ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (ފުރަތަަމަ ބައި)
ސްކޫލްގެ ދޮރާށިން ކުދިންތައް ނިކުންނަމުން ދަނީ އެއްފަހަރާ، ތޮއްޖެހެމުންނެވެ. އެއް ކުއްޖަކަށްވުރެން އަވަހަށް އަނެއްކުއްޖަކު ނިކުތުމަށް މަސައްކަތްކުރަމުންދަނީ އެހާމެ އަވަސް ހަރަކާތްތަކާއެކުއެވެ. ދޮރުން ނިކުމެވުމާއެކު އެކި ކުދިން، އެކި ދިމާލަށް މިސްރާބުޖަހަންފަށައިފިއެވެ. ދުވަމުންނާއި ހިނގަމުންނެވެ. ބައިސްކަލްތަކުގައްޔާއި، ސައިކަލްތަކުގެ ފަހަތު ސީޓުގައެވެ. ހުރިހާ ކުދިންގެ މޫނުމަތިން ވެސް ފެންނަމުންދަނީ އުފާވެރިކަމުގެ ޖަޒްބާތުތަކެވެ. އަދި ހިނިތުންވުމާއި ހިތްހަމަ ޖެހުމުގެ ކުލަވަރެވެ. ކުދިންތަކުގެ ތެރ...