Skip to main content
Topic Archive

#ސައޫދީ އަރަބިއްޔާ

131 Stories filed
ސައޫދީ ފަންޑުން ވީއައިއޭ ތަރައްގީއަށް 287 މިލިޔަން ރުފިޔާގެ ލޯނެއް
Raajje

ސައޫދީ ފަންޑުން ވީއައިއޭ ތަރައްގީއަށް 287 މިލިޔަން ރުފިޔާގެ ލޯނެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ރާއްޖެ އަށް ދޭ ދެވަނަ ލޯނުގެގޮތުގައި 287 މިލިޔަން ރުފިޔާގެ ލޯނު އެހީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން،އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫޢަށް އިތުރު ފައިނޭންސިންގގެ ގޮތުގައިދިނުމަށް ހަމަޖެހިފައި ވަނީ 63،750،000.00 ސައުދީ ރިޔާލް (ގާތްގަނޑަކަށް 287 މިލިޔަން ރުފިޔާ) އ...

ސައޫދީ ފަންޑުގެ ވެރިޔާ އަށް ދިވެހި ދައުލަތުގެ ޝަރަފުގެ އިއްޒަތް
Raajje

ސައޫދީ ފަންޑުގެ ވެރިޔާ އަށް ދިވެހި ދައުލަތުގެ ޝަރަފުގެ އިއްޒަތް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓު (ސައޫދީ ފަންޑް)ގެ އެންމެ އިސްވެރިޔާ، ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް އަރުވައިފިއެވެ. ދިވެހި ދައުލަތުން އަރުވާ ޢިއްޒަތް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ. ސަޢޫދީ ފަންޑްގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސް މުޢިއްޒު ކަނޑައެޅުއްވީ، ސަޢޫދީ ފަ...

''މި ދައުރުގައި ސައޫދީ-ރާއްޖެ ގުޅުން ވަނީ އިތުރަށް ވަރުގަދަވެފައި، ވަރަށް ގާތުން މަސައްކަތް ބޭނުންވޭ''
Raajje

''މި ދައުރުގައި ސައޫދީ-ރާއްޖެ ގުޅުން ވަނީ އިތުރަށް ވަރުގަދަވެފައި، ވަރަށް ގާތުން މަސައްކަތް ބޭނުންވޭ''

މި ދައުރުގައި ސައޫދީ-ރާއްޖެ ގުޅުން ވަނީ އިތުރަށް ވަރުގަދަވެފައި ކަމަށާއި، ސަޢޫދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ބޭނުންފުޅުވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލެންސީ މަތްރެކް ބިން ޢަބްދުﷲ އަލް-އަޖާލީން އަލްދޮސާރީ ރައީސް މުޢިއްޒުގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތުގައެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒ...

ޢުމްރާއަށްދާ ފަރާތްތައް މެނިންޖައިޓިސް ވެކްސިން ޖެހުމަށް ސަޢޫދީން އިލްތިމާސްކޮށްފި
Raajje

ޢުމްރާއަށްދާ ފަރާތްތައް މެނިންޖައިޓިސް ވެކްސިން ޖެހުމަށް ސަޢޫދީން އިލްތިމާސްކޮށްފި

ރަމަޟާންމަހު ޢުމްރާއަށްދާ ފަރާތްތައް މެނިންޖައިޓިސް ވެކްސިން ޖެހުމަށް ސަޢޫދީން އިލްތިމާސްކޮށްފިއެވެ. ރަމަޟާން މަހު ޢުމްރާއަށް ދިއުމަށް ގަސްތުކުރާ ފަރާތްތަކުން މެނިންޖައިޓިސް ވެކްސިން ޖެހުމުގެ މުހިންމުކަން ސަޢޫދީ ޢަރަބިއްޔާގެ ޞިއްޙަތާބެހޭ މިނިސްޓްރީން ފާހަގަ ކޮށްފައިވާއިރު، މިއީ ބަލިތަކުން ރައްކާތެރިވުމަށާއި ގައިން ގަޔަށް އަރާ ބަލިތައް ފެތުރުން ހުއްޓުވުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސަޢޫދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ހޯމަ ދުވަހު ރިޕޯޓުކޮށްފައިވެއެވެ. ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުގެ މަދުވެގެން...

ސައޫދީގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ
Raajje

ސައޫދީގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ

ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނާއި ވަލީއަހުދަށް ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދަކީ (ފެބްރުއަރީ 22 ވަނަ ދުވަހަކީ) ސަޢޫދީ ޢަރަބިއްޔާގެ ތައުސީސީ ދުވަހެވެ. މިއަދުގެ މުނާސަބާގައި ރައީސް މުޢިއްޒު ފޮނުއްވި ތަހުނިޔާގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދާއި، ވަލީއަހުދާއި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް އިޚްލާޞްތެރި ތަހުނިޔާއ...

ސައުދީން ހަދިޔާކުރި ކަދުރު ރޯދައިގެ ކުރިން ބަހައި ނިންމަނީ
Raajje

ސައުދީން ހަދިޔާކުރި ކަދުރު ރޯދައިގެ ކުރިން ބަހައި ނިންމަނީ

އަންނަ ރަމަޟާން މަހަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ރޯދަމަސް ކުރިން ބަހާ ނިންމާނެ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ “އެކްސް” ގައި ވިދާޅުވީ ސައުދީ އަރަބިއްޔާއިން ކޮންމެ އަހަރަކު ރަމަޟާން މަހަށް ދެއްވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އަށް މިހާރު ލިބިފައިވާ ކަމަށާއި، އެ ކަދުރު ރަމަޟާން މަސް ފެށުމުގެ ކުރިން ބަހާ ނިންމާނެ ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މި ފަހަރު ކަދުރު ބެހުމުގައި […]

ރައީސް، ސަޢޫދީ ފަންޑް ސީއީއޯ އާއި ބައްދަލުކުރައްވައިފި
Raajje

ރައީސް، ސަޢޫދީ ފަންޑް ސީއީއޯ އާއި ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގެ ހަވާސާގައި އެވެ. ރައީސް އޮފީހުން ބުނީ ދިވެހިރާއްޖެ އާއި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހި...

ރައީސް ސައޫދީ އަށް ވަޑައިގަންނަވައިފި
Raajje

ރައީސް ސައޫދީ އަށް ވަޑައިގަންނަވައިފި

ރައީސ ޑރ. މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛަށް ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ދަތުރުފުޅުގައި އިސްރާއީލުގެ އިސްތިޢުމާރީ ބާރިތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އި...

ސައޫދީ އިން ޔޫކްރެއިނަށް 10.4 މިލިއަން ޑޮލަރުގެ އެހީ
International

ސައޫދީ އިން ޔޫކްރެއިނަށް 10.4 މިލިއަން ޑޮލަރުގެ އެހީ

ސަޢޫދީ ޢަރަބިއްޔާގެ އިންސާނީ އެހީގެ އޭޖެންސީ ކޭއެސްރިލީފުން، ޔޫކްރެއިނުގައި ހާލުގައިޖެހި ގެދޮރު ދޫކޮށް ދާންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި 10.4 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އެހީ ދިނުމަށް އދ. ގެ ރެފިއުޖީންނާބެހޭ ހައި ކޮމިޝަނަރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެހީގެ ދަށުން 11,000 ޝެލްޓަރ ކިޓާއި، 2,400 އަވަސް ހީޓިންގ ކިޓު އަދި ފިނިމޫސުމުގައި ގޭގެ އިންސިއުލޭޓް ކުރުމަށް ބޭނުންވާ އަސާސީ ބިލްޑިންގ މެޓީރިއަލްސް ފޯރުކޮށްދެވޭނެއެވެ. މި އެހީގެ ސަބަބުން ގާތްގަނޑަކަށް 49,000 މީ...

ސައޫދީ އަށާއި އިންޑިއާ އަށް ސަފީރުން ޢައްޔަނުކޮށްފި
Raajje

ސައޫދީ އަށާއި އިންޑިއާ އަށް ސަފީރުން ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށާއި، އިންޑިއާ އަށް ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރުކަމަށް، ޢައްޔަން ކުރެއްވީ މާފަންނު ބީނާފުށި، އަލްފާޟިލާ އާއިޝަތު ޢަޒީމާއެވެ. ސުޢޫދިއްޔާ އަރަބިއްޔާ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ މާފަންނު ވެސްޓްސައިޑް، އަލްފާޟިލް އަޙްމަދު ސަރީރެވެ. ސައޫދީ ސަފީރުކަމަށް ޢައްޔަނުކުރެއްވި ސަރީރު އެ މަގާމަށް ޢައްޔަނުކ...

ސައޫދީގެ 4.6 ބިލިއަން ޕައުންޑުގެ އެމާލާ ރިސޯޓު 2025 ގައި ހުޅުވަނީ
International

ސައޫދީގެ 4.6 ބިލިއަން ޕައުންޑުގެ އެމާލާ ރިސޯޓު 2025 ގައި ހުޅުވަނީ

ސަޢޫދީ ޢަރަބިއްޔާގައި ތަރައްޤީކުރަމުންދާ 4.6 ބިލިއަން ޕައުންޑުގެ މެގަ ރިސޯޓު، އެމާލާ އެންޑް ދަ ރެޑް ސީ ޕްރޮޖެކްޓް، 2025 ވަނަ އަހަރު ފަތުރުވެރިންނަށް ހުޅުވޭނެ ކަމަށް އިޢުލާނުކޮށްފިއެވެ. މި ރިސޯޓަކީ 1,600 އަކަ މޭލުގެ ސަރަހައްދެއްގައި ތަރައްޤީކުރެވޭ، ކުރިން އެއްވެސް ގަހެއް ރުކެއް ނެތް ސަހަރާ ސަރަހައްދެއް މުއްސަނދި ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުކުރެވޭ މަޝްރޫޢެކެވެ. ރެޑް ސީ ގްލޯބަލް ކުންފުނިން ތަރައްޤީކުރަމުންދާ މި ރިސޯޓު ހުންނަނީ ސަޢޫދީ ޢަރަބިއްޔާގެ ތަބޫކު ޕްރޮވިންސްގެ ރަތް ކަނޑު ސަރަހައްދުގައ...

ސައޫދީ އާއި އެމެރިކާއިން ތާރީޚީ އެއްބަސްވުމަކަށް
International

ސައޫދީ އާއި އެމެރިކާއިން ތާރީޚީ އެއްބަސްވުމަކަށް

ސަޢޫދީ ޢަރަބިއްޔާ އާއި އެމެރިކާ ގުޅިގެން ތާރީޚީ އެއްބަސްވުމެއް އެކުލަވާލަމުންދާ ކަމަށް ރިޔާދުގައި ހުންނަ އެމެރިކާގެ ސަފީރު މައިކަލް ރެޓްނީ ވިދާޅުވެއްޖެއެވެ. މި އެއްބަސްވުމުގައި ދެ ޤައުމުގެ ސްޓްރެޓެޖިކް ގުޅުން ހަރުދަނާކުރުމާއި، އަސްކަރީ އެއްބަސްވުންތަކާއި، އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާ އާއި އިޒްރޭލާ ދެމެދު ގުޅުން ޤާއިމުކުރުމާއި ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް މަގުފަހިކުރުން ހިމެނޭ ކަމަށް ވެއެވެ. ސަޢޫދީ ޢަރަބިއްޔާގެ ނޫސް “އަޝްރަޤުލް އަވްސަޠު...

ހޫނު ގަދަވުމުގެ ސަަބަބުން 1300 އަށް ވުރެ ގިނަ ހައްޖާޖީން ނިޔާވެއްޖެ
Raajje

ހޫނު ގަދަވުމުގެ ސަަބަބުން 1300 އަށް ވުރެ ގިނަ ހައްޖާޖީން ނިޔާވެއްޖެ

ޙައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން މިއަހަރުވެސް ގާތްގަނޑަކަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވާއިރު، ހޫނު ގަދަވުމުގެ ސަބަބުން މިއަހަރު ހައްޖުގެ އަޅުކަމުގައި 1300 އަށް ވުރެ ގިނަ މީހުން ނިޔާވެއްޖެއެވެ. ސައޫދީ ކަމާބެހޭ ފަރާތްްތަކުން ހާމަކުރާގޮތުގައި މި އަހަރުގެ ހައްޖުގެ އަޅުކަމަށް އެ ޤައުމަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 1301 މީހުން ވަނީ ނިޔާވެފައެވެ. އޭގެ ތެރެއިން 83 އިންސައްތަ މީހުންނަކީ ރަސްމީ ހުއްދަނެތި މައްކާ އަށް ދިޔަ މީހުންކަން […]

ހައްޖާޖީންނަށް ފުރިހަމަ އިންތިޒާމުތަކެއް، ރައީސްގެ ޝުކުރު ސައުދީއަށް
Raajje

ހައްޖާޖީންނަށް ފުރިހަމަ އިންތިޒާމުތަކެއް، ރައީސްގެ ޝުކުރު ސައުދީއަށް

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ދަތުރުކުރި ޙައްޖާޖީންނަށް އެ ޤައުމުގެ ސަރުކާރުން ހަމަޖައްސަވައިދެއްވާފައި ވަނީ ވަރަށް ފުރިހަމަ އިންތިޒާމުތަކެއްކަން ފާހަގަކުރަށްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ. ހައްޖުގެ އިންތިޒާމުތައް ވަރަށް ފުރިހަމަކަން ބަޔާން ކުރަށްވައި ސައޫދީ ސަރުކާރަށް ރައީސް ޝުކުރު އަދާކުރަށްވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ފޮނ...

މި އަހަރު ޙައްޖުގެ އަޅުކަމަށް 1.8 މިލިއަން މީހުން، ސައޫދީގެ މަރުހަބާ!
International

މި އަހަރު ޙައްޖުގެ އަޅުކަމަށް 1.8 މިލިއަން މީހުން، ސައޫދީގެ މަރުހަބާ!

މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައި ވަނީ ޖުމްލަ 1،833،164 މީހުންކަން ސައޫދީ ސަރުކާރުން ހާމަކޮށްފިއެވެ. ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން އިއްޔެ އާންމު ކުރި މިއަހަރުގެ ހައްޖުގެ ތަފާސް ހިސާބުގައިވާގޮތުން މިއަހަރު 1،833،164 މީހުން ވަނީ ހައްޖުގެ އަޅުކަން ފުރިހަމަކުރުމުގައި ބައިވެރިވެފައެވެ. އަދި އެމީހުންނަށް މަރުހަބާ ކިޔައި އެ ޤައުމުން ބުނީ އެމީހުންނަށް ފަސޭހަކަމާއެކު ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް މަގުފަހިކޮށްދިން ކަމަށެވެ. މިއަހަރުގެ ހައްޖުގެ ތަފާސް ހިސާބު ބ...