ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (7)
ޖުލައި 5 ވަނަ ދުވަހުގެ އަދަދާއި ގުޅޭ: ” އެހެންވިއްޔާ މައިންބަފައިގެ ޒުވާބުގެ އަޑު ކޮޓަރިން ބޭރުވިޔަ ނުދީ. ދަރިންނަށް އިވުނީމަ ސުވާލު ކުރާނެކަން ވެސް އެނގެން ވާނެ.” މާޔާ އެހެން ބުނެ ބާރުބާރަށް ގެއިން ނިކުންނަން ހިނގައިގަތެވެ. ހުރި ފިޔަވަޅުމަތީ ސުވޭދާއަށް ހުރެވުނީ ހިތްހަމަނުޖެހިފައެވެ. ބޭރުގައި ހުރި ޖޯލިފަތީގައި މާޔާ ގޮސް އިށީނީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ރަށަށް އައިއްސުރެން މަންމައާއި ބައްޕަގެ ހަމަނުޖެހުމުގެ އަޑު އިވިއިވި މާޔާ ހުރީ ވަރަށް ބޮޑަށް ފޫހިވެފައެވެ. ރަށުގައި މަޑުކުރުމުގެ […]