ޓެކުހުން ލިބުނު އާމްދަނީ މަތިވެ އާމްދަނީ 30 ބިލިއަނަށް، އާސަންދަ އާއި ސަބްސިޑީއަށް ބޮޑު ހޭދައެއް
މިއަހަރުގެ ސެޕްޓެމްބަރު 24 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30.205 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 28.750 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.1 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވުމެވެ. މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވ...