Skip to main content
Topic Archive

#ތިމާވެށި

50 Stories filed
ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ޤާނޫނުގެ ދަށަށް ބަދަލުކުރަން ނިންމައިފި
Raajje

ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ޤާނޫނުގެ ދަށަށް ބަދަލުކުރަން ނިންމައިފި

ދިވެހިރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކުރާކަމެއްގެ ގޮތުގައި ބަދަލުކުރައްވަން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. ރާއްޖޭގައި ފެހުރިހި މިހާރު ހިމާޔަތްކޮށްފައި ވަނީ ދިވެހިރާޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުންނެވެ. ރައީސް ޞާލިޙް، ދިވެހިރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކުރާކަމެއްގެ ގޮތުގައި ބަދަ...

ރާއްޖޭގައި ފުރަތަމަ ފަހަރަށް "މެޓީރިއަލް ރިކަވަރީ ފެސިލިޓީ" އެއް ހުޅުވައިފި
Raajje

ރާއްޖޭގައި ފުރަތަމަ ފަހަރަށް "މެޓީރިއަލް ރިކަވަރީ ފެސިލިޓީ" އެއް ހުޅުވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) އެއް ހުޅުވައިފިއެވެ. މިއީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި ކޮކާކޯލާ ފައުންޑޭޝަން ގުޅިގެން ގާއިމުކުރި ފެސިލިޓީއެކެވެ. މި ފެސިލިޓީއާއި ގުޅޭގޮތުން މޯޕާ އިން ބުނީ މި ފެސިލިޓީ ހުޅުވުމަކީ ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ރިސޯޓްތައް ހިމެނޭ ގޮތަށް އެކި ދާއިރާތަކުން ގުޅިގެން ހިންގާ މުހިއްމު މަޝްރޫއެއްގެ ފެށުން ކަމަށެވެ. މިއީ ކުނި މެނޭޖް ކުރުމާއި ޕެޓް ޕްލާސްޓިކް ފަދަ އަލުން ބޭނުން ކުރެވޭ […]

''އަމާޒަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުންނުކުރާ ޤައުމަކަށް ރާއްޖެ ހެދުން''
Raajje

''އަމާޒަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށް ވެސް ބޭނުންނުކުރާ ޤައުމަކަށް ރާއްޖެ ހެދުން''

އަމާޒަކީ ރާއްޖެއަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކުރާ ޤައުމަކަށް ހެދުންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރޭ އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީވެސް ޕްލާސްޓިކް ޕޮލިއުޝަނަށް ޙައްލު ހޯދުމާ ގުޅޭ ޝިޢާރެއް ކަމަށެވެ. އަދި ސިންގަލް ޔޫސްޑް ޕްލާސްޓިކްގެ...

''ޕްލާސްޓިކްގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމަކީ ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ''
Raajje

''ޕްލާސްޓިކްގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމަކީ ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ''

މުޅި ދުނިޔެއަށް ވެސް އަދި  ދިވެހި ރާއްޖެއަށް ވެސް ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ޕްލާސްޓިކްގެ އުފެއްދުންތަކުން ތިމާވެށްޓަށް ލިބޭ ތަޣައްޔަރުވުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވާ ގޮތުގައި އިންސާނުން ދިރިއުޅެމުން އަންނަ ބިމުގެ ޤުދުރަތީ ސިފަތަކަށާއި އޭގެ މާޙައުލީ ނިޒާމަށް، އިންސާނީ ތާރީޚުގައި ވެސް ނުލިބޭ ފަދަ ގެ...

ތިން ރަށެއްގެ ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒު ގާއިމުކުރަން ހަވާލުކޮށްފި
Raajje

ތިން ރަށެއްގެ ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒު ގާއިމުކުރަން ހަވާލުކޮށްފި

ތިން ރަށެއްގެ ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމަށް ހަވާލުކޮށްފި އެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ ތ. ކިނބިދޫ، ލ. ދަނބިދޫ، މ. މުލަކުގައި ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމަށް ހަވާލުކޮށްފަައިވަނީ ލައިކޯ ކޮންސްޓްރަކްޝަން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. މި މަސައްކަތްތައް ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވާފައިވާއިރު، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރު އެވެ. ލައިކޯ ކޮންސްޓްރަކްޝަން...

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު އަލުން ކަނޑައަޅައިފި
Raajje

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު އަލުން ކަނޑައަޅައިފި

ކުނިމެނޭޖްކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް- ޔޫޒް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ އަލުން ކަނޑައަޅުއްވައިފިއެވެ. އެ ލިސްޓް ކަނޑައަޅުއްވައި އެކަން ޢާންމު ކުރަށްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ރޭ ނެރުއްވި ޤަރާރެއްގައެވެ. ކުރިން މި ލިސްޓު ކަނޑައަޅުއްވާފައި ވަނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުންނެވެ. ނަމަވެސް މި...

ނެތެމުންދާ ނޭކުރެންދޫ ކަނޑުފަލުން، ކަމާބެހޭ ފަރާތަކަށް ދަޢުވަތެއް!
Thiladhunmathi News

ނެތެމުންދާ ނޭކުރެންދޫ ކަނޑުފަލުން، ކަމާބެހޭ ފަރާތަކަށް ދަޢުވަތެއް!

މަރުވެ ނެތެމުންދާ ހދ. ނޭކުރެންދޫ ކަނޑޫފަލުގެ ހާލަތު ކައިރިން ބަލައި، ވަޒަން ކުރުމަށް ތިމާވެއްޓާބެހޭ ވަޒީރާއި، ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާބެހޭ ކޮމެޓީގެ މުޤައްރިރު އެ ކަނޑޫފަލަށް ޒިޔާރަތްކޮށްދެއްވުން އެދި، ނޭކުރެންދޫ ރައްޔިތުންގެ ފަރާތުން ދައުވަތު އަރުވައިފިއެވެ. މި ދައުވަތު އެރުވީ މަޖިލީހުގައި ނޭކުރެންދޫ ތަމްސީލްކުރަށްވާ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އެވެ. މިގޮތުން ރާޢީ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ތިމާވެއްޓާބެހޭ ވަޒީރު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭނ...

ކޭލަކުނު ކަނޑޫފާ މަރުވަމުން ދާ ދިިއުމަށް އަދިވެސް ހައްލެއް ނުލިބޭ
Thiladhunmathi News

ކޭލަކުނު ކަނޑޫފާ މަރުވަމުން ދާ ދިިއުމަށް އަދިވެސް ހައްލެއް ނުލިބޭ

ތިލަދުންމަތީގެ ގިނަރަށްތަކަށް ދިމާވަމުންދާ ކަނޑޫފާ މަރުވުމުގެ މައްސަލަ ބޮޑުވެ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، އަދިވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައި ނުވާކަމަށް ބްލޫ ޕީސްއިން ބުނެފިއެވެ. ރާއްޖޭގެ ތިމާވެއްޓަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތައް ދިރާސާކޮށް ރައްކާތެރިކުރުމުގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ ބްލޫޕީސް އިން މިގޮތަށް ހާމަކޮށް ކުރި ޓްވީޓެއްގައި ވާގޮތުގައި ކޭލަކުނުގެ ކަނޑޫފާތައް މަރުވަމުންދާ ދިއުމަށް އަދިވެސް ހައްލެއް ލިބިފައިނުވާކަމަށް ބުނެފައިވެއެވެ. އަދި 201...

ރަސްފަރީ ފަރަށް އުރުނު ކާގޯ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
Raajje

ރަސްފަރީ ފަރަށް އުރުނު ކާގޯ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ކ. ރަސްފަރި ފަރަށް އުރުނު ޕެނަމާގެ މުދާ އުފުލާ ކާގޯ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަހަރުގެ އޯގަސްޓް މަހުތެރޭ ކ. ރަސްފަރީގެ ފަރަށް “އެމް.ވީ ނެވިއޯސް އެމެރައިލިސް” ނަމަކަށް ކިޔާ އުޅަނދު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދު، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރި...

ފާރުފުށި ރިސޯޓު 275،000ރ. އިން ޖޫރިމަނާ ކޮށްފި
Business

ފާރުފުށި ރިސޯޓު 275،000ރ. އިން ޖޫރިމަނާ ކޮށްފި

ރ. ފާރުފުށީގައި ރިސޯޓު ތަރައްގީ ކުރި ފާރުފުށި އިންވެސްޓްމަންޓް 275،000ރ. އިން ޖޫރިމަނާ ކޮށްފިއެވެ. އެ ކުންފުނި ޖޫރިމަނާ ކުރީ ރިސޯޓު ތަރައްގީ ކުރަން ހުށަހެޅި އީއައިއޭ ރިޕޯޓާ ހިލާފުވެފައިވާތީއެވެ. އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނީ ރިސޯޓު ތަރައްގީކުރަން ހުށަހެޅި އީއައިއޭ ރިޕޯޓާ ހިލާފަށް އެ ކުންފުނިން މަސައްކަތްކޮށްފައި ވާތީ ޖޫރިމަނާ ކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވ...

އުރުނު ބޯޓުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރެއް ނުވޭ: ޓްރާންސްޕޯޓް އޮތޯރިޓީ
Raajje

އުރުނު ބޯޓުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރެއް ނުވޭ: ޓްރާންސްޕޯޓް އޮތޯރިޓީ

ކ. ރަސްފަރި ފަރަށް އުރިފައިވާ ޕެނަމާގެ މުދާ އުފުލާ ކާގޯ ބޯޓުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވިކަން މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ. ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ ކާގޯ އުފުލާ ބޯޓެއް މި އޯގަސްޓް 19 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެއަތޮޅު ރަސްފަރީ ފަރަށް އަރާފައިވާ ހާދިސާއާއި ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީއިން އާންމު ކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެ އޮތޯރިޓީއާއި ސަރުކާރުގެ ކަމާބެހ...

ރަސްދޫ މަޑިވަރު ފަޅުން ވެލި ނަގާތީ ލިބޭ ގެއްލުމަށް ހައްލު ހޯދަން ހުށަހަޅަނީ
Raajje

ރަސްދޫ މަޑިވަރު ފަޅުން ވެލި ނަގާތީ ލިބޭ ގެއްލުމަށް ހައްލު ހޯދަން ހުށަހަޅަނީ

އއ. ވެލިގަނޑު ރިސޯޓާއި، ވެލިފިނޮޅު ތަރައްގީކުރުމުގައި އއ. ރަސްދޫ މަޑިވަރު ފަޅުން ވެލި ނަގާތީ ފަރަށް ލިބެމުންދާ ގެއްލުމަށް ދާއިމީ ހައްލެއް ހޯދައިދީ އެ އެ މަސައްކަތް ހުއްޓުވުމަށް ސަރުކާރަށް ހުށަހަޅަން އއ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ މަސައްކަތަށް މަޑިވަރު ފަރުން ވެލިނެގުމުގެ ސަބަބުން ތިމާވެއްޓަށާއި، އެ ސަރަޙައްދުގު ޤުދުރަތީ ދިރުންތަކަށް ނޭދެވޭ އަސަރުކުރުމާއި، ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ދިމާވާނެތީ، އެ ސަރަހައްދުގައި ވަގުތީގޮތުން މަސައްކ...

ނޭކުރެންދޫ ކަނޑޫފާ ސަލާމަތް ކުރަން މަސައްކަތް ކުރާތަނެއް ނުފެނޭ: ކައުންސިލް
Thiladhunmathi News

ނޭކުރެންދޫ ކަނޑޫފާ ސަލާމަތް ކުރަން މަސައްކަތް ކުރާތަނެއް ނުފެނޭ: ކައުންސިލް

ހދ. ނޭކުރެންދޫ ކަނޑޫފާ މަރުވެ ނެތިވަމުންދާކަން ފާހަގަކުރެވުނުތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ކަނޑޫފާ ސަލާމަތް ކުރުމަށް ސަރުކާރުން އެކަށޭނަ މަސައްކަތެއް ނުކުރާކަމަށް ބުނެ، ނޭކުރެންދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ނޭކުރެންދޫ ކަނޑޫފަލަކީ ރާއްޖޭގެ އެންމެ ބިޔަ ކަނޑޫފާއެވެ. މިއީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ކަނޑޫފަލެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު ނޭކުރެންދޫ ކައުންސިލުން ވަނީ އެރަށުގެ ކަނޑޫފަލުން ދިހަ ހާހެއްހާ ކަނޑޫގަސް މަރުވެފައިވާކަމަށް އަންދާޒާކޮށް، އެކަމުގެ ކަންބޮޑުވުން...

އީޕީއޭ މިނިވަންކޮށް، ތިމާވެށްޓަށްދޭ ގެއްލުންތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ މުހިންމުކަން ފާހަގަކޮށްފި
Raajje

އީޕީއޭ މިނިވަންކޮށް، ތިމާވެށްޓަށްދޭ ގެއްލުންތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ މުހިންމުކަން ފާހަގަކޮށްފި

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަކީ، މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަނޑައަޅައި، ތިމާވެށްޓަށްދޭ ގެއްލުންތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ މުހިންމުކަން، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ރާވައިގެން އިއްޔެ ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދެއްކި ޕެނަލިސްޓުން ފާހަގަކޮށްފިއެވެ. “ތިމާވެށީގެ ކުށްތައް، ޒިންމާވަނީ ކާކު” މި މައުލޫއަށް ފޭސްބުކް ލައިވް މެދުވެރިކޮށް އިއްޔެ ކުރިއަށް ގެންދިޔަ މި ޕެނަލް ޑިސްކަޝަންއަކީ ދުނިޔ...

ގުދުރަތީ ވެށި ހިމާޔަތްކުރުމަށް، މިހާރުން މިހާރަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފި
Raajje

ގުދުރަތީ ވެށި ހިމާޔަތްކުރުމަށް، މިހާރުން މިހާރަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފި

ރާއްޖޭގެ ގުދުރަތީ މާހައުލުތަކާއި ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް، މިހާރުން މިހާރަށް އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ދިހަ ޖަމިއްޔާއަކުން ގޮވާލައިފިއެވެ. އެ ޖަމިއްޔާތަކަކީ ޓްރާންސްޕޭރަންސީ މޯލްޑިވްސް، ލޭންޑް ސީ މޯލްޑިވްސް، ކޮންވާޓިން އެންވަޔަރަންމަންޓް، ޒީރޯ ވޭސްޓް މޯލްޑިވްސް، ދަ މޯލްޑިވްސް ރީސައިލެންޓް ރީފް ޕްރޮޖެކްޓް، މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް، ސޭވް މޯލްޑިވްސް، އެކޯ ކެއާ މޯލްޑިވްސް،  އަދި ސޭވް އަވަރ ވޭވްސް މޯލްޑިވްސްއެވެ. މިއަދު ފާހަގަކުރަމ...