ދިރިހުރުން ނާދިރުކަމަށް ޑޮކްޓަރު ކަނޑައަޅާ ބަލިމީހުންނަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަނީ
12 މަހަށްވުރެ ގިނަ ދުވަހު ދިރިހުރުން ނާދިރުކަމަށް ޚާއްޞަ ޑޮކްޓަރަކު ކަނޑައަޅާ ބަލިމީހުންނަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު (ހަސަނާ) އެވެ. މެމްބަރު ހަސަނާގެ އިސްލާޙްގައިވާގޮތުން މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިއަކު ޓަރމިނަލް އިލްނަސް ހާލަތެއްގައި އޭނާގެ ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކޮ...