"ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަންސާސް" ޑިޖިޓަލް ފޮތް އިފްތިތާހުކޮށްފި
“ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ފަންސާސް” ޑިޖިޓަލް ފޮތެއް ޓޫރިޒަމް މިނިސްޓްރީން އިފްތިތާހުކޮށްފި އެވެ. މި ފޮތް އިފްތިތާހު ކޮށްދެއްވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޅަފަތުގައި ރިސޯޓު އަދި ސަފާރީ އުޅަނދު ތަރައްގީ ކުރުމުގެ މަސައްކަތުގައި އުޅުއްވި މައިޒާން އުމަރު މަނިކެވެ. މި ފޮތުގައި ފަތުރުވެރިކަމުގެ ފެށުމާއި އޭގެ މުހިންމު ބައިވެރިން، ފަތުރުވެރިކަން ތަރައްގީވަމުން އައި ގޮތް ބަޔާންކޮށްފައި ވެއެވެ. އަދި ސަރުކާރުގެ ދައުރާއި ރާއްޖޭގެ އިގްތިސާދުގައި ފަތުރުވެރިކަމުގެ ދައުރުގެ މައްޗަށް ވެސް އަލިއަޅުވާލާފ...