Skip to main content
Topic Archive

#ފުރާނައިން ލޯބިވަމޭ

37 Stories filed
ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (8)
Story

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (8)

ކުރީގެ އަދަދާއި ގުޅޭ: ” ކޮންމެ ގޮތެއް ވިޔަސް އަހަންނަކަށް ރަޝީދު ކައިރީ ނޫނެކޭ ބުނާކަށް ނުކެރޭނެ. މަރިޔަން ވެސް އެކަނި އުޅެން ދަސްކުރަން ވާނެ.” ހަސަން ބުންޏެވެ. ހަސަންގެ ވާހަކައިން މަރިޔަމްގެ ހިތަށް ވަރަށް ތަދުވިއެވެ. އޭނާގެ ނިންމުން ބަދަލު ނުވާނެކަން އެނގުމުން މަރިޔަމް އިންތިހާއަށް ދެރަވެސް ވިއެވެ. ރަޝީދުގެ އެހީތެރިކަމުގައި އެ ރަށަށް ކަރަންޓުގެ ހިދުމަތް ލިބެން ފަށައިފިއެވެ. އިރުއޮއްސި ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް ކަރަންޓު ލިބުން ވެގެން ދިޔައީ ރައްޔިތުން އުފަލުން […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (7)
Story

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (7)

ކުރީގެ އަދަދާއިގުޅޭ: ” މިހާރު މަޣްރިބް ނަމާދު ބަންގި ގޮވަން ކައިރި ވީ. ހަސަން އެ ކުދިން ގޮވައިގެން ކޮންތާކަށް މި ދިޔައީ މި ގަޑީގަ؟” މަރިޔަމްއަށް ބުނެވުނެވެ. ހަސަން ހޯދަން ދާނެ ތަނެއް ވެސް މަރިޔަމްއަކަށް ނުވިސްނުނެވެ. ވެހެމުންދާ ތުނި ވާރޭގެ ތެރެއިން މަރިޔަމް އަނެއްކާ ވެސް ބޭރަށް ނިކުތެވެ. ނަމަވެސް މަގުގެ އެއްވެސް ހިސާބަކުން އެ މީހުންގެ އެއްވެސް ހިލަމެއް ނެތެވެ. ކުއްލިއަކަށް ވަރުގަދަ ވިދުވަރަކާއެކު ޖަހާލި ގުގުރީގެ އަޑަށް މަރިޔަމް ދިޔައީ ސިހިގެންނެވެ. […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (6)
Story

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (6)

ކުރީގެ އަދަދާއި ގުޅޭ: ” މަގޭ ހަސަނަށް ކިހިނެއް ވީ؟ އަލިފުޅުބޭ!” މަރިޔަމް ރޯން ފެށުމުން ހާނިމް ވެސް ރޯން ފަށައިފިއެވެ. އޭރު ސާމިހް ވެސް ބިރުގެންފައި ހުރެ، އަލިފުޅުގެ މޫނަށް ބަލަމުން ދިޔައެވެ. ” ދޯންޏެއް އެހެލަން އުޅެނިކޮށް، ވީއެއް ނުވީއެއް ނޭނގެ، ހަސަނުގެ ފައި ދަށުވީ.” އަލިފުޅު ބުނެލީ ނުހަނު ބާރަށެވެ. އެއާއެކު މަރިޔަމްއަށް ދުއްވައި ގަނެވުނެވެ. ނަމަވެސް އޭނާގެ ދެ ފައިގައި ކަސްތޮޅު އެޅުނީ، ފަތްޖެހި އެނދުގައި އޮތް ސާޔާ މަތިން ހަނދާން […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (4)
Story

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (4)

ކުރީގެ އަދަދާއިގުޅޭ: ” އަހަރެން ކީއްކުރީތަ؟ ” ކުޑަކޮށް ބޯ ހިއްލާލުމަށްފަހު ހަސަން ސުވާލު ކުރިއެވެ. ނަމަވެސް މަރިޔަމް އޮތީ ހަސަންގެ ސުވާލުތަކަށް ޖަވާބު ނުދޭން ނިންމައިގެންނެވެ. އެއްޗެއް ނުބުނުމުން ހަސަން މަރިޔަމްގެ ގައިގައި ކޮއްޓާލިއެވެ. ” އަހަރެން ދެކެ މަރިޔަން ރުޅި އައިސްފަ ހުރިކަން އަހަންނަށް އެނގެޔޭ. މިރޭ ކަންތައް ތި ކުރަނީ މީގެ ކުރިން ދުވަހަކު ވެސް މަރިޔަން ކަންތައް ކުރި ގޮތަކަށް ނޫން.” ހަސަން ބުންޏެވެ. ” ބައެއް ކަންތައްތަކަކީ ވަގުތާ ހާލަތު […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (3)
Story

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (3)

ކުރީގެ އަދަދާއި ގުޅޭ: އެ ވާހަކަ ތަކަކީ ތެދު ވާހަކަތަކަކަށް ވިޔަސް، އަދި ދޮގަކަށް ވިޔަސް މި ވަގުތު އޭނާ އެންމެ ކަންބޮޑުވަނީ ހަސަންއާ ބެހޭ ގޮތުން އެ ފަދަ ހުތުރު ވާހަކަތަކެއް ދައްކާކަން އެނގުނީމައެވެ. އެ މީހުންގެ ކައިވެނީގެ މަތިވެރި ގުޅުމަށް ހުތުރު ނަމެއް ލިބުނީތީއެވެ. އަދި ހަސަންގެ ނަން، ކިލަނބުވެފައި އޮތްކަން އެނގުނީތީއެވެ. އެނބުރި ގެއަށް ގޮސް ވަތް އިރު މަރިޔަމްއަށް ހުރީ ރޮވިފައެވެ. ނަމަވެސް އެ ދެ ލޮލުގައިވާ ކަރުނަތައް ބާލާނެ ފުރުސަތު […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (2)
Story

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (2)

” އެ ލާރިކޮޅު ނުލިބެންޏާ ކިހިނެއް އަހަރެމެން އެންމެން މިހެން އުޅޭނީ؟” ސާމިހްގެ އަތުގައި ހިފައި އޭނާއާ ދިމާލަށް ގެންނަމުން މަރިޔަމް ބުންޏެވެ. ދެ ދަރިން ނިންދެވުމަށްފަހު މަރިޔަމް ބޭރު ބަލައިލިއެވެ. އޭރު ވެސް ބޯކޮށް ވާރޭ ވެހެމުން ދެއެވެ. ގޭ ފާރުގައި ލައްކޮށްފައި ހުރި މުޅޯއްޓެއް ނަގައި ބޯ މަތީ އަޅައިގެން އޭނާ ހިނގައިގަތީ ދަރު ބަދިގެއާ ދިމާލަށް ދާށެވެ. ބާރު ހިނގުމުގައި ގޮސް، އެތެރެއަށް ވަތް އިރު އުނދުން އެންދުމުގައި ހަސަން އަވަދި ނެތި […]

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (ފުރަތަމަބައި)
Story

ސިލްސިލާ ވާހަކަ: ފުރާނައިން ލޯބިވަމޭ (ފުރަތަމަބައި)

ދޯނީގެ މިސްރާބު ހުރީ ރަށާ ދިމާލަށެވެ. އޭރު ކޮޅިގަނޑެއް ނަގަން އުޅޭކަމުގެ ނިޝާންތައް ވަށައިގެން ފެންނަން ފަށައިފިއެވެ. އުދަރެސްމަތި ބައްދާލައިފައިވަނީ ބޯ ކަޅު ވިލާތަކުންނެވެ. ވައި ބާރުވެ، ކަނޑުން ނަގާ ރާޅުތައް ބޮޑެތި ވާން ފަށައިފިއެވެ. ހަސަނާއެކު ދޯނީގައި ތިބި ހަތަރު ފަޅުވެރިން މަސައްކަތް ކުރަމުން ދިޔައީ، ބައެއް އެއްޗެހި ރައްކާކުރެވޭތޯއެވެ. ނަސީބު ދިމާކުރި ގޮތުން ވިލާގަނޑުގެ އެންމެ ގަދައިގައި ނުޖެހި، ރަށުގެ ފަޅުތެރެއަށް ދޯންޏަށް ވަދެވިއްޖެއެވެ. ނަމަވެސް އޭރު ފަޅުތެރެ ވެސް އޮތީ ވަރަށް ބޮޑަށް […]