Skip to main content
Topic Archive

#މަސްތުވާތަކެތީގެ މައްސަލަތައް

226 Stories filed
ޑްރަގް ބޭނުންކުރަން ތިބި ނުވަ މީހަކު ރަސްގެތީމުން ހައްޔަރުކޮށްފި
Raajje

ޑްރަގް ބޭނުންކުރަން ތިބި ނުވަ މީހަކު ރަސްގެތީމުން ހައްޔަރުކޮށްފި

ރ. ރަސްގެތީމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ބޭނުންކުރަން ތިބި ނުވަ މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނަކީ ރ. ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މަސްތުވާތަކެތި ބޭނުންކުރަން ތިބި މި ނުވަ މީހުން ހައްޔަރުކުރުމަށްފ...

ފޮށިގަނޑަކާއި ޑަބިޔަލެއްގައި ފޮރުވައިގެން ނޮޅިވަރަމަށް ޑްރަގް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
Raajje

ފޮށިގަނޑަކާއި ޑަބިޔަލެއްގައި ފޮރުވައިގެން ނޮޅިވަރަމަށް ޑްރަގް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނާއި ނޮޅިވަރަން ޕޮލިސް ސްޓޭޝަން ގުޅިގެން 29 އޮކްޓޫބަރު 2025 ވީ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ޢަ...

ލޯންޗެއް ބަލާ ފާސްކޮށް ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
Raajje

ލޯންޗެއް ބަލާ ފާސްކޮށް ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ގއ. ކޮޅަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ލޯންޗެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތުން ދިން މައުލޫމާތުގައިވާ ގޮތުން، މަސްތުވާތަކެތި އެތެރެކުރާ ކަމަށް ޝައްކުކުރެވޭ މައުލޫމާތާ ގުޅިގެން، ފުލުހުން އެރަށަށް ދަތުރުކުރި ލޯންޗު ބަލާ ފާސްކުރިއިރު ގިނަ އަދަދ...

ދެ ރަށެއްގައި ޑްރަގް އޮޕަރޭޝަން ހިންގައި ދެ މީހަކު ހައްޔަރުކޮށްފި
Raajje

ދެ ރަށެއްގައި ޑްރަގް އޮޕަރޭޝަން ހިންގައި ދެ މީހަކު ހައްޔަރުކޮށްފި

އއ. ތޮއްޑޫ އަދި ބ. ކަމަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި ދެ ރަށުގައި މި އޮޕަރޭޝަންތައް ހިންގާފައި ވަނީ މި މަހު 16 ވަނަ ދުވަހު އެވެ. ތޮއްޑޫގައި ހިންގި އޮޕަރޭޝަން ތޮއްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާލެ / ގ. އެވަރޝައިން، އާދަމް އަޝްފާގް (41އ) އެވެ. މީނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށް ފުުލުހުން […]

ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާކަމަށް ތުހުމަތުވާ މީހަކު ހަނިމާދޫން ހައްޔަރުކޮށްފި
Thiladhunmathi News

ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކުރާކަމަށް ތުހުމަތުވާ މީހަކު ހަނިމާދޫން ހައްޔަރުކޮށްފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހދ. ހަނިމާދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ޑޯން ޝައިން، އަހްމަދު އަޒުމީ (40 އަހަރު) އެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި، އަޒްމީ ހައްޔަރުކޮށްފައި ވަނީ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2025 އޮކްޓޯބަރ 15 ވަނަ ދުވަހު ހދ. ހަނިމާދޫގައި ހިންގި އޮޕަރޭޝަނެއްގައެވެ. އަޒުމީ ހައްޔަރުކުރިއިރު އޭނާ ހުރި ތަނުން މަސްތުވާތަކެތި ކަމަށް ބެލެ...

ޑްރަގް ދެ އޮޕަރޭޝަނެއްގައި 5 މީހުން ހައްޔަރު
Raajje

ޑްރަގް ދެ އޮޕަރޭޝަނެއްގައި 5 މީހުން ހައްޔަރު

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި ފުރަތަމަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ / މާސާ އަޙްމަދު ޢާނިމް (27އ) އެވެ. މި އޮޕަރޭޝަނުގައި ހުޅުމާލޭގެ އެޕާޓްމަންޓަކުން ފެނިފައިވަނީ މަސްތުވާތަކެތިކަމަށް ބެލެވޭ، ވަގުތީ ބަރުދަނުގައި 2 ގްރާމުގެ ޓިޝޫ ޕޭޕަރަކާއި، 300،000 ރުފިޔާއަށްވުރެ ގިނަ ފަ...

ކުޑަކުދިންތަކެއް ގޮވައިގެން މަސްތުގެ ހާލަތުގައި ތިބި ހަތަރު މީހަކު ހައްޔަރުކޮށްފި
Raajje

ކުޑަކުދިންތަކެއް ގޮވައިގެން މަސްތުގެ ހާލަތުގައި ތިބި ހަތަރު މީހަކު ހައްޔަރުކޮށްފި

ޑަކުދިންތަކެއް ގޮވައިގެން މަސްތުގެ ހާލަތުގައި ތިބި ބަޔަކު މާލެއިން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މި މީހުން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި މީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ހެންވޭރުގައި ހުންނަ ގޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހުގައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ އަލީ އަޝްރަފް، އެމް. އެތުމާ / މާލެ، އުމުރުން 41 އަހަރުގެ ލޫހާން ސަޢީ...

ޑްރަގް މައްސަލައެއްގައި ށ.ފޭދޫން ދެ މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ޑްރަގް މައްސަލައެއްގައި ށ.ފޭދޫން ދެ މީހަކު ހައްޔަރުކޮށްފި

ށ.ފޭދޫގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރި އޮޕަރޭޝަނެއްގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނިގޮތުގައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ވާ ބުދަ ދުވަހުގެ ވަގުތެއްގައި ށ.ފޭދޫގައި ހުންނަ ގެއަކަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ބަލައި ފާސްކޮށްފައިވެއެވެ. މި ގޭތެރެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ ދެ ކަރު...

ޑްރަގް ވިޔަފާރީގައި އުޅޭ ދެ ދިވެހިންނާއި ދެ ބިދޭސީން ހައްޔަރުކޮށްފި
Raajje

ޑްރަގް ވިޔަފާރީގައި އުޅޭ ދެ ދިވެހިންނާއި ދެ ބިދޭސީން ހައްޔަރުކޮށްފި

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހުޅުމާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ އެޕާޓްމަންޓު ބަލައިފާސްކުރުމަށްފަހު އެވެ. އެގޮތުން މި ސެޕްޓެމްބަރ މަހު 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ / މާވަސްގެ، އަޙްމަދު ސައްފާން (26އ) އާއި...

ލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިންމީހުން ހައްޔަރު
News

ލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިންމީހުން ހައްޔަރު

ނ. ލަންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ މި މަހުގެ 6 އަދި 8 ވަނަ ދުވަހުއެވެ. ލަންދޫ ޕޮލިސް ސްޓޭޝަނުން ސެޕްޓެންބަރު 8 ގައި ހިންގި އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނުކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ނ. މާޅެންދޫ / ހަވޭލި، ޙަސަން މުޙައްމަދު (33އ) އާއި ނ. މާޅެންދޫ […]

މަސްތުވާތަކެއްޗާއެކު ށ.ފޭދޫ އިން މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެއްޗާއެކު ށ.ފޭދޫ އިން މީހަކު ހައްޔަރުކޮށްފި

ށ. ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފޭދޫ ޕޮލިސް ޕޯސްޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން މި މަހު 7 ވަނަ ދުވަހު ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި، ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ / ޒަމާނީވިލާ، މުޙައްމަދު ޝާމް (27އ) އެވެ.  ފުލުހުން އޭނާ ހ...

ކަންނެލި ޖެޓީ ޑޮކް ފެންޑަރެއްގެ ތެރެއިން މަސްތުވާތަކެތި ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ
Raajje

ކަންނެލި ޖެޓީ ޑޮކް ފެންޑަރެއްގެ ތެރެއިން މަސްތުވާތަކެތި ހޯދައިފި، މީހަކު ހައްޔަރެއް ނުކުރޭ

ހުޅުމާލެ ފޭސް 1 ކަންނެލި ޖެޓީ ސަރަހައްދުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 23 ރަބަރު ޕެކެޓް ފުލުހުން ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ތަކެތި ފެނުނީ މި މަހުގެ 8 ވަނަ ދުވަހު ފުލުހުން ރަށުތެރޭގައި ޕެޓްރޯލް ކުރަމުން ދަނިކޮށް، އެ ސަރަހައްދުގައި ތިބި ބައެއްގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ. ފުލުހުން އެ ސަރަހައްދު ބަލައިފާސްކުރުމުގައި، ކަންނެލި ޖެޓީގެ ޑޮކް […]

މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރަނީ
Raajje

މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރަނީ

މިދިޔަ ޖުލައި މަހު މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު އަންހެން ފުލުސް އޮފިސަރު، އައިޝަތު ޝިޔާޒާ ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފިއެވެ. އދ. ކުނބުރުދޫ، ދިލްބަހާރުގޭ، އައިޝަތު ޝިޔާޒާ (32 އަހަރު) ހައްޔަރުކުރެވުނީ ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި ޝިޔާޒާއާއެކު ހއ. ދިއްދޫ، ހަޒާރުމާގޭ ސައިފުﷲ އަހްމަދު (26 އަހަރު) ވެސް ހައްޔަރުކުރެވުނެވެ. ފުލުހުން ކޯޓުގައި ދީފައިވާ މަޢުލޫމާތުގައިވާ ގޮތުނ...

ޑްރަގާއި ޑްރަގް ވިއްކައިގެން ހޯދާފައިވާކަމަށް ބެލެވޭ ފައިސާ އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފި
Raajje

ޑްރަގާއި ޑްރަގް ވިއްކައިގެން ހޯދާފައިވާކަމަށް ބެލެވޭ ފައިސާ އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފި

މާލެ ސިޓީގެ ގެއަކުން މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާކަމަށް ބެލެވޭ ފައިސާ އަތުލައިގަނެ، ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މިގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތް...

ސައިކަލު މަޑިދަށުގައި ހުރި ޑްރަގް ނަގައިގެން ފިލަން އުޅުނު މީހަކު ހައްޔަރު
Raajje

ސައިކަލު މަޑިދަށުގައި ހުރި ޑްރަގް ނަގައިގެން ފިލަން އުޅުނު މީހަކު ހައްޔަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކަލައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ލ. އިސްދޫ / ހިޔަލީގުލްޝަން، އަޙްމަދު ނަޝީދު (38އ) ކަމަށެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ފުލުހުން ރަށުތެރޭގައި ޕެޓްރޯލްކުރަމުން ދަނިކޮށް، އޭނާގެ ޢަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރުމަށްފަހުއެވެ. ފުލުހުން ބުނާ ގޮތުގައި ސައިކަލެއްގައި ދަތުރުކުރަމުންދިޔަ އަޙްމަދު ނަޝީދު ހުއްޓުވި ވަގުތު، ސައިކަލ...