މަސްތުވާތަކެތި ޓްރެފިކްކުރި މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި
ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލުމަށާއި 100،000ރ. އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ޖޫރިމަނާކޮށްފައި ވަނީ މ. އިރާކުމާގެ، ލަމްއާން ސޮބާހްގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ލަމްއާން އިތުރު ބަޔަކާ ބައިވެރިވެގެން ހ. ދިއްގާމާގެ، ތިންވަނަ ފަންގިފިލާގައި ހުރި އެޕާޓުމެންޓެއްގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިނ...