Skip to main content
Topic Archive

#ތިމާވެށި

50 Stories filed
އުތުރުން އިތުރު ރަށެއްގެ ކަނޑޫފާ މަރުވަނީ، މިފަހަރު އުލިގަމު ކަނޑޫފާ
Thiladhunmathi News

އުތުރުން އިތުރު ރަށެއްގެ ކަނޑޫފާ މަރުވަނީ، މިފަހަރު އުލިގަމު ކަނޑޫފާ

އުތުރުން މަރުވަމުންދާ ކަނޑޫފާތަކުގެ ލިސްޓަށް ހއ. އުލިގަމު ކަނޑޫފާ އިތުރުވެއްޖެއެވެ. ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ކުޅުދުއްފުށީގެ ޖަމްޢިއްޔާއެއް ކަމަށްވާ ”ބީލީފް”އިން މިއަދު ވަނީ އުލިގަމު ކަނޑޫފާ މަރުވަމުންދާ މައްސަލަ މީޑިއާގެ ސަމާލު ކަމަށް ގެނެސްފައެވެ. މިކަމާއި ގުޅިގެން އުލިގަމު ކައުންސިލްގެ ނައިބު ރައީސް އިމާދު ޢަބުދުﷲ ”ތިލަދުން” އަށް ވިދާޅުވީ ދާދި ފަހުން ކަނޑު ގަދަވެ ކުރި ގަދަ ވިއްސާރައަށްފަހުން އެ ރަށުގެ ކަނޑޫފާ މަރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ”ވަރަށްފަހުން އިންޑިއާ...

މިހާތަނަށް 10051 ހެކްޓަރު ވަނީ ހިމާޔަތް ކުރެވިފައި: އެންވަޔަރްމެންޓް މިނިސްޓްރީ
Raajje

މިހާތަނަށް 10051 ހެކްޓަރު ވަނީ ހިމާޔަތް ކުރެވިފައި: އެންވަޔަރްމެންޓް މިނިސްޓްރީ

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭގޮތަށް މިހާތަނަށް 10051 ހެކްޓަރުގެ ސަރަހައްދު ހިމާޔަތް ކުރެވިފައިވާ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީއިން ބުނެފިއެވެ. އެންވަޔަރްމެންޓް މިނިސްޓްރީއިން މިއަދު ބުނީ ސަރުކާރުގެ މި ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ 19 ސަރަޙައްދެއް ހިމާޔަތް ކުރެވިފައި ވާކަމަށެވެ. މިގޮތުން 5 އަތޮޅަކ...

މުސްތަޤީމާގެ ޓީމު، ފޭދޫ ކަނޑޫފާ ސަލާމަތް ކުރަން އަތުކުރި އޮޅާލާފައި
Report

މުސްތަޤީމާގެ ޓީމު، ފޭދޫ ކަނޑޫފާ ސަލާމަތް ކުރަން އަތުކުރި އޮޅާލާފައި

ށ. ފޭދޫގެ ވަށައިގެންވާ ކަނޑޫ ގަސްތައް މަރުވަމުންދާ މައްސަލަ މީސް މީޑިއާގެ ސަމާލު ކަމަށް ގެނެސް، އެ މަސައްކަތަށް އިސްނެގި ށ. ފޭދޫ ޒުވާން ކަނބަލެއް ކަމަށްވާ އެރަށު ކޮޕީގެ އާގެ، އާއިޝަތު މުސްތަޤީމާއާއި އޭނާގެ ޓީމުން އަތުކުރި އޮޅާލައިގެން ތިބީ ރަށުގެ ކަނޑޫ ގަސްތައް ހިމާޔަތް ކުރުމަށް ކުރުވެންހުރި މަސައްކަތެއް ކުރުމަށެވެ. ދެ ޖިންސްގެ ޒުވާނުން ހިމެނޭ، ފޭދޫގެ އެ ޓީމުން މިހާރު ވަނީ އެ ރަށުގެ ކަނޑޫ ގަސްތައް މަރުވާ މައްސަލަ، ތިމާވެށީގެ ހިމާޔަތުގައި […]

ށ. ފޭދޫ ކަނޑޫފާވެސް މަރުގެ ތުންފަތްމަތީ!
Thiladhunmathi News

ށ. ފޭދޫ ކަނޑޫފާވެސް މަރުގެ ތުންފަތްމަތީ!

ށ. ފޭދޫގެ ކަނޑޫފަލުގެ ކަނޑޫ ގަސްތައްމަރުވެ، ކަނޑޫފާ ނެތި ދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. ށ. ފޭދޫ ކަނޑޫފާ މަރުވާ މައްސަލަ މީޑިއާގެ ސަމާލުކަމަށް ގެންނަމުން، ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކޮށް، މަސައްކަތް ކުރަމުންދާ ”ސޭވް މޯލްޑިވްސް” ހަރަކާތުން ބުނީ ފޭދޫގެ ކަނޑޫފާ މަރުވާ މައްސަލައަކީ އެ ހަރަކާތުން ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ. ރާއްޖޭގެ އުތުރުގެ ގިނަ ކަނޑޫފާތަކެއް މަރުވެ، ހަލާކުވާން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާއި ބެހޭ ފަރާތްތަކުން އެކަށޭނަ ދިރާސާކޮށް، ހަރުދަނާ ފިޔަވ...

މޮރިޝަސްގައި ތިމާވެށީގެ ކުއްލި ހާލަތު އިއުލާންކޮށްފި
International

މޮރިޝަސްގައި ތިމާވެށީގެ ކުއްލި ހާލަތު އިއުލާންކޮށްފި

މޮރިޝަސްގެ ފަރަކަށް އަރާފައިވާ ޖަޕާނުގެ ތެޔޮ ބޯޓަކުން ކަނޑަށް ތެޔޮ ބޭރުވާން ފެށުމާއެކު އެ ގައުމުގައި ތިމާވެށީގެ ކުއްލި ހާލަތު އިއުލާންކޮށްފިއެވެ. މޮރިޝަސްއިން ބުނި ގޮތުގައި ފާއިތުވި ޖުލައި މަހުގެ 25 ވަނަ ދުވަހު ފަރަށް އަރާފައިވާ އެމްވީ ވަކަޝިޔޯގައި 4000 ޓަނު ތެޔޮ އެބަހުއްޓެވެ. އަދި އެ ބޯޓުގައި ވަނީ ރެނދުލާން ފަށާފައެވެ. އަދި މީސްމީޑިޔާއި ހިއްސާކުރަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގޮނޑުދޮަށަށް ތެލުގެ އަސަރު ވަނީ ކުރަން ފަށާފައެެެވެެ. މި ބޯޓު ކައިރީ ފެންމަތީގައި […]