Skip to main content
Topic Archive

#ލޯކަލް ކައުންސިލް އިންތިޚާބް 2026

144 Stories filed
ބޮޑު އަޣުލަބިއްޔަތަކުން އާތިފް ދެވަނަ ދައުރެއް ކަށަވަރުކުރައްވައިފި
Thiladhunmathi News

ބޮޑު އަޣުލަބިއްޔަތަކުން އާތިފް ދެވަނަ ދައުރެއް ކަށަވަރުކުރައްވައިފި

ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރުކަން، މިހާރުގެ ވެސް މޭޔަރު މުހައްމަދު އާތިފް ކާމިޔާބުކުރައްވައި، ދެވަނަ ދައުރަކަށް އެ މަގާމު ދިފާއުކުރައްވައިފިއެވެ. މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އާތިފް މި ގޮނޑި ކާމިޔާބުކުރެއްވީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، އާތިފް ދެވަނަ ދައުރެއް ކަށަވަރުކުރެއްވީ ވޯޓުލީ މީހުންގެ 68.79 އިންސައްތަ ވޯޓުންނެވެ. އެއީ 3412 ވޯޓެވެ. މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، މި އިންތިޚާބުގައ...

މާދަމާ ބާއްވާ ތިން ވޯޓަކަށް ކުރި ކެމްޕެއިން ހަރަކާތްތައް ނިންމާލައިފި
Raajje

މާދަމާ ބާއްވާ ތިން ވޯޓަކަށް ކުރި ކެމްޕެއިން ހަރަކާތްތައް ނިންމާލައިފި

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް ކުރިއަށް ގެންދިޔަ ފޯރިގަދަ ކެމްޕޭން ހަރަކާތްތައް ނިންމާލައިފިއެވެ. މި ވޯޓުތަކާ ގުޅިގެން ރާއްޖޭގެ ބޮޑު ދެ ޕާޓީ ކަމަށްވާ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އި...

ސަރުކާރަށް ދޭ ވޯޓަކީ އޭގެ ނަތީޖާއާ މެދު ރައްޔިތުން ފަޚުރުވެރިވާނެ އަދި މާޔޫސް ނުވާނެ ވޯޓަކަށް ވާނެ: ރައީސް
Raajje

ސަރުކާރަށް ދޭ ވޯޓަކީ އޭގެ ނަތީޖާއާ މެދު ރައްޔިތުން ފަޚުރުވެރިވާނެ އަދި މާޔޫސް ނުވާނެ ވޯޓަކަށް ވާނެ: ރައީސް

ސަރުކާރަށް ދޭ ވޯޓަކީ އޭގެ ނަތީޖާއާ މެދު ރައްޔިތުން ފަޚުރުވެރިވާނެ އަދި މާޔޫސް ނުވާނެ ވޯޓަކަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ރައްޔިތުންގެ ބޮޑު ހިނގާލުން” ނިންމާލުމުގެ ގޮތުން ރަސްފަންނު ސަރަޙައްދުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ރައްޔިތުންގެ ކިބައިން އި...

އައްޑޫ ސިޓީ ކައުންސިލް ސިޔާސީ ނުފޫޒުން އެއްކިބާވާންޖެހޭ: މުޝްރިފް
Raajje

އައްޑޫ ސިޓީ ކައުންސިލް ސިޔާސީ ނުފޫޒުން އެއްކިބާވާންޖެހޭ: މުޝްރިފް

އައްޑޫ ސިޓީ ކައުންސިލަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، އިހުތިރާމް ލިބިގެންވާ މުއައްސަސާއަކަށް ވާންޖެހޭނެ ކަމަށް، އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް މުޝްރިފް ޢަލީ ވިދާޅުވެއްޖެ އެވެ. އައްޑޫ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބުގެ ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި، ވޯޓުލާ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ސިޔާސީ ނުފޫޒުން އެއްކިބާވެ އޮތް ތަނެއްގެ ގޮތުގައި ކައުންސިލް ހިންގިދާނެތޯ އުފެދޭ ސުވާލެވެ. އައް...

މި ދައުރުގައި ފާއިތުވި ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް: ރައީސް
Raajje

މި ދައުރުގައި ފާއިތުވި ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް: ރައީސް

މި ސަރުކާރުގެ ދައުރުގައި ނިމިގެންދިޔަ ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރޭ ބޭއްވި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މިހާތަނަށް ނިންމަވާފައިވާ ނިންމެވުންތަކަށް ރިޢާޔަތްކުރައްވައި ވިދާޅުވީ، އެފަދަ ގިނަ ނިންމެވުންތަކަކީ އެހާ މަގުބޫލު ނިންމެވުންތަކަކަށް ނުވިޔަސް، އެކަންކަމަކީ ޤައުމަށް އެކަމު...

މާލެ ސަރަހައްދަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް މުރާލި ކަމާއިއެކު މަސައްކަތްކުރާނަން: ޖަލީލް
Raajje

މާލެ ސަރަހައްދަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް މުރާލި ކަމާއިއެކު މަސައްކަތްކުރާނަން: ޖަލީލް

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ރައްޔިތުން އޭނާ މޭޔަރުކަމަށް އިންތިޚާބުކޮށްދީފިނަމަ، ގްރޭޓާ މާލެ ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ބޮޑު ތަސައްވުރު ހަގީގަތަކަށް ހެދުމަށް ސަރުކާރާއެކު މުރާލިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ. ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް މިހެން ވިދާޅުވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނ...

''ދެ އިންތިޚާބު އެއްދުވަހު ބޭއްވުމުން ސުޕަ މެޖޯރިޓީގެ ނިޒާމަށް ބަދަލު އައިސް، މިނިވަންކަން އިތުރުވާނެ''
Raajje

''ދެ އިންތިޚާބު އެއްދުވަހު ބޭއްވުމުން ސުޕަ މެޖޯރިޓީގެ ނިޒާމަށް ބަދަލު އައިސް، މިނިވަންކަން އިތުރުވާނެ''

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމުން ސުޕަ މެޖޯރިޓީގެ ނިޒާމަށް ބަދަލު އައިސް، އިންތިޚާބުތަކުގެ މިނިވަންކަން އިތުރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ވޯޓުގައި އެކަމަށް “ފެންނަ” ކަމަށް ވޯޓު ދޭންޖެހެނީ އެކަމުން ރައްޔިތުންނާއި ޤައުމަށް ބޮޑެތި ފައިދާތަކެއް އޮތުމުން ކަމަށެވެ. މިހާރު އިންތިޚާބ...

ސަރުކާރު ތަސައްވުރުގައި ކުލަ ޖެއްސޭނީ ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވައިގެން: ޢަފޫ
Raajje

ސަރުކާރު ތަސައްވުރުގައި ކުލަ ޖެއްސޭނީ ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވައިގެން: ޢަފޫ

ރައްޔިތުންނަށް ހިދުމަތްދިނުމުގައި މި ސަރުކާރުން ތަފާތުކުރުމެއް ނުގެންގުޅޭކަމަށާއި ސަރުކާރު ތަސައްވުރުގައި ކުލަ ޖެއްސޭނީ ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަފޫ ހާމިދު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީން ކެނދިކުޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ކޮންގްރެސް ޕާޓީން ވެރިކަމަށް އައީ ތަސައްވުރަކާ އެކުގައިކަމަށާއި، އަދި މަޖިލިސް އިންތިހާބު ކާމިޔާބުކޮށް މަޖިލީހުގެ ތަޅުމަށް ވަނީ ވެ...

ކުރީ ސަރުކާރޭ ކިޔަންޖެހެނީ ގޯސް ހަދާފައި އޮތީމަ: ސައީދު
Raajje

ކުރީ ސަރުކާރޭ ކިޔަންޖެހެނީ ގޯސް ހަދާފައި އޮތީމަ: ސައީދު

ތަކުރާރުކޮށް ކުރީ ސަރުކާރުގެ ވާހަކަ ދައްކަންޖެހެނީ ވެރިކަން ހިންގުމުގައި ގޯސް ހަދާފައި އޮތީމަ ކަމަށާއި މި ހުރިހާ ގޯހެއްގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީން ކެނދިކުޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ވޭތުވެދިޔަ އެމްޑީޕިގެ ދެ ވެރިކަމުގައި ގައުމަށް ދީފައިހުރި ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވަރަށް ތަފްސީ...

މާލެ ސަރަހައްދުގެ ގިނަ ވިޔަފާރިތަކުގެ ތާއީދު މޫސާ އަލީ ޖަލީލަށް
Raajje

މާލެ ސަރަހައްދުގެ ގިނަ ވިޔަފާރިތަކުގެ ތާއީދު މޫސާ އަލީ ޖަލީލަށް

މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ އަދަދެއްގެ ވިޔަފާރިތަކުން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަށް ތާޢީދުކޮށް، އެމަނިކުފާނު އެންޑޯސް ކޮށްފި އެެވެ. މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ ވިޔަފާރިތަކަކުން މިއަދު ވަނީ މޫސާ ޢަލީ ޖަލީލާއި އެކު ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުން އޮތީ މާލޭ، މަންހަޓަން ރެސްޓޯރަންޓުގަ އެވެ. މި ބައްދަލުވުމުގައި ވިޔަފާރިތަކުން ވަނީ، މާލެ ސަރަހައްްދުގައި ޙަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަ ކޮށްފަ އެ...

ދެ އިންތިހާބުގެ ރެފަރެންޑަމަށް އެމްޑީޕީން ދެކޮޅު ހަދަނީ ސިޔާސީ ޕްރެޝަރާ ހެދި: އިގްބާލް
Raajje

ދެ އިންތިހާބުގެ ރެފަރެންޑަމަށް އެމްޑީޕީން ދެކޮޅު ހަދަނީ ސިޔާސީ ޕްރެޝަރާ ހެދި: އިގްބާލް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އަންނަ ހޮނިހިރުދުވަހު ނަގާ ވޯޓަށް އިދިކޮޅު އެމްޑީޕީންގެ ލީޑަރޝިޕުން ދެކޮޅު ހަދަނީ ސިޔާސީ ޕްރެޝަރާ ހެދި ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލު އާދަމް ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ގަލޮޅު ދެކުނު ދޮރުން ދޮރަށް ހަރަކާތުގެ ޚާއްޞަ ކަވަރޭޖްގައި ވާހަކަދައްކަވަމުން އިގްބާލް ވިދާޅުވީ، ސިޔާސީ މައިދާނުގައި މަސައްކަތް ކު...

މުހައްމާގެ ތާއީދު އިހަވަންދޫގެ މިނިވަން ކެންޑިޑޭޓުންގެ ޓީމަށް
Raajje

މުހައްމާގެ ތާއީދު އިހަވަންދޫގެ މިނިވަން ކެންޑިޑޭޓުންގެ ޓީމަށް

އަންނަ މަހު ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިންތިޚާބުގައި ހއ. އިހަވަންދޫ ކައުންސިލަށާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަށް ވާދަކުރާ މިނިވަން ކެންޑިޑޭޓުންގެ ޓީމަށް ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ތާއީދުކުރަށްވައި، އެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ނުކުންނަވައިފިއެވެ. އިހަވަންދޫ ކައުންސިލަށް ވާދަކުރާ މިނިވަން ކެންޑިޑޭޓުންގެ ޓީމަކީ އެރަށުގެ މިހާރުގ...

އުއްޗުގެ ތާއީދު މޫސާ އަލީ ޖަލީލަށް
Raajje

އުއްޗުގެ ތާއީދު މޫސާ އަލީ ޖަލީލަށް

މާލެ ސިޓީގެ މޭޔަރުކަމަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލު ހޮވުމަށް ތާއީދުކުރައްވައި އެކަން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ހާމަކުރައްވައިފި އެވެ. އުއްޗުގެ އަރިހަށް ޗަމްޕާ ގިރިއަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް މިއަދު ވަނީ ޒިޔާރަތެއް ކުރައްވާފަ އެވެ. މި ޒިޔާރަތުގަައި އުއްޗު ވަނީ މޫސާ ޖަލީލް އެންޑޯޒްކުރައްވާ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލް އިންތިޚާބު ކުރުމަށް ތާއީދުކުރައްވާކަމަށާއި އަދި މޫސާ އަލީ ޖަލީލަށް […]

ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ނޫނެކޭ ބުނަނީ ވެރިކަމުގެ ދަހިވެތިކަމުގައި: މުހައްމަދު އިސްމާއީލް
Thiladhunmathi News

ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ނޫނެކޭ ބުނަނީ ވެރިކަމުގެ ދަހިވެތިކަމުގައި: މުހައްމަދު އިސްމާއީލް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހަދަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީން ބޮޑުތިލަދުއްމަތީގެ ހޯރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ ދާއިރާގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ މުހައްމަދު ވަނީ އެމްޑީޕީއަށް ރައްޔިތުން ދިން ދެ ދައުރުގެ ވެރިކަމުގައި ގައުމަށް ދިން ގެއްލުމުގެ ވާހަކަ ވަރަށް ތަފްސީލީ ގޮތ...

އެތައް ސަބަބުތަކަކާހުރެ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ވެސް ކުރަންޖެހިފައިވާ ކަމެއް: އިޤްބާލް
Raajje

އެތައް ސަބަބުތަކަކާހުރެ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ވެސް ކުރަންޖެހިފައިވާ ކަމެއް: އިޤްބާލް

އެތައް ސަބަބުތަކަކާހުރެ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގުކުރަން ފެނޭތޯ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ ވޯޓެއް ނަގާނެއެވެ. ހއ. ވަށަފަރުގައި ހުންނަވައި...