މާލީ ވަޒީރު މޫސާ ޒަމީރު އިސްތިއުފާދެއްވައިފި
މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާބެހޭ ވުޒާރާގެ ވަޒީރު މޫސާ ޒަމީރު، ވަޒީރުކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ. މޫސާ ޒަމީރު މަގާމުން އިސްތިއުފާދެއްވާފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެނގިފައިވާގޮތުގައި އޭނާ އިސްތިއުފާދެއްވީ ސިއްހީ ސަބަބުތަކަށް ޓަކައެވެ. ޒަމީރު ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން އިސްތިއުފާދެއްވިއިރު، މިދިޔަ އަހަރު އޭނާ ވަނީ ކުރަށްވަން ޖެހޭ މުހިންމު މެޑިކަލް ސާޖަރީއެއް ކުރަށްވާފައެވެ. 17 ޑިސެމްބ...