Skip to main content
Topic Archive

#ތަޢުލީމް

33 Stories filed
ޔުނެސްކޯގެ މަތީ ތަޢުލީމާ ގުޅޭ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި
News

ޔުނެސްކޯގެ މަތީ ތަޢުލީމާ ގުޅޭ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި

ޔުނެސްކޯގެ މަތީ ތަޢުލީމާ ގުޅޭ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައި، އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް
Raajje

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް

މި އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް މިއަދު ޗުއްޓީ އަށް ގޮސްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ތާވަލުގައިވާ ގޮތުން، ފުރަތަމަ ޓާމުގެ ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. މި ހިނގާ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ދަރިވަރުންނަށް ލިބޭނީ މިއަހަރުގެ ޑިސެންބަރު މަހުގެ 18 އިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 16 […]

ރާއްޖެ އަށް ކުރިމަތިވެފައި ވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއެއް: ވަޒީރު
Raajje

ރާއްޖެ އަށް ކުރިމަތިވެފައި ވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއެއް: ވަޒީރު

ދިވެހިރާއްޖެއަށް ކުރިމަތިވެފައިމިވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއަކާއެއްކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި މުދައްރިސުންގެ ދުޅަހެޔޮކަމަށާއި ވަޒީފާގެ ރައްކާތެރިކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާކަމަށާއި، އަދި އާ މުދައްރިސުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް ވިދާޅުވިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، 2023 ވަނަ އަހަ...

ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސް ނިންމަވައިފި
Raajje

ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސް ނިންމަވައިފި

މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ކުރިމަތިލައި ޝަރުތު ހަމަވި ހުރިހާ ދަރިވަރިންނަށް ވެސް ލޯނު ދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް އާންމުކޮށްފައެވެ. މިއަހަރު ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 500 ފުރުޞަތަށް ޖުމްލަ 1338 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މި ދަރިވަރުންގެ ތެރެއިން...

ހިރިޔާގެ ޕްރިންސިޕަލަކަށް ނައީމާ
Raajje

ހިރިޔާގެ ޕްރިންސިޕަލަކަށް ނައީމާ

ހިރިޔާ ސްކޫލްގެ އައު ޕްރިންސިޕަލަކަށް އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލަކަށް ހުންނެވި އައިމިނަތު ނައީމާ ހަމަޖައްސައިފިއެވެ. ހިރިޔާ ސްކޫލަށް އައު ޕްރިންސިޕަލެއް ހަމަޖައްސާފައި ވަނީ އެ ސްކޫލްގެ ޕްރިންސިޕަލަކަށް ކުރިން ހުންނެވި ރިންޒީ ވަހީދު އަމީނިއްޔާ އަށް ބަދަލުކުރެއްވުމުންނެވެ. ރިންޒީ އަމީނާ އަށް ބަދަލުކޮށްފައި ވަނީ މިދިޔަ އެކަޑަމިކް އަހަރު ނިމެނިކޮށެވެ. ހިރިޔާގެ އައު ޕްރިންސިޕަލަކަށް ހަމަޖެއްސި ނައީމާ، އައު ޕްރިންސިޕަލަކަށް ހަމަޖެއްސުމާއި ހަމައަށް ގެންދަވަނީ 23 ނޮވެންބަރ 2021 އިން ފެށިގެން އެ ސް...

ސްޓޫޑެންޓް ލޯނު އިސްލާމީ ހަމަތަކަށް ފައްތައި އިދާރީ ފީ ކަނޑާލަނީ
Raajje

ސްޓޫޑެންޓް ލޯނު އިސްލާމީ ހަމަތަކަށް ފައްތައި އިދާރީ ފީ ކަނޑާލަނީ

އިސްލާމީ ޝަރީއަތާ އެއްގޮތަށް ސްޓޫޑެންޓް ލޯނުތައް ދޫކޮށް، ލޯނަށް ވުރެއް އިތުރަށް ފައިސާ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، “ޝަރީޢާ ކޮމްޕަޔަލަންޓް” ލޯނުތަކަކަށް ހެދުމަށް ބައެއް ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށެވެ. އެގޮތުގެ މަތ...

މާލެ ސަރަހައްދުގަައި އާ ސްކޫލެއް، ތައުލީމީ ދާއިރާއިން އިތުރު 134 މަޝްރޫޢުއެއް
Parliament

މާލެ ސަރަހައްދުގަައި އާ ސްކޫލެއް، ތައުލީމީ ދާއިރާއިން އިތުރު 134 މަޝްރޫޢުއެއް

މި އަހަރު މާލެ ސަރަހައްދުގަައި އިތުރު ސްކޫލެއް އަޅައި ތައުލީމީ ދާއިރާއިން އިތުރު 134 މަޝްރޫޢުއެއް ހިންގަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ވޭތުވި އަހަރު ތަޢުލީމީ ދާއިރާއިން ކުރެވުނު މަސައްކަތްތަކުގެ މައްޗަށް  އަލިއަޅުވާލެއްވުމަށްފަހު މިއަހަރުގެ އަމާޒުތަކުގެ މައްޗަށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގައި ސާނަވީ ތަޢުލީމުދޭ ސްކޫލް އިމާރަތް ކުރުމ...

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާހްކޮށްފި
Raajje

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާހްކޮށްފި

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް މިއަދު އިފުތިތާހުކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. މި ރަސްމިއްޔާތުގައި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ތަޢުލީމާއިބެހޭ ވުޒާރާއިން ބުނެފައިވަނީ މިއީ ތަމްރީނުވެފައި ތިބި، ފެންވަރު ރަނގަޅު، ދޭސީ މުދައްރިސުން ބިނާ ކުރުމަށްޓަކައި ފެށި ޕްރޮގްރާމެއް ކަމަށެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ މުދައްރިސ...

މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އަންނަމަހު ފަށަނީ
Raajje

މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އަންނަމަހު ފަށަނީ

މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް، މި އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ފެށޭނެކަމުގެ އުންމީދުކުރައްވާ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ތަޢުލީމީ ދާއިރާގައި މުހިންމު ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އަންނަ މަހު ފެށޭނެކަމަށް އުންމީދުކުރަށްވާކަމަށް ވަޒީރު ޝަފީޢު ވިދާޅުވީ، އިއްޔެ ބޭއްވުނު މަތީ އަރުތަވެރީންގެ އިނާމު 2022-2023 ޖަލަލްސާގެ ދެވަނަ ދަންފަޅީގައި ދެއްކެވި ވާހަކާ...

ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމުގެ ބޮޑު މަޝްރޫޢެއް ފަށަނީ
Raajje

ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމުގެ ބޮޑު މަޝްރޫޢެއް ފަށަނީ

ދިވެހި ތަޢުލީމީ ނިޒާމުގައި ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމުގެ ބޮޑު މަޝްރޫޢެއް ފަށަން ތައްޔާރުވެފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ މާލޭގެ ސޯސަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަންހުރި ކަންކަމަށް މިހާތަނަށް 9 މިލިޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި...

15 އަހަރު ވެފައިވާ ކޮލެޖްތަކަށް ޔުނިވަސީޓީގެ ދަރަޖަ ދޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ
Raajje

15 އަހަރު ވެފައިވާ ކޮލެޖްތަކަށް ޔުނިވަސީޓީގެ ދަރަޖަ ދޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 15 އަހަރުވެފައިވާ ނަމަ، ޔުނިވާސިޓީއެއްގެ ދަރަޖަ ލިބޭ ގޮތަށް ގާނޫނަށް އިސާލަހު ގެނައުމަށް މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. މަތީ ތައުލީމާއި ތަމްރީންގެ ގާނޫނު މިހާރު އޮންނަ ގޮތުން ރާއްޖޭގައި ޔުނިވަސިޓީއަކަށް ބަދަލުކުރެވެން އޮންނަނީ ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހ...

96000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރު ފަށައިފި
Raajje

96000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރު ފަށައިފި

މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ސަރުކާރާއި އަމިއްލަ މަދަރުސާތަކުގައި 96000 އަށް ވުރެ ގިނަ ދަރިވަރުން މިއަހަރު އުނގެނޭނެ އެވެ. އެއީ ސަރުކާރުގެ 217 މަދަރުސާއެއްގައި އުނގެނޭނެ 83000 ދަރިވަރުން އަދި އަމިއްލަ މަދަރުސާތަކުގައި އުނގެނޭނެ 13000 ދަރިވަރުން ނެވެ. ސަރުކާރުގެ 217 މަދަރުސާއެއްގެ ތެރެއިން 162 މަދަރުސާއެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭއިރު، މީގެ ތެރެއިން 55 މަދަރުސާއެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެއެވެ. […]

ސްކޫލްތަކުގެ ކޮންމެ ދުވަހެއްގެ ކިޔެވުން ޤައުމީ ސަލާމުން ފަށާގޮތަށް ނިންމައިފި
Raajje

ސްކޫލްތަކުގެ ކޮންމެ ދުވަހެއްގެ ކިޔެވުން ޤައުމީ ސަލާމުން ފަށާގޮތަށް ނިންމައިފި

އަންނަ ޑިސެންބަރު މަހުގެ ސްކޫލް ބަންދަށްފަހު، ކިޔެވުން ފަށާއިރު، ކޮންމެ ދުވަހަކުވެސް ޤައުމީ ސަލާމުން ސްކޫލުތަކުގެ ކިޔެވުން ފަށާގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު، ވަޒީރުންނާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސުް ވިދާޅުވި ގޮތުގައި، މިގޮތައް ނިންމެވުމުގެ ބޭނުމަކީ ޤައުމީ ލަވައާއި، ޤައުމީ ދިދައާއި، އަދި ޤައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުމެވެ. މިގޮތައް ޤައުމީ ސަލާމް ކިޔާން ނިން...

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
Raajje

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

މަދަރުސާތަކުގެ ބޮޑު ބަންދަށްފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. މިއަދު ފެށުނު ދިރާސީ އާ އަހަރާއި ގުޅިގެން ތައުލީމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށީ 84200 އެއްހާ ދަރިވަރުންނާއެކުއެވެ. އެ ދަރިވަރުންގެ ތެރެއިން ސަރުކާރު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދަކީ 73078 އެވެ. މީގެތެރެއިން 24000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަނީ މާލެ ސަރަޙައްދުގައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސަރުކާރުގެ 216 […]

''ރަށެއްގެ އާބާދީ ކުޑަވުމަކީ ދަރިވަރުން ތަކުލީފުތަކެއް އުފުލަންޖެހޭ ސަބަބެއް ނޫން''
Raajje

''ރަށެއްގެ އާބާދީ ކުޑަވުމަކީ ދަރިވަރުން ތަކުލީފުތަކެއް އުފުލަންޖެހޭ ސަބަބެއް ނޫން''

ރަށުގެ އާބާދީ ކުޑަވުމަކީ، އެ ރަށެއްގެ ރައްޔިތުން އަދި ޚާއްޞަކޮށް ދަރިވަރުން، އެފަދަ ނުރައްކާތެރި ތަކުލީފުތަކެއް އުފުލަންޖެހޭނެ ސަބަބެއް ނޫން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ 2021 – 2022 ވަނަ އަހަރު ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް “މަތީ އަރުތަވެރިންގެ އިނާމު” ދިނުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި...