ރައީސް މުޢިއްޒު ނިންމެވީ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީއަށް ފޯމު ހުށަހެޅި ހުރިހާ މެންބަރުންނަށް ވެސް ފުރުސަތުދޭން
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް އިއްތިހާދު)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ކުރިމަތިލި ހުރިހާ މެންބަރުންނަށް ފުރުސަތުދޭން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. އަދުރޭ ވިދާޅުވެފައިވާގޮތުގައި ޕްރ...