5.5 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި
ރާއްޖޭގައި ހިންގި އޮޕަރޭޝަންތަކެއްގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހޯދައި ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ. ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން، ފުލުހުން، ކަސްޓަމްސް، އިމިގްރޭޝަން އަދި ކަރެކްޝަނަލް ސާވިސް ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސް އިން ފާއިތުވެދިޔަ ދެ ހަފްތާ ތެރޭގައި ހިންގި އޮޕަރޭޝަންތަކުގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައި...