Skip to main content
Topic Archive

#ސައޫދީ އަރަބިއްޔާ

131 Stories filed
އީރާނާއި ދެކޮޅު ހަނގުރާމާގައި ސައުދީން އީރާނަށް ސިއްރު އަސްކަރީ ހަމަލާތަކެއްދިން: ރިޕޯޓު
International

އީރާނާއި ދެކޮޅު ހަނގުރާމާގައި ސައުދީން އީރާނަށް ސިއްރު އަސްކަރީ ހަމަލާތަކެއްދިން: ރިޕޯޓު

އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެބްރުއަރީ 28 ގައި ފެށި ހަނގުރާމާގައި ދުޝްމަނުންނަށް ވާގިވެރިވާ ކޮންމެ ގައުމަކީ އަމާޒެއްކަމަށް އީރާނުން ކަނޑައެޅި އުސޫލުގެ ދަށުން އެމެރިކާގެ ބޭސްތަކާއި ސިފައިން ތިބި ސަރަހައްދީ ގައުމުތަކަށް ދިން ހަމަލާތަކުގެ ތެރެއިން ސައުދީ އަރަބިއްޔާއަށް އަމާޒުވި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އެ ގައުމުން އީރާނަށް ސިއްރު އަސްކަރީ ހަމަލާތަކެއް ދީފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ހުޅަނގުގެ އިސް ދެ އޮފިޝަލަކާއި އީރާނުގެ ދެ އޮފިޝަލަކާ ހަވާ...

ސައުދީ ކިންގްސް ކަޕްގެ ޗެމްޕިއަންކަން އަލް ހިލާލުން ހޯދައިފި
Sports

ސައުދީ ކިންގްސް ކަޕްގެ ޗެމްޕިއަންކަން އަލް ހިލާލުން ހޯދައިފި

ހުކުރު ދުވަހު ކުޅުނު ސައުދީ ކިންގްސް ކަޕްގެ ފޯރިގަދަ ފައިނަލް މެޗުގައި އަލް ޚުލޫދު 2-1 އިން ބަލިކޮށް، މުބާރާތުގެ ތަށި އަލް ހިލާލުން އުފުލާލައިފިއެވެ. މިއީ އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ އެ ކުލަބާ ހަވާލުވި ފަހުން ހޯދި ފުރަތަމަ ކާމިޔާބީއެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އަލް ޚުލޫދުން ވަނީ ލަނޑެއް ޖަހައި ސިއްސުވާލާފައެވެ. އާޖެންޓީނާގެ ފޯވާޑް ރާމީރޯ އެންރީކޭ މި ލަނޑު ކާމިޔާބުކުރީ އަލް ހިލާލްގެ ގޯލްކީޕަރު ޔާސީން ބޫނޫ ކައިރިން […]

ސައޫދީ އާއި ކުވޭތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ސަރަހައްދު ބޭނުންކުރަން ހުއްދަ ދީފި
International

ސައޫދީ އާއި ކުވޭތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ސަރަހައްދު ބޭނުންކުރަން ހުއްދަ ދީފި

ސައުދީ އަރަބިއްޔާއާއި ކުވައިތުގެ ވައިގެ ސަރަޙައްދާއި އެ ގައުމުތަކުގައި ހުރި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމަށް އެމެރިކާގެ ސިފައިންނަށް ހުއްދަ ދީފިއެވެ. މި ނިންމުމާއެކު، ހޯމްރޫޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރަށް ހިމާޔަތް ދިނުމަށްކަމަށްބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ “ޕްރޮޖެކްޓް ފްރީޑަމް” އަލުން ފެށުމަށް ވަނީ މަގުފަހިވެފައެވެ. މި ހަފުތާގެ ކުރީކޮޅު ސައުދީ އަރަބިއްޔާއާއި ކުވައިތުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވައިގެ ސަރަޙައްދު ބޭނުންކުރުން ހަނިކޮށްފައެވެ....

އީރާނަށް ހަމަލާދިނުމަށް ސައުދީގެ ވައިގެ ސަރަހައްދު ބޭނުންކުރާކަން އަންގައިދިނުމަށް ފޮޓޯއެއް
International

އީރާނަށް ހަމަލާދިނުމަށް ސައުދީގެ ވައިގެ ސަރަހައްދު ބޭނުންކުރާކަން އަންގައިދިނުމަށް ފޮޓޯއެއް

އިސްރާއީލާއި އެމެރިކާއާ ގުޅިގެން ސައުދީ އަރަބިއްޔާއިން އީރާނާ ދެކޮޅަށް މަސައްކަތްކުރާކަން ކަށަވަރުކޮށްދިނުމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ފޮޓޯއެއް އާންމުކޮށްފިއެވެ. މި ފޮޓޯއިން ފެންނަނީ އީރާނާއި ދެކޮޅަށް މިހާރު ކުރިއަށްދާ “އޮޕަރޭޝަން އެޕިކް ފިއުރީ” ގެ ތެރެއިން، މާރިޗު 26 ވަނަ ދުވަހު އެމެރިކާގެ ބީ-52 ބޮންއަޅާ ބޯޓަކަށް ތެޔޮ އަޅާ މަންޒަރެވެ. ރޭރަމް ނޮވަރަމް އިން ވަނީ މި ފޮޓޯ ނަގާފައިވާ ޖިއޯލޮކޭޝަން ދިރާސާކޮށް، އެއީ ސައުދީ އަރަބިއްޔާގެ އިރުމަތީގައިވާ ކިންގް އަބްދުލްއަޒީޒް ރޯޔަލް ރިޒާވްގެ […...

ސައުދީގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން އެ ގައުމުން ފޭބުމަށް އެމެރިކާއިން އަންގައިފި
News

ސައުދީގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން އެ ގައުމުން ފޭބުމަށް އެމެރިކާއިން އަންގައިފި

އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުންދާތީ، ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން އެ ގައުމުން ފޭބުމަށް ރިޔާދުގައި ހުންނަ އެމެރިކާ އެމްބަސީން އިލްތިމާސްކޮށްފިއެވެ. ބުރާސްފަތި ދުވަހު ނެރުނު ސަލާމަތީ އިންޒާރެއްގައި އެމްބަސީން ބުނީ، ސަރަހައްދީ މަސްލަހަތު އިންތިހާއަށް ގޯސްވަމުންދާތީ، ރައްކާތެރިކަމާއެކު ފުރޭނެ މަގެއް އޮތް ނަމަ މިހާރުން މިހާރަށް ސައުދީން ފޭބުމަށް ބާރުއަޅާ ކަމަށެވެ. އަދި މެދުއިރުމަތީގެ ހާލަތު ވަރަށް ގާތުން ބަލަމ...

އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ހައްގު މިހާރު އަހަރެމެންނަށް ލިބިގެންވޭ: ސައޫދީ
International

އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ހައްގު މިހާރު އަހަރެމެންނަށް ލިބިގެންވޭ: ސައޫދީ

އީރާނުން ސައޫދީ އަރަބިއްޔާގެ ތެލުގެ ސިނާއަތަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އެގައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރިހަމަ ހައްގު ސައޫދީއަށް ލިބިގެންވާ ކަމަށް އެގައުމުން މިއަދު އިއުލާނުކޮށްފިއެވެ. މިއަދު (ބުރާސްފަތި ދުވަހު)ގެ ހެނދުނުގެ ވަގުތެއްގައި ސައޫދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން ދެއްވި ބަޔާނަކީ، މިހާތަނަށް ސައޫދީން ގެންގުޅުނު “ސްޓްރެޓީޖިކް ރެސްޓްރެއިންޓް” ނުވަތަ ކެތްތެރިކަން އިސްކުރުމުގެ ސިޔާސަތު ނިމުމަކަށް އައިކަން އަންގައިދޭ ނިންމުމެކެވެ. ޚާރިޖީ ވަޒީރުގ...

ދުނިޔޭގެ ތެލުގެ ބާޒާރުގައި އެންމެ މުހިންމު އެއް މަރުކަޒަށް އީރާނުން ހަމަލާދީފި
International

ދުނިޔޭގެ ތެލުގެ ބާޒާރުގައި އެންމެ މުހިންމު އެއް މަރުކަޒަށް އީރާނުން ހަމަލާދީފި

މިއަދު، 2 މާރިޗު 2026 ވީ ހޯމަ ދުވަހުގެ ކުރީކޮޅު، އީރާނުން ދިން ޑްރޯން ހަމަލާއަކާ ގުޅިގެން ސައުދީ އަރަމްކޯގެ ރައުސް ތަނޫރާ ރިފައިނަރީގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް މަޖުބޫރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގައި އެންމެ މުހިންމު އެއް މަރުކަޒު ކަމަށްވާ މި ރިފައިނަރީއަށް ދިން މި ހަމަލާއާއެކު، ރިޔާޒާއި ވޮޝިންޓަނާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، ގަޑިން ހެނދުނު ގާތްގަނޑަކަށް 7:04 […]

ސައޫދީ އަށް މާދަމާ ރޯދަ
International

ސައޫދީ އަށް މާދަމާ ރޯދަ

ސައޫދީ އަރަބިއްޔާއަށް މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ފެނިފައިވާތީ، މާދަމާ ނުވަތަ ބުދަ ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އެޤައުމުގެ ސުޕްރީމް ކޯޓުން ރަސްމީކޮށް އިޢުލާންކޮށްފިއެވެ. ސައޫދީ ސުޕްރީމް ކޯޓުން މިކަން އިޢުލާންކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭގައެވެ. މި ނިންމުން ނިންމާފައިވަނީ އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސައޫދީގެ އެކި ސަރަޙައްދުތަކުގައި ހަނދު ބެލުމަށް ކަނޑައަޅާފައިވާ ރަސްމީ ކޮމިޓީތަކަށް ހަނދު ފެނުނުކަމުގެ ރިޕޯޓުތައް ލިބުމާ ގުޅިގެނ...

ސިއްޙީ ތަހުލީލުތަކަށްފަހު ސައޫދީ ރަސްގެފާނު ހޮސްޕިޓަލުން ދޫކޮށްލައިފި
International

ސިއްޙީ ތަހުލީލުތަކަށްފަހު ސައޫދީ ރަސްގެފާނު ހޮސްޕިޓަލުން ދޫކޮށްލައިފި

ދެ ހަރަމްފުޅުގެ ޚާދިމް ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް، ރިޔާޒްގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ހެއްދެވި ސިއްޙީ ތަހުލީލުތަކުގެ ނަތީޖާ ރަނގަޅުވުމާ ގުޅިގެން، އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަން ސައުދީ ރޯޔަލް ކޯޓުން ހުކުރު ދުވަހު އިޢުލާންކޮށްފިއެވެ. ރޯޔަލް ކޯޓުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ކިންގް ސަލްމާން ހޮސްޕިޓަލުން ވަޑައިގަތީ ހަދަންޖެހޭ މުހިންމު ސިއްޙީ ތަހުލީލުތައް ފުރިހަމަ ކުރެއްވުމަށްފަހު، 16 ޖެނުއަރީ 2026 ވާ ހުކުރު ދުވަހު ކަމަށެވެ. މި ތަހުލީލުތަކުގެ ނަތ...

ސަޢޫދީގެ ވަލީއަހުދު 10 ބިލިއަން ޔޫރޯއަށް ބާސެލޯނާ ބައްލަވައިގަނެފާނެ: ރިޕޯޓު
Sports

ސަޢޫދީގެ ވަލީއަހުދު 10 ބިލިއަން ޔޫރޯއަށް ބާސެލޯނާ ބައްލަވައިގަނެފާނެ: ރިޕޯޓު

ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު، ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން، ޔޫރަޕުގެ އެންމެ ތާރީޚީ ކްލަބުތަކުގެ ތެރޭގައި ހިމެނޭ އެފް.ސީ ބާސެލޯނާ ގަތުމަށް 10 ބިލިއަން ޔޫރޯއާ ގާތްކުރާ ބޮޑު ހުށަހެޅުމެއް ހުށަހަޅުއްވަން ތައްޔާރުވެވަޑައިގަންނަވަމުން އަންނަކަމަށް ސްޕެއިނުގެ ފުޓްބޯޅަ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ސްޕެއިނުގެ ޝޯވ އެލް ޗިރިންގީޓޯ ގައި ވާހަކަ ދައްކަވަމުން ނޫސްވެރިޔާ ފްރާންސުއާ ގަލާޑޯ ވަނީ، ވަލީއަހުދު ބާސެލޯނާ ގަތުމަށް 10 ބިލިއަން ޔޫރޯއާ ގާތްކުރާ އަދަދެއްގެ ބިޑެއް ތައްޔާރުކުރައްވަމުން ގެންދަވާ ކަމ...

ސަޢޫދީ ވިޔަފާރި ވަފުދެއް ރައީސާއި ބައްދަލުކުރަށްވައިފި
Raajje

ސަޢޫދީ ވިޔަފާރި ވަފުދެއް ރައީސާއި ބައްދަލުކުރަށްވައިފި

ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންގެ ފަރާތްޕުޅުން ފޮނުއްވި މަތީ ފެންވަރުގެ ވިޔަފާރި ވަފުދެއް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ސަޢޫދީ ޢަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް ސާރާ އަލް-ސަޢީދެވެ. މި ބައްދަލުކުރެއްވުމަކީ، މި އަހަރުގެ ކުރީކޮޅު ރައީސް ޙައްޖަށް ވަޑައިގެން ސަޢޫދީ ވަލީޢަހުދާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ފުޅާކުރ...

ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ސައުދީ ހައްޖު މިނިސްޓްރީގެ ދަށަށް
Raajje

ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ސައުދީ ހައްޖު މިނިސްޓްރީގެ ދަށަށް

މިއަންނަ ހައްޖު މޫސުމުން ފެށިގެން، ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުމުގެ ކަންކަން ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން ކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން މިއަދު މި މައުލޫމާތު ހިއްސާކުރައްވަމުން ބުނީ، މި ބަދަލުގެ ސަބަބުން ހައްޖުގެ އެންމެހައި އަޅުކަންތައް ހެޔޮގޮތުގައި ތަންފީޒުވުން ކަށަވަރުވާނެ ކަމަށެވެ. ކުރިން ހައްޖު ޖަމާޢަތްތަކުން ސައުދީގެ ޕްރައިވެޓް ކުންފުނިތައް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މިކަންތައް، ދެން ކު...

އިސްރާއީލުގެ ހަރުކަށި މާލީ ވަޒީރު ސައޫދީއަށް މަލާމާތްކޮށްފި
International

އިސްރާއީލުގެ ހަރުކަށި މާލީ ވަޒީރު ސައޫދީއަށް މަލާމާތްކޮށްފި

އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ މާލީ ވަޒީރު، ބެޒަލެލް ސްމޮޓްރިޗް، ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ފާޅުގައި މަލާމާތްކޮށް ހަޖޫކިޔައިފިއެވެ. ޒޯމެޓް އިންސްޓިޓިއުޓާއި މަގޯރް ރިޝޯން ނޫހުން އިންތިޒާމުކުރި ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ސްމޮޓްރިޗް ބުނީ، ސައުދީން ފަލަސްތީނު ދައުލަތެއް ބަލައިގަންނަން އެދުނު ނަމަ ސައޫދީއާ ގުޅުން އާންމުކުރަން އިސްރާއީލުން ބޭނުން ނުވާނެ ކަމަށެވެ. މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސްމޮޓްރިޗް ވަނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް އިހްތިރ...

ރައީސް ސަޢޫދީގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
Raajje

ރައީސް ސަޢޫދީގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ވެރިންނާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސް މި ތަހްނިޔާ ފޮނުއްވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދާއި ބޮޑުވަޒީރު، މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް ފޮނުއްވި ސިޓީފުޅެއްގައެވެ. މި ސިޓީފުޅުގައި ސައޫދީގެ ޤައުމީ ދުވަހުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، ދެޤައުމުގެ މެދުގައި އޮތް ގާތް ބަދ...

އަދާވާތްތެރިންނާ ދެކޮޅަށް އެކުގައި މަސައްކަތްކުރުމަށް ސައޫދީ-ޕާކިސްތާން ވައުދުވެއްޖެ
International

އަދާވާތްތެރިންނާ ދެކޮޅަށް އެކުގައި މަސައްކަތްކުރުމަށް ސައޫދީ-ޕާކިސްތާން ވައުދުވެއްޖެ

ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، ދެ ގައުމުގެ ދެމެދުގައި މުހިންމު ދިފާއީ އެއްބަސްވުމެއްގައި ބުދަ ދުވަހު ސޮއިކޮށްފިއެވެ. ސައޫދީ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، ސައޫދީގެ ވެރިރަށް ރިޔާދުގެ އަލް-ޔަމާމާ ގަނޑުވަރުގައި، ދެ ގައުމުގެ ދެމެދު ސޮއިކުރި  މި އެއްބަސްވުމުގެ މަޤްޞަދަކީ ދެ ޤައުމުގެ މެދުގައި ދިފާއީ އެއްބާރުލުން އިތުރުކޮށް، އެ ދެ ގައުމުންކުރެ ގައުމަކަށް އެއްވެސް އަދާވާތްތެރިކަމެއް ކުރިމަތިވެއްޖެނަމަ،...