ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި ހަވާސާކޮށްފައި ތިބި މީހުންނަށް ސަމާލުކަން ދޭނަން: ރައީސް
ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި ހަވާސާކޮށްފައި ތިބި ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މާލޭގައި ގާއިމްކުރި “އިސް ރަށްވެހިންގެ ނާދީ” ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ރާޑާރަށް އަރުވައިގެން މަސައްކަތް ކުރުމަކީ މި ސަރުކާރުން ސަމާލުކަން ދޭނެ ކަމެއް ކަމަށެވެ. އެއީ މީގެކުރިން ނަމަ، ހަވާސާކޮށްފައި ތިބި ބައެއް ކަމުގައި ރ...