔެ އައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ގޮތުގައި، އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދަފްތަރު ނަންބަރު ރސ 4289، ޙާރިޘް މުޙައްމަދު އައްޔަނުކޮށްފައިވަނީ 28 ޖުލައި 2024 ގައެވެ. އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަ...

ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން 3 މަސް ދުވަހުގެ މުހުލަތެއް
Raajje

ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން 3 މަސް ދުވަހުގެ މުހުލަތެއް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ކުންފުނިތަކަށް އަންގާފައިވާ އެންގުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ތަންފީޒު ކުރުމަށް ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެ ކުންފުނިތަކަށް އަންގައިފިއެވެ. ޕީސީބީން އެންމެ ފަހުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް މީގެ ކުރިން ދީފައިވާ އިރުޝާދާ އެއްގޮތަށް، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމަން ޖެހޭނެ ކަމަށެވެ. މިއީ ސަ...

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް އިސްތިއުފާދެއްވައިފި
Raajje

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް އިސްތިއުފާދެއްވައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ޝަކީލް އިސްތިއުފާދެއްވައިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބުނީ ޝަކީލް ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމުންނާއި، ޑިރެކްޓަރުންގެ ބޯޑުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ. ހައްޖު ކޯޕަރޭޝަނުން ޝަކީލް އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް ޢައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ މިއަދު ރުހުން ދީފައެވެ. ޝަކީލް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމަށް ޢައްޔަނު ކުރީ 202...

ޒިޔަތު ވަކިކޮށް ލަމްއާން އެމްޕީއެލްގެ އެގްޒެކްޓިވް މެންބަރުކަމަށް
Business

ޒިޔަތު ވަކިކޮށް ލަމްއާން އެމްޕީއެލްގެ އެގްޒެކްޓިވް މެންބަރުކަމަށް

‏މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމުން ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ ޒިޔަތު އެ މަގާމުން ވަކިކުރުމަށްފަހު، އެ މަގާމަށް މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން، 01 މެއި 2026 އިން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ. ލައްމާން ކުރިން ހުންނެވީ އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުގައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ އިއްޔެއެވެ.

މިފްކޯގެ ވެރިޔަކަށް އަނަސް ޢައްޔަނުކޮށްފި
Business

މިފްކޯގެ ވެރިޔަކަށް އަނަސް ޢައްޔަނުކޮށްފި

ސަރުކާރުގެ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށް، ގއ. ދެއްވަދޫ / ދޭލިޔާގެ، މުޙައްމަދު އަނަސް މިއަދު ހަމަޖައްސައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމުން މިއަދު އިސްތިއުފާދެއްވި އަނަސް މިފްކޯގެ ވެރިއަކަށް ހަމަޖައްސާފައިވާކަމަށް އެ ބޯޑުން މިރޭ ވަނީ ބުނެފައެވެ. މިއަދު ޕީސީބީގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވި އަނަސް ޕީސީބީގެ މަ...

އަނަސް އިސްތިއުފާ ދެއްވުމުން ޕީސީބީގެ ރައީސަކަށް ނިޒާރު
Raajje

އަނަސް އިސްތިއުފާ ދެއްވުމުން ޕީސީބީގެ ރައީސަކަށް ނިޒާރު

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުޙައްމަދު އަނަސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޕީސީބީ އިން މިއަދު ބުނީ އެތަނުގެ ރައީސްގެ މަގާމުގައި ހުންނެވި، ގއ. ދެއްވަދޫ ދޭލިޔާގެ، މުޙައްމަދު އަނަސް، މަގާމުން އިސްތިޢުފާ ދީފައިވާތީ އޭނާގެ އިސްތިޢުފާ ޤަބޫލުކޮށްފައިވާ ކަމަށެވެ. އެއާއިއެކު އެމަޤާމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ މއ. ޔެލޯބެލް މުޙައްމަދު ނިޒާރު އައްޔަނުކޮށްފައިކަމަށް އެ ބޯޑުން ބުންޏެވެ. ނިޒާރަކީ ކުރިން ވެސް މި ބޯޑުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. 2014 ވަނަ އަހ...

ފެނަކައިގެ އެމްޑީގެ މަގާމަށް އަފީފު ޢައްޔަނުކޮށްފި
Raajje

ފެނަކައިގެ އެމްޑީގެ މަގާމަށް އަފީފު ޢައްޔަނުކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން ޢައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، މުޙައްމަދު އަފީފު ހުސެއިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ 27 އެޕްރިލް 2026 ވަނަ ދުވަހުން ފެށިގެންނެވެ. އަފީފް އެންމެފަ ހުން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ފ...

އެމްޕީއެލްގެ ވެރިއަކަށް ޝަފީގު
Business

އެމްޕީއެލްގެ ވެރިއަކަށް ޝަފީގު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް ހުސެއިން ޝަފީގު މިއަދު އައްޔަންކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ދަފްތަރު ނަންބަރ ރސ 2861، ޙުސެއިން ޝަފީޤް މިއަދުން ފެށިގެން ހަމަޖައްސާފައިވާކަމަށެވެ. އެމްޕީއެލްގެ އައު ވެރިއަކަށް ހަމަޖެއްސި ޝަފީޤަކީ ކަނޑުދަތުރުފަތުރާ ގުޅޭ ކަންކަމުގައި 35 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކު...

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި
Raajje

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން އަންގައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މާލީ ކަންކަމާ ބެހޭ ވުޒާރާއިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އަށް އަންގައިފިއެވެ. މާލީ ވުޒާރާއިން މިގޮތަށް އަންގަވާފައިވަނީ 17 އެޕްރީލް 2026 ގައި ޕީ.ސީ.ބީގެ ރައީސް މުޙައްމަދު އަނަސް އަށް ފޮނުއްވި ސިޓީއެއްގައެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، މާލީ މެނޭޖްމަންޓް ހަރުދަނާކޮށް ޚަރަދުތ...

ފެންކުންފުނީގެ އެމްޑީގެ މަގާމަށް ފަހުމީ
Business

ފެންކުންފުނީގެ އެމްޑީގެ މަގާމަށް ފަހުމީ

ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ހުސެއިން ފަހުމީ މިއަދު އައްޔަންކުރައްވައިފި އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޑަބްލިއުއެސްސީގެ ބޯޑު މެމްބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މ. ފަތަހަ، ހުސެއިން ފަހުމީ އައްޔަންކޮށްފައިވާ ކަމަށެވެ. އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު 12 އޭޕްރިލް 2025 ގައި...

އެމްޑަބްލިޔުއެސްސީގެ އެމްޑީ މަތީނު ވެސް އިސްތިއުފާ ދެއްވައިފި
Raajje

އެމްޑަބްލިޔުއެސްސީގެ އެމްޑީ މަތީނު ވެސް އިސްތިއުފާ ދެއްވައިފި

ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވެސް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަތީން ވަނީ އޭނާ މަގާމު ދޫކޮށްލެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ސަބަބެއް ވިދާޅެއްނުވެއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައިވާ ގޮތުގައި މަތީން މިއަދު މަގާމުން އިސްތިއުފާދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ އިސްތިއުފާ ގަބޫލުކޮށް އޭނާ މިއަދު...