2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިއަރ"
2027 ވަނަ އަހަރަކީ “ވިޒިޓް މޯލްޑިވްސް އިއަރ” ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިޢުލާން ކުރައްވައިފިއެވެ. ރައީސް މިކަން އިޢުލާން ކުރެއްވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ފާއިތުވެދިޔަ އަހަރަކީ ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ އަހަރެއް ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއ...