އިހަވަންދޫ ސްކޫލް ދަރިވަރުން 2 ދުވަސްތެރޭ 68 ހާހަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އެއްކޮށްފި
ހއ. އިހަވަންދޫ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން 2 ދުވަސް ތެރޭގައި 68 ހާހަށްވުރެ ގިނަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި އެއްކޮށްފިއެވެ. މިގޮތުން އެ ސްކޫލްގެ ކީސްޓޭޖް 1 އަދި 2ގެ ދަރިވަރުން ވަނީ 68،200 އަށްވުރެ ގިނަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފެން ހުސްކުރި ފުޅި އެއްކޮށް، ސްކޫލާއި ހަވާލުކޮށްފައެވެ. އިހަވަންދޫ ސްކޫލްގެ ލީޑިން ޓީޗަރ މުޙައްމަދު ޝުޖާޢު ”ތިލަދުން”އަށް ބުނީ، އެ ހަރަކާތަކީ، ”ޕާލޭ ފޮރ ދަ […]