Skip to main content
Topic Archive

#މަޖިލިސް

912 Stories filed
މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ހުކުމާ ހަމައަށް
Raajje

މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ހުކުމާ ހަމައަށް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ހުކުމާ ހަމައަށް ހިނގައްޖެ އެވެ. މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ. އެ މައްސަލާގެ އަޑުއެހުމެއް އަހަރަކަށް ވުރެ ގިނަ ދުވަސް...

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ރޭ ހުޅުވާލައިފިއެވެ. މި ދާއިރާގެ ޕާޓީ ޓިކެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕީއެންސީން ބުނި ގޮތުގައި، ޓިކެޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެކަކަށްވުރެ ގިނަ ފަރާތްތަކެއް ތިބިނަމަ، ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވާނީ ބާއްވާ އެތެރޭގެ ޕްރައިމަރީއަކުންނ...

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި
Raajje

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވާނެ ތާރީޚާއި، އިންތިޚާބާ ގުޅޭ މުހިންމު ތަފްސީލުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ހާމަކޮށްފިއެވެ. އެ ކޮމިޝަނުން ނިންމާފައިވަނީ މި އިންތިޚާބު 2026 ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށެވެ. މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހެނދުނު 10:00 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ. އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ 2026 އެޕްރީލް 29 ވާ ބުދަ ދުވަހުގެ […]

މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ
Raajje

މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމް އަންނަ އާދިއްތަ ދުވަހު އިއްވަން ހަމަޖައްސައިފި އެވެ. ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކުން އިން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން ކޯޓުން ހުކުމް ކުރުމުން އެ ހުކުމާ އެއްގޮތަށް އޭނާ ފައިސާ […]

މެންބަރުން ވަކިކުރެވޭ 'ރިކޯލް ވޯޓު' ބިލު މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ
News

މެންބަރުން ވަކިކުރެވޭ 'ރިކޯލް ވޯޓު' ބިލު މި ދައުރުގައި މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލްތަކަށް އިންތިޚާބުކުރާ މެންބަރުން، އެ މެންބަރުންގެ ދައުރުގެ ތެރޭގައި މަގާމުން ވަކިކުރެވޭނެ އުސޫލު ނުވަތަ ‘ރިކޯލް ވޯޓު’ ބިލު ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރު ރައްޔިތުންގެ ބާރުވެރިކަން އެންމެ ބ...

މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުނަށާއި އަންހެނުންނަށް ޚާއްޞަ ކުރަނީ
Raajje

މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުނަށާއި އަންހެނުންނަށް ޚާއްޞަ ކުރަނީ

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށް ރިއާޔަތްކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށާއި އަންހެނުންނަށް ޚާއްޞަ ކުރުމަށް ޤާނޫނީ އިޞްލާޙުތަކެއް ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުން ނިންމަވައިފިނަމަ، ސަރ...

އެމްޑީޕީގެ ދެ ވެރިކަމުގައި ހުޅުވާފައި ހުރި އެއްވެސް މިސްކިތެއް ނުހުންނާނެ: ފަލާހް
Parliament

އެމްޑީޕީގެ ދެ ވެރިކަމުގައި ހުޅުވާފައި ހުރި އެއްވެސް މިސްކިތެއް ނުހުންނާނެ: ފަލާހް

އެމްޑީޕީގެ ދެ ވެރިކަމުގައި ހުޅުވާފައި ހުރި އެއްވެސް މިސްކިތެއް ނުހުންނާނެކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރު މިފަދައިން ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް މަޖިލީހަށް ހުށަހެޅުއްވާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދު ވާހަކަދައްކަވަމުންނެވެ. ފަލާހް ވިދާޅުވީ މިސްކިތްތަކަށް ގެއްލުން ދިނު...

މައި ދެ އިންތިޚާބު އެއްކޮން ބާއްވަން މަޖިލީހުން ފާސްކޮށްފި
Parliament

މައި ދެ އިންތިޚާބު އެއްކޮން ބާއްވަން މަޖިލީހުން ފާސްކޮށްފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ތާއީދާއެކުގައެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަމައެކަނި އަމިއްލަ މެންބަރު އަބްދުއްރަހުމާނެވެ. މި އިސްލާހު ފާސްކުރުމުގެ މަރުހަލާގައި އިދިކޮޅު އެމްޑީޕީގެ ގިނަ މެންބަރުން ވޯޓ...

ރާއްޖޭގެ ފުރަތަމަ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް ރައްޔިތުންގެ މަޖިލީހުން އިފްތިތާހުކޮށްފި
Parliament

ރާއްޖޭގެ ފުރަތަމަ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް ރައްޔިތުންގެ މަޖިލީހުން އިފްތިތާހުކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްފިއެވެ. މި ޕޯޓަލްގެ ސަބަބުން ރައްޔިތުންނަށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމާއި، އެ ޕެޓިޝަންތަކަށް ތާއީދުކޮށް ސޮއިކުރުމުގެ އިތުރުން، ހުށަހަޅާފައިވާ ޕެޓިޝަންތައް ކުރިއަށްދާ ގޮތް ފަސޭހަކަމާއެކު ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޕެޓިޝަން ހުށަހަޅާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، މި ނިޒާމު ފަރުމާކޮށްފައިވަނީ ސަރުކާރުގެ...

ކުރިއަށް އޮތް 22 މަސް ދުވަހު 110 ރަށުގެ މަގުހެދުމުގެ މަޝްރޫއު ނިންމުމުގެ އަމާޒު
Parliament

ކުރިއަށް އޮތް 22 މަސް ދުވަހު 110 ރަށުގެ މަގުހެދުމުގެ މަޝްރޫއު ނިންމުމުގެ އަމާޒު

ރާއްޖޭގެ 110 ރަށެއްގެ މަގުހެދުމުގެ މަޝްރޫއު، ކުރިއަށް އޮތް 22 މަސް ދުވަހުގެ ތެރޭގައި ނިންމައި ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވީ އެއްގަމު މަގުން ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 6 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި މިދިޔަ...

ކުރިއަށް އޮތް 19 މަސް ތެރޭގައި 118 ބަނދަރެއްގެ މަސައްކަތް ނިންމާލަނީ
Raajje

ކުރިއަށް އޮތް 19 މަސް ތެރޭގައި 118 ބަނދަރެއްގެ މަސައްކަތް ނިންމާލަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން 118 ބަނދަރެއްގެ މަސައްކަތް ކުރިއަށް އޮތް 19 މަސް ދުވަހުގެ ތެރޭގައި ނިންމައި، ރަށްރަށާ ހަވާލުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ކަނޑުމަގުގެ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، މި ނިޒާމު ފުރިހަމަވެގެންދާނީ ރަށްރަށުގެ ލަ...

ހޯރަފުށި، ދިއްދޫ، ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫ ވައިގެމަގުން ގުޅާލަނީ
Thiladhunmathi News

ހޯރަފުށި، ދިއްދޫ، ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫ ވައިގެމަގުން ގުޅާލަނީ

އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭ އިންޓެގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނުގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓްތަކުގެ މަސައްކަތް ނިމުމުން، އެ ސަރަހައްދު ވައިގެމަގުން ގުޅާލާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ އަދި ހދ. މަކުނުދޫ ގުޅުވައިލަދޭ އިންޓެގްރޭޓަޑް އެއަރ ކަނެކްޓިވިޓީ ވިޔުގައެއް، އެ ހުރިހާ އެއަރޕޯޓްތަކެއް ހަދައި...

އިހަވަންދޫ ހިމެނޭހެން އަށް ރަށެއްގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުތައް 15 މަސްތެރޭ ނިންމަނީ
Parliament

އިހަވަންދޫ ހިމެނޭހެން އަށް ރަށެއްގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުތައް 15 މަސްތެރޭ ނިންމަނީ

ރާއްޖޭގެ އަށް ރަށެއްގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުތައް ކުރިއަށް އޮތް 15 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރޯމަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ކުޑަވުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އެ...

ބޮޑުތިލަދުންމަތި ހިމެނޭހެން މެރިކަލްޗަރ ޒޯނުތަކަށް އިންވެސްޓްކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް
Raajje

ބޮޑުތިލަދުންމަތި ހިމެނޭހެން މެރިކަލްޗަރ ޒޯނުތަކަށް އިންވެސްޓްކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް

ބޮޑުތިލަދުންމަތި ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މެރިކަލްޗަރ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ޒޯނުތަކަށް އިންވެސްޓްކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދެއްވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، އާ ގޮފިތައް ތަޢާރަފުކުރުމުގެ ގޮތުން މެރިކަލްޗަރ މަސައްކަތް ކުރުމަށް ޚާއްޞަ ފަސް...

ދެ އަހަރު ތެރޭ 6535 ޓޫރިސްޓު އެނދު އިތުރުވި، މިއަހަރު 7 ރިސޯޓު ހުޅުވޭނެކަމަށް އަންދާޒާ
Raajje

ދެ އަހަރު ތެރޭ 6535 ޓޫރިސްޓު އެނދު އިތުރުވި، މިއަހަރު 7 ރިސޯޓު ހުޅުވޭނެކަމަށް އަންދާޒާ

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ޖުމްލަ 6535 އެނދު އިތުރުވެފައިވާ ކަމަށާއި، މި އަހަރުގެ ތެރޭގައި އަލަށް 7 ރިސޯޓު ހުޅުވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، 2023 ވަނަ އަހަރު ރާއްޖޭގައި އަލަށް އެއްވެސް ރިސޯޓެއް ނުވަތަ ޓޫރިސްޓް ހޮޓަލެއް ހުޅުވިފައި ނުވި ނަމަވެސް، […]