ޖޫން 1 ން 21 ގެ ނިޔަލަށް 95،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
މިއަހަރުގެ ޖޫން 1 ން 21 ގެ ނިޔަލަށް 95،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި ނިމިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް 95000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ފައިބެއަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 45،958 ފަތުރުވެރިންނެވެ. އަދި 2021 ވަނަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރީ 92،519 ފަތުރުވެރިންނެވެ. އެހެންކަމުން ފާ...