Skip to main content
Topic Archive

#ތިލަދުންމަތީގެ ހުނަރުވެރިން

26 Stories filed
އެއް އުނގަކުން ތަޢުލީމީ ދާއިރާއަށް ތިން މުދައްރިސުން, މިއީ އެ ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކަ
Thiladhunmathi News

އެއް އުނގަކުން ތަޢުލީމީ ދާއިރާއަށް ތިން މުދައްރިސުން, މިއީ އެ ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކަ

ކޮންމެ މުދައްރިސެއްގެ ފަހަތުގައި އެ މީހަކަށް ހެޔޮ ތަރުބިއްޔަތު ދިން މައިވަންތަކަމުގެ ލޯތްބާއި ހިތްވަރު ވާނެކަން ޔަޤީނެވެ. މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހު މި ގެނެސްދެނީ، މުޖުތަމައު ބިނާކުރާ އެންމެ މުހިންމު އެއް ޚިދުމަތަށް، އެއް ފުރާޅެއްގެ ދަށުން، ތިން ދަރިން ހަދިޔާކުރި ނަމޫނާ މަންމައެއްގެ ފަޚުރުވެރި ވާހަކައެވެ. މުޅި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރަން މަސައްކަތްކުރާ ތިން މުދައްރިސުންގެ ހިޔާވަހިކަމަކީ އެ މަންމަގެ އުނގެވެ. ހދ. ނޭކުރެންދޫ މަހުމާގޭ ފާޠިމަތު ޚާލިދާއަކީ ތިން މުދައްރިސުންގެ މަންމ...

މިލަންދޫ ޔުމްގެ ''ޔުމް ޑިލައިޓްސް'': އަމިއްލަ މަސައްކަތުން ހޯދި ބޮޑު ކާމިޔާބީ
Thiladhunmathi News

މިލަންދޫ ޔުމްގެ ''ޔުމް ޑިލައިޓްސް'': އަމިއްލަ މަސައްކަތުން ހޯދި ބޮޑު ކާމިޔާބީ

އެއް ފަރާތެއްގައި ފަހާފޮށީގެ އަޑެވެ. އަނެއް ފަރާތުގައި އަވަނުން ބޭރުވަމުންދާ މީރު ކޭކުގެ ވަހެވެ. މޭޒުމަތީގައި ތައްޔާރުވަމުން އެ ދަނީ ހިތްގައިމު މާބޮނޑިއެކެވެ. މިއީ އެއް ފުރާޅެއްގެ ދަށުން ފެންނަ، ތަފާތު ތިން ފަންނެކެވެ. އެކަމަކު މި ހުރިހާ ކަމެއްގެ ފަހަތުގައި ވަނީ އެންމެ އަތެކެވެ. އެއީ އަމިއްލަ ހުނަރާއި، ބުރަ މަސައްކަތުން ނަމޫނާ ދައްކައި، ކުރިއަރަމުން، އަންނަ ށ. މިލަންދޫގައި މިހާރު ދިރިއުޅެމުންދާ، އެ ރަށު ދިލާސާގޭ ޙައްވާ ޔުމްނާ (ޔުމް)އެވެ. ޔުމްގެ ހުނަރުން ފުރިގެންވާ […]

ސައިކަލްތަކުގެ ކުލަ ބަދަލުކޮށްލި އަދޭގެ ފިހީގެ ކުލަތައް މުޅި ރާއްޖެ އަށް
Thiladhunmathi News

ސައިކަލްތަކުގެ ކުލަ ބަދަލުކޮށްލި އަދޭގެ ފިހީގެ ކުލަތައް މުޅި ރާއްޖެ އަށް

މީސްމީޑިއާގެ މަންސަހުން، ތަފާތު، ރީތި ސައިކަލްތަކެއް ފެންނަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެންމެ ފަހުން ލޮލުގައި އަޅައިގަތީ މަޑުދަނބު ކުލައިގެ ސްކޫޕީއެކެވެ. ދަނބު ކުލައިގެ  ސްކޫޕީއެއް މީގެ ކުރިން ފެނިފައިނުވާތީ، ވާނުވާ ބަލައިލަން ކުޑަ ދިރާސާއެއް ކޮއްލީމެވެ. އެ ސައިކަލް ޕޯސްޓް ކޮއްފައިވާ ”އަދޭ ގަރާޖް” ގެ ނަމުގައި އޮތް ފޭސްބުކް ޕޭޖް ބަލައިލެވުނީ ޝައުޤުވެރިކަމާއެކުއެވެ. އެއާއެކު ފެނިގެން ދިޔައީ، ދުވަހަކު ވެސް ނުދެކޭފަދަ ރީތި ސައިކަލްތަކެކެވެ. މާލޭގެ ފިހާރަތަކުން އެ ފަދަަ ރީތި، ކުލަކުލައިގެ ސައިކ...

ނަޝްވާން ބޭނުންވީ ބައްޕަ ކަހަލަ ޚިދުމަތްތެރިއަކަށްވުމަށް، މިއަދު އެއީ ނަމޫނާ ޒުވާނެއް!
Thiladhunmathi News

ނަޝްވާން ބޭނުންވީ ބައްޕަ ކަހަލަ ޚިދުމަތްތެރިއަކަށްވުމަށް، މިއަދު އެއީ ނަމޫނާ ޒުވާނެއް!

އިޖްތިމާޢީގޮތުން ރަށަށް ކުރިއެރުން ލިބުމަކީ ރަށުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް އުއްމީދަކަށް ވާނެކަން ޔަޤީނެވެ. އަދި  ފަސޭހަ، ފަހި ދިރިއުޅުމަކަށް އެދޭ ކޮންމެ ރައްޔިތަކުވެސް އެ ހުވަފެން ދެކޭނެކަން ގައިމެވެ. ހަމައެފަދައިން އިޖްތިމާޢީ މަސައްކަތްތަކަށް ލޯބިކުރާ ޒުވާނުން އިތުރުވެއްޖެނަމަ، ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލްތައް ރަށުގެ ތަރައްޤީއަށް އަންނާނެކަން ޤަބޫލު ކުރާ މީހުން ނުހަނު ގިނައެވެ. ބޭނުންވަނީ ހިތްވަރާއި ސާބިތުކަމެވެ. އަދި ކެރުންތެރިކަމާއި ނުގުޑާފަދަ ޢަޒުމެކެވެ. ހއ ދިއްދޫ، ނަވަރަން، ނަޝ...

މޭކަޕް ފިހިން ކުލަޖައްސާ، ރައީފާގެ ހުވަފެންތައް ޙަޤީޤަތަކަށް!
Column

މޭކަޕް ފިހިން ކުލަޖައްސާ، ރައީފާގެ ހުވަފެންތައް ޙަޤީޤަތަކަށް!

ޒީނަތްތެރިވުމަށްޓަކައި މޭކަޕް ކުރުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އާއްމު ކަމެކެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މޫނުގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމުގައި މޭކަޕް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. އާއްމު ދިރިއުޅުމުގައި ގޭގައި އެކަނި އިނދެ މޭކަޕްކޮށް ނަލަވި ނަމަވެސް ޚާއްސަ ތަންތަނަށް ދާއިރު، ގިނަ މީހުން ބޭނުންވަނީ ފެންވަރު ރަނގަޅު މޭކަޕް އަރޓިސްޓުންގެ ފިހީގެ އެހީ ހޯދާށެވެ. ގައިމުވެސް ތަފާތުވާނެއެވެ. ހދ. މަކުނުދޫ ގުލްބަކާގޭ ރައީފާ ޢަބްދުﷲ ( ރައި) 27އ، އަކީ […]

ތިލަދުންމަތީ ހުނަރުވެރިން: އަބޫ ފަނުން ނުހަދާކަށް އެއްޗެއް ނެތް
Thiladhunmathi News

ތިލަދުންމަތީ ހުނަރުވެރިން: އަބޫ ފަނުން ނުހަދާކަށް އެއްޗެއް ނެތް

ދިވެހި ރުކުގެ ފަން ބޭނުން ކޮށްގެން އިހުގައި ދިވެހިންތެރޭ ތަފާތު ތަކެތި ވިޔެ އުޅުނެވެ. އޭގެތެރޭގައި ދިވެހިންގެ އޭރު ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ވިޔެ އުޅުނު ތަކެތީގެ އިތުރުން، ހުސް ވަގުތުފުރާލައި ފޫހި ފިލުވައިލަން ވިޔެ އުޅުނު ތަކެތި ވެސް ހިމެނެއެވެ. ނަމަވެސް މިއަދު މި މަސައްކަތްކުރާ މީހުން މަދުވެ، މި ހުނަރުވެރި މަސައްކަތް ވަނީ މުޖުތަމަޢުން ނެތިދާން ފަށާފައެވެ. ތިލަދުންމަތީ އުތުރުބުރީ ވަށަފަރު، އަބްދުﷲ ސުޖާޢު (އަބޫ) އަކީ ރުކުގެ ފަން ބޭނުން ކޮށްގެން ތަފާތު […]

ތިލަދުންމަތީ ހުނަރުވެރިން: ވަށަފަރު ހަ ބެއިން، ދަނޑުމަތީގައި އަލިގަދަ ތަރިންތަކެއް
Thiladhunmathi News

ތިލަދުންމަތީ ހުނަރުވެރިން: ވަށަފަރު ހަ ބެއިން، ދަނޑުމަތީގައި އަލިގަދަ ތަރިންތަކެއް

ހއ. ވަށަފަރު ގިރީތެރޭގޭ މުޙައްމަދު ރަޝީދާއި ވަސީމާ ޢަލީއަށް ލިބުނު 6 ފިރެހެން ދަރީން ވެސް އަންނަނީ ފުޓްބޯޅައިގެ ދުނިޔޭގެ އެންމެ އުހުގައި ފިޔަޖަހަމުންނެވެ. ކުޑައިރުއްސުރެ، ފުޓްބޯޅައަކީ އެކުދިންގެ އެންމެ މަޤްބޫލް ކުޅިވަރެވެ. އެހެންކަމުން ގޭތެރެއިން އުފެދިގެން އައި ފުޓްސަލް ޓީމް ކަމަށްވާ “ޗެލެންޖާރސް އެފްސީ” އަކީ މިކުދިންގެ އަމިއްލަ ޓީމެކެވެ. އަޙްމަދު ސިނާން، (32އ) އަދި 31 އަހަރުގެ ޙަސަން ސިނާނާއި ޙުސައިން ސިނާން އަދި 27 އަހަރުގެ ޢަބްދުﷲ ސިނާނާއި 25 އަހަރުގެ އިބްރާހިމް […]

ތިލަދުންމަތީ ހުނަރުވެރިން: އުދައިޝާން، ކުޅަދާނަ ނަރުހެއް! އުއްމީދީ ދުވުންތެރިއެއް!
Column

ތިލަދުންމަތީ ހުނަރުވެރިން: އުދައިޝާން، ކުޅަދާނަ ނަރުހެއް! އުއްމީދީ ދުވުންތެރިއެއް!

މިއަދު އޭނާއަކީ ކުޅަދާނަ ނަރުހެކެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކަށް ޚިދުމަތްކުރަމުންދާ އަގުހުރި ޚިދުމަތްތެރިއެކެވެ. އަދި އެއީ އުއްމީދީ ދުވުންތެރިއެއްވެސްމެއެވެ. ލިބިފައިވާ ކުރިއެރުންތަކާއެކު، ށ. ފޯކައިދޫއަށް އުފަން އުދައިޝާން (އުދޭ) އެންމެ ފުރަތަމަވެސް ހަނދާންކުރަން ބޭނުންވީ އެހިސާބަށް އޭނާ ގެންދިޔުމުގައި މަންމަ ވެލެއްވި ޤުރުބާނީއެވެ. ބައްޕަގެ ޢުމުރުން 28 އަހަރުގައި މި ދުނިޔެ ދޫކުރުން ވެގެން ދިޔައީ މަންމައަށް ލިބުނު ވަރަށް ބޮޑު އެކަނިވެރިކަމާއި ހިތްދަތިކަމަކަށެވެ. އޭރު އެ އާއިލާގައި އޭނާގެ އިތު...

ތިލަދުންމަތީ ހުނަރުވެރިން: ސަމަދުބޭ ކަނބުރުވެރިކަން ކުރާތާ 52 އަހަރު، ބޭނުންވަނީ ހިތްވަރު!
Thiladhunmathi News

ތިލަދުންމަތީ ހުނަރުވެރިން: ސަމަދުބޭ ކަނބުރުވެރިކަން ކުރާތާ 52 އަހަރު، ބޭނުންވަނީ ހިތްވަރު!

އެންމެ ފުރަތަމަ ކަނބުރުވެރިކަމުގެ މަސައްކަތްތައް ފެންނަން ފެށީ ބައްޕަގެ ކަނބުރުގެއިންނެވެ. އޭރު ބައްޕަ ގާތަށް ގޮސް ކަނބުރުގޭގައި ހުންނަނީ ކޮންމެހެން އެ މަސައްކަތް ދަސްކުރާކަށް ނޫނެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ފެންނަ ކަންތައްތަކަށް ވާތީ ކަނބުރުވެރިކަމަށް ކޮންމެވެސް ވަރަކަށް އޭރު ޝައުޤުވެރިކަން އުފެދުނެވެ. ށ. ކަނޑިތީމު ޢަބްދުއްސަމަދު ޙުސައިން (ސަމަދުބޭ) މަދަރުސީ ޙަޔާތް ނިންމާލީ ރަށު މަދަރުސާއިންނާއި މާލޭ އީ.ޕީ.އެސް އިންނެވެ. އެއަށްފަހު އާމްދަނީ ހޯދުމަށް ކޮންމެވެސް ކަމެއް ކުރަން ބޭނުންވިއެވެ. އ...

ތިލަދުންމަތީ ހުނަރުވެރިން: އިއްޒަ، ހަތަރު ފާރުގެ ތެރެއިން އުދުހިގަތް ޝާއިރާ
Column

ތިލަދުންމަތީ ހުނަރުވެރިން: އިއްޒަ، ހަތަރު ފާރުގެ ތެރެއިން އުދުހިގަތް ޝާއިރާ

ހދ. މަކުނުދޫއަށް އުފަން އިއްޒާ އަޙުމަދު ނިޒާރު ޅެންވެރިކަމުގެ ގުލްޒާރުގައި އާންމު ނަމުންނަމަ އިއްޒަ އަކީ ކުރީއްސުރެ ވެސް އަޅުގަނޑުގެ ގާތް އެކުވެރިއެކެވެ. އޭރުވެސް އިއްޒައަކީ ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެއްގެ ގޮތުގައި ސްކޫލް މުދައްރިސުންނަށް ވެސް ވަނީ ފާހަގަކުރެވިފައެވެ. އެހެނަސް އޭނާގެ ކިބައިގައި ފޮރުވިފައިވާ ޅެންވެރިކަމުގެ ހުނަރު ހުރިކަން އޭރު ޚުދު އިއްޒައަކަށް ވެސް ނޭނގެއެވެ. އެއަހަރު ސްކޫލްގައި ބޭއްވި އަދަބީ ހަރަކާތްތަކަށް ކުދިން ތައްޔާރުކޮށްދިނުމުގައި އިސްދަރިވަރެއްގެ ޙައިޞިއ...

ތިލަދުންމަތީ ހުނަރުވެރިން: މަންމަ ގަނެދިން ކުޑަ ކެމެރާއަކުން ފޮޓޯގެ ދުނިޔެއަށް
Thiladhunmathi News

ތިލަދުންމަތީ ހުނަރުވެރިން: މަންމަ ގަނެދިން ކުޑަ ކެމެރާއަކުން ފޮޓޯގެ ދުނިޔެއަށް

” މަންމާ! އަޅުގަނޑު ވަރަށް ފޮޓޯ ނަގާހިތްވޭ!  ފޮޓޯނަގާ މީހަކަށް ވާންބޭނުމީ!” ގްރޭޑް 5 ގައި ކިޔަވަމުންދިޔަ ދަރިފުޅުގެ އެ ޖުމްލަތައް މަންމަގެ ހިތުގައި ބިންވަޅުނެގުނެވެ. އެހެންކަމުން މާލެ ދެވުނުހާ އަވަހަކަށް ދަރިފުޅަށް ކުޑަކުޑަ ކެމެރާއެއް ގަނެދީ، އެދުވަހު ދަރިފުޅު އުފަލުން ހެއްވާލިއެވެ. ސަޕްރައިޒަކަށް މަންމަ ދިން އެ ކުޑަކެމެރާ ވެގެންދިޔައީ ހދ. ކުޅުދުއްފުށީ އަޙްމަދު އިފާއު އިބްރާހީމް ( އިފޫ ) 20އ، ފޮޓޯގެ ދުނިޔެއަށް ވަންނަން ހުޅުވުނު މައިދޮރަށެވެ. ” އިފޫ ވަރަށް ކުޑައިރުވެސް […]

ތިލަދުންމަތީ ހުނަރުވެރިން: ކުޅުދުއްފުށި މުސްތޮގެ ކުލަފިހިން ދެނީ ވަރުގަދަ މެސެޖުތަކެއް
Column

ތިލަދުންމަތީ ހުނަރުވެރިން: ކުޅުދުއްފުށި މުސްތޮގެ ކުލަފިހިން ދެނީ ވަރުގަދަ މެސެޖުތަކެއް

ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އެކި މީހުންގެ ގައިގައި ހުންނާނީ އެކި ހުނަރެވެ. އެ މީހަކަށް ޤުދުރަތީގޮތުން ލިބިފައި ހުންނަ ހުނަރެއް ނުވަތަ ޝަޢުޤުވެރިވާ ދާއިރާއެއް ގިނަފަހަރަށް ފާހަގަވާން ފަށަނީ ތަޢުލީމް ހާސިލް ކުރަމުން އަންނަ ދުވަސްވަރު ސްކޫލުގެ މާހައުލުންނެވެ. ކުރެހުމުގެ ދާއިރާއިން ކުރިއަށް ދިޔުމުގެ މާބޮޑު ވިސްނުމެއް ނެތް ނަމަވެސް ސްކޫލުގައި ބާއްވާ އިވެންޓްތަކަށް ޑެކަރޭޓް ކުރުމާއި، ސްކޫލުގައި ބާއްވާ ކުރެހުން މުބާރާތްތަކުގައި ހދ. ކުޅުދުއްފުށީ، ލައިޓްހައުސް/ މުސްތަފާ މުޙައްމަދު ބައިވެރިވަމުން...

ތިލަދުންމަތީ ހުނަރުވެރިން: މަކުނުދޫ ފަޅުގައި މުރަކައިގެ ބަގީޗާތައް ދިރުވާ އާލާކުރަމުންދާ ތިން ޒުވާނުން
Thiladhunmathi News

ތިލަދުންމަތީ ހުނަރުވެރިން: މަކުނުދޫ ފަޅުގައި މުރަކައިގެ ބަގީޗާތައް ދިރުވާ އާލާކުރަމުންދާ ތިން ޒުވާނުން

ކުޑައިރު، ފީނަން ގޮސް އުޅޭއުޅުމުގައި ފެނިފައިހުރި މުރަކައިގެ ރީތި ބަގީޗާތައް މިހާރު އެޒުވާނުންނަށް ފެންނަނީ ދިރުމެއްނެތް ތަނެއްގެ ގޮތުގައެވެ. އޭރު ފެނުނު ބޮޑެތި ގާތަކުގައި ހުރި، ރީތި ޗާލު މުރަކަތައް މިހާރު ހުރީ މަރުވެ، ފުނޑުފުނޑުވެފައެވެ. ގާތަކުގައި ހުރި، ކުލަކުލައިގެ ތަފާތުވައްތަރުގެ މުރަކަތައް ނެތްކަމީ، އެޒުވާނުން މާޔޫސްވެ، މިކަމާއިމެދު ވިސްނަން މަޖުބޫރުކުރިވި ކަމެކެވެ. ގާތަކުގެ ވަށައިގެންހުރި، މުރަކަތަކުގެ ތެރޭގައި އޭރު ދުވެލަ ދުވެލާ އުޅު ކުދި ރީތި މަސްތައް، މިހާރަކު ނޫޅެއެވެ. ޤުދުރަތުން ދެއް...

ތިލަދުންމަތީ ހުނަރުވެރިން: ޅެންވެރިކަމުގެ ގުލްޒާރުން ކުޅުދުއްފުށީ މުނައްވަރު
Column

ތިލަދުންމަތީ ހުނަރުވެރިން: ޅެންވެރިކަމުގެ ގުލްޒާރުން ކުޅުދުއްފުށީ މުނައްވަރު

ދިވެހި ބަހުން ވާހަކަ ދައްކަން ފަރިތަވެފައި، ލިޔަން ކިތަންމެ ކުޅަދާނަ ނަމަވެސް ކާފިޔާއާއި ބަޑުވަތް އަކުރު ހަމަކޮށް ވަޒަނަށް ފައްތައި ޅެމެއް އަތުރާލުމަކީ ކޮންމެ މީހަކަށް ކުރެވޭ ކަމެއް ނޫނެވެ. ބައެއް މީހުން އުނގެނިގެން ޅެން ހަދައި އުޅުނު ނަމަވެސް، އަނެއްބައި މީހުންނަކީ އެއްވެސް ތަމްރީނެއް ލިބިފައި ނެތަސް ބުނަން ބޭނުން ކޮންމެ އެއްޗެއް ހިނދުންހިނދަށް ސިކުނޑީގައި ޅެންބައިތެއްގެ ސިފައަށް އަތުރާލައި ދުލުން އެ ބޭރު ކޮށްލުމިގެ ޤާބިލުކަން ލިބިފައިވާ ބައެކެވެ. ރާއްޖޭގައި ކުޅަދާނަ ޅެންވެރިން ތިބިއިރު، […]

ތިލަދުންމަތީ ހުނަރުވެރިން: ނައިވާދޫ ޝާއްޕެ، ފުޓްސަލްއިން ޤައުމަށް ރީތި ނަން ހޯދައިދީ ތާރީޚްގެ ތެރެއަށް
Column

ތިލަދުންމަތީ ހުނަރުވެރިން: ނައިވާދޫ ޝާއްޕެ، ފުޓްސަލްއިން ޤައުމަށް ރީތި ނަން ހޯދައިދީ ތާރީޚްގެ ތެރެއަށް

ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގައި އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދި އެއް ކުޅިވަރަކީ ފުޓްސަލްއެވެ. ރާއްޖޭގައި މިހާރު ވައިގައި ހިފާފައިވާ މި ކުޅިވަރު، ޕްރޮފެޝަނެއްގެ ގޮތުގައި ޚިޔާރުކޮށް އެއިން ކުރިއަށް ދިޔުމަށް ބުރަކޮށް މަސައްކަތްކުރާ ޒުވާނުން އަންނަނީ ގިނަވަމުންނެވެ. މިގޮތުން ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫއަށް އުފަން އަބްދުﷲ ޝާފިއު (ޝާއްޕެ) އަކީ ވެސް ފުޓްސަލް ދަނޑުތަކުން ފެންނަ ހުނަރުން ފުރިގެންވާ ޒުވާނެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމްގައި ހިމެނޭ ޝާއްޕެގެ އަޑު މި ފަހުން ގަދަވެގ...