Skip to main content
Topic Archive

#ޑރ.މުހައްމަދު މުޢިއްޒު

359 Stories filed
ސިޔާސީ އަދަބެއް ނުދޭނަން، އެކަމަކު ގާނޫނުގެ ވެރިކަން ކަށަވަރުކުރާނަން: ރައީސް
Raajje

ސިޔާސީ އަދަބެއް ނުދޭނަން، އެކަމަކު ގާނޫނުގެ ވެރިކަން ކަށަވަރުކުރާނަން: ރައީސް

ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ ކުރައްވާނެ ކަމަކަށް ނުވި ނަމަވެސް ގާނޫނުގެ ވެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ދައުލަތް ހިންގުމުގެ ދެން އޮތް ދެ ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިހާއި ޝަރުއީ ދާއިރާ އަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެމުން ގެންދާނެ ކަމަށެވެ. އަދި ޝަރުއީ […]

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ އާއި 500 ފްލެޓު ދެނީ
Raajje

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ އާއި 500 ފްލެޓު ދެނީ

ނުކުޅެދުންތެރިކަން ހުންނަ 500 ފްލެޓް ހާއްސަކޮށް، ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު، އެކުލަވާލެވޭ އުސޫލެއްގެ ތެރެއިން މަގުފަހި ކުރުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދާއިދިނުމާއި ވަޒީފާ ދިނުމުގ...

ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީނު ކުރަނީ
Raajje

ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީނު ކުރަނީ

ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީން ކުރުމުގެ މަސައްކަތް ފައްޓަވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ، މިސްކިތްތައް ބެލެހެއްޓުމާ މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފައިވާކަން ހާމަކުރައްވައި، ސަރުކާރު ހިންގުމާ ޙަވާލުވެ ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅީން އަލަށް 6 މިސްކިތެއްގެ މަސައްކަތް ޙަވާލުކޮށްފައިވާކަ...

މިސްކިތްތަކަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފި
Raajje

މިސްކިތްތަކަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފި

ދިވެހިރާއްޖޭގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަން ފާހަގަކުރައްވައި، މިގޮތުން، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ނަގަހައްޓައި، ރިވެތި އަޚްލާޤާ ސުލޫކު މުޖްތަމަޢުގައ...

''ރާއްޖޭގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ޤާބިލްކަން ވަރަށް އަވަހަށް ގާއިމުކުރެވޭނެ''
Raajje

''ރާއްޖޭގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ޤާބިލްކަން ވަރަށް އަވަހަށް ގާއިމުކުރެވޭނެ''

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ޤާބިލްކަން ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ބައިނަލްއަޤްވާމީ ހަމަތަކުގެ މަތީން އަލުން އެދި، ވަކާލާތުކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމ...

މެއި 10ގެ ނިޔަލަށް އިންޑިއާ ސިފައިން ގެންގޮސް ނިންމަން ވަނީ އެއްބަސްވެފައި: ރައީސް
Raajje

މެއި 10ގެ ނިޔަލަށް އިންޑިއާ ސިފައިން ގެންގޮސް ނިންމަން ވަނީ އެއްބަސްވެފައި: ރައީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންނަ މޭ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ގެންގޮސް ނިންމަން އެއްބަސްވެފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދެއްވަމުންނެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދަކީ، ދިވެހީންގެ މިނިވަންކަމާ އަމިއްލަވަންތަކަން ޙިމާޔަތްކޮށްދޭނެކަމުގެ ވަޢުދު ކަމަށެވެ. ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަ...

ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކޮށް، ރަސްމީކޮށް އިއުލާނުކޮށްފި
Raajje

ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކޮށް، ރަސްމީކޮށް އިއުލާނުކޮށްފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު، ރަމަޟާން މަހުގެ (ރޯދަ މަހުގެ) ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ހަމަޖެއްވިކަން މިއަދު ރަސްމީކޮށް ޢިއުލާންކޮށްފިއެވެ. ރައީސް މުޢިއްޒު ވަނީ މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސަވާފައެވެ. ރަމަޟާން މަހުގެ ފަހުދިހަޔާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް […]

ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާދޭނަން: ރައީސް
Raajje

ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާދޭނަން: ރައީސް

ސަރުކާރުގެ މަސް ކުންފުނި،  މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސް ޖަވާބުދެއްވުމުގެ ގޮތަށް، ރައީސް އޮފީހުން މިއަދު ފެށްޓެވި ސިލްސިލާ “ރައީސްގެ ޖަވާބު” ގައި މަސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިގޮތުން މި ސިލްސިލާ...

ޕީއެންސީ/ޕީޕީއެމް ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނާ ރައީސް މުޢިއްޒު ބައްދަލުކުރައްވައިފި
Raajje

ޕީއެންސީ/ޕީޕީއެމް ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނާ ރައީސް މުޢިއްޒު ބައްދަލުކުރައްވައިފި

ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓުންނާއި، އެ އިއްތިހާދުގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ބައްދަލުކުރައްވައިފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން އޮތީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުން ބުނީ، އެ ޕްރައިމަރީގައި ކާމިޔާބު ހޯދި ކެންޑިޑޭޓުންނާއި ރައީސް މުޢިއްޒު ރޭ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ނައިބު ރައީސް، ޕީއެންސީގެ ވެސް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި، ޕީއެންސީ...

ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި
Raajje

ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ނިންމައިފިއެވެ. ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް) އިން ފާސްކޮށްފައި ވަނީ އެ ގްރޫޕްގެ ހުރިހާ މެންބަރުންގެ އިއްތިފާޤުންކަމަށް މައުލޫމާތު ލިބެއެވެ. މިކަމާބެހޭ އެމްޑީޕީގެ ރަސްމީ ބަހެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ މެންބަރަކު އެކަން ވަނީ ”ތިލަދުން” އަށް ޔަގީންކޮށްދީފައެވެ. އަދި އެ މައްސަލަ...

ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ، އަމާޒަކީ މަދުވެގެން 62 ގޮނޑި: ރައީސް
Raajje

ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ، އަމާޒަކީ މަދުވެގެން 62 ގޮނޑި: ރައީސް

ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ސަރުކާރުގެ އޮތީ ހެޔޮ ނިޔަތްކަމަށާއި، ވައުދުތައް ފުއްދުމާއެކު ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ދެމެހެއްޓޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ލީޑްކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ މިއަދު ކުރިއަށް ދިޔަ ވަގުތު އެތަން ބައްލަވައިލައްވަން ވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ސ...

މާލޭގެ މަގުތައް ހަދައި ޕާކިން މައްސަލަ 5 އަހަރުތެރޭ ހައްލު ކުރާނަން: ރައީސް
Raajje

މާލޭގެ މަގުތައް ހަދައި ޕާކިން މައްސަލަ 5 އަހަރުތެރޭ ހައްލު ކުރާނަން: ރައީސް

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މާލޭގެ މަގުތައް ހަދައި ޕާކިން މައްސަލަ ހައްލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މޭޔަރު އާދަމް އާޒިމާ ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމެއް ހައްލުކޮށް ދެއްވާނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައިގެން ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލް ވާނީ […]

ރައީސް އާއި ވަޒީރުން ރައްޔިތުންގެ ކުރިމައްޗަށް، ބޭނުން ސުވާލެއް ކުރެވޭނެ!
Raajje

ރައީސް އާއި ވަޒީރުން ރައްޔިތުންގެ ކުރިމައްޗަށް، ބޭނުން ސުވާލެއް ކުރެވޭނެ!

އެމަނިކުފާނާއި ކެބިނެޓްގެ ހިމެނިވަޑައިގަންނަވާ ވަޒީރުންނާ ސުވާލު ކުރެވޭނެ ގޮތަށް ފޯރަމްތަކެއް ބާއްވަވައި ރައްޔިތުން ކުރަން ބޭނުންވާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މޭޔަރު އާދަމް އާޒިމާ ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އިތުބާރާއި ތާއިދާއި އެކީގައި އިންތިހާބު ވެގެން އަނ...

އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އަތޮޅުތަކަށް ލިބޭ ގޮތް ހަދަން ރައީސް ނިންމަވައިފި
Raajje

އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އަތޮޅުތަކަށް ލިބޭ ގޮތް ހަދަން ރައީސް ނިންމަވައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު، މީރުބަހުރު ކުރިމަތީގައި ހުންނަ އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ އަތޮޅުތަކަށް ލިބޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މޭޔަރު އާދަމް އާޒިމާ ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ މާލޭގައި އަތޮޅު ފިހާރަ ހުރި ނަމަވެސް އެ ފިހާރަތަކަށް ލިބެމުން ދިޔަ ފައިސާ އެެ އަތޮޅުތަކާ ހަވާލުކޮށްފައި […]

މާލެ އާއި ރަސްމާލެ ގުޅުވައިލާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން: ރައީސް
Raajje

މާލެ އާއި ރަސްމާލެ ގުޅުވައިލާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން: ރައީސް

ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްގީކުރާ ޒަމާނީ ރަށް، ރަސްމާލެއާއި ވެރިރަށް މާލެ ގުޅުވައިލާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު (ބައި-އިލެކްޝަން)ގެ މޭޔަރު އަދި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ދަރުބާރުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ރަސްމާލެ އާއި މާލެ ގުޅުވައިލުމަށް ކަނޑު އަޑިން އަޅާ ޓަނަލް ވެގެންދާނީ އެޓަނަލ...