މައުސޫމަކީ އުސޫލުތަކެއްގައި ހިފަހައްޓަވާ ވަރަށް އަހްލާގު ރަނގަޅު ބޭފުޅެއް: ރާޢީ
އެމްޑަބްލިޔުއެސްސީގެ ކުރީގެ ޗެއާމަން މައުސޫމަކީ ކަންކަމުގައި ހަމަ އާއި އުސޫލުތަކެއްގައި ހިފަހައްޓަވާ ވަރަށް ރަނގަޅު އަހްލާގެއްގެ ބޭފުޅެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މައުސޫމް ވަނީ މިދިޔަ ހަފްތާގައި ވެރިކަން ހިންގާ އިއްތި ހާދުގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރު ކަމުން ވަކިވެ، އޭނާ އަދާކުރައްވަމުން ގެންދެވި އެމްޑަބްލިޔުއެސްސީގެ ޗެއާމަން ކަމުންނާއި، އެ ކުންފުނީގެ ބޯޑު މެންބަރު ކަމުންނާއި އަދި އެމްޑީޕީގެ މަކުނުދޫ ދާއިރާގެ...