ނަޝީދުގެ އިތުބާރުގެ މައްސަލަ: ޑިމޮކްރެޓްސްގެ މެންބަރުން ރިޔާސަތު ''ހިސޯރު'' ކުރުމަށްފަހު ދޫކޮށްލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު ކުރިއަށް ގެންދަން މިއަދު ހަވީރަށް ތާވަލުކުރި ޖަލްސާ ފެށެން ވިއްސަކަށް މިނިޓަށް ވެފައި ވަނިކޮށް މަޖިލީހުގެ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުން ރިޔާސަތު ”ހިސޯރު” ކުރުމަށްފަހު ދޫކޮށްލައިފިއެވެ. އެ މެންބަރުން ރިޔާސަތު ވަށާލައި ތިއްބެވުމަށްފަހު ޖަލްސާ ފަށަން ފަސް ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް، އެތަނުން ދުރައް ޖެހިވަޑައިގެންފައިވާކަމަށް މަޖިލީހުގެ ތަޅުމުގައި ހުންނެވި މެންބަރ...