ވިލިވަރުގައި ކަރަންޓީން ކުރި އިޓަލީ ކުޑަ ކުއްޖާގެ އާއިލާއަށް ހިލޭ ޗުއްޓީދަތުރެއް
ވ ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ކޯވިޑް-19އަށް ޝައްކު ކުރެވިގެން ކ ވިލިވަރުގައި ކަރަންޓީން ކުރި އިޓަލީގެ ކުޑަކުއްޖާގެ އާއިލާއަށް ހިލޭ ޗުއްޓީ ދަތުރެއް ދިނުމަށް ޓުއަރިޒަމް މިނިސްޓްރީން ނިންމައިފިއެވެ. ކޯވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ވ ތިނަދޫއިން ގެނެސް ކ ވިލިވަރުގައި ފުރަތަމަ ކަރަންޓީންކުރި، އިޓަލީގެ ކުޑަކުއްޖާ 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވުމުން ދޫކޮށްލުމުން ހޯމަދުވަހު އާއިލާ އާއި އެކު ޤައުމަށް ވަނީ ފުރާފައެވެ. ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުވަނީ، ވެލ...