ޢުދުވާނާ ދެކޮޅަށް ޤަޠަރުގެ ދިފާޢުގައި ސައޫދީން ދެމިތިބޭނެ: ވަލީޢަޙުދު މުޙައްމަދު
އިސްރާއީލުގެ ޢުދުވާނާ ގުޅިގެން ޤަޠަރު ސަރުކާރުން އަޅާނެ ހުރިހާ ފިޔަވަޅެއްގައި، އެއްވެސް އިމެއްނެތި ސަޢޫދީ ޢަރަބިއްޔާ ޤަޠަރުގެ ދިފާޢުގައި ދެމިތިބޭނެ ކަމަށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ވިދާޅުވެއްޖައެވެ. ވަލީއަހުދު މިކަން ހާމަކުރެއްވީ ބުދަ ދުވަހު ރިޔާޟްގައި، ދެ ހަރަމްފުޅުގެ ޚާދިމް ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ފަރާތްޕުޅުން ޝޫރާ ކައުންސިލްގެ 9 ވަނަ ދައުރުގެ ދެވަނަ އަހަރުގެ ޙަރަކާތްތައް އިފްތިތާޙުކުރައްވަމުންނެވެ. ޝޫރާ ކައުންސިލްގައި ދެއްވި އަހަރީ...