މަކުނުދޫ އާއި ދިމާ ބޭރުން އަތުލައިގަތް ލަންކާ ބޯޓުން 468 ކިލޯ ޑްރަގް އަތުލައިފި
ޤަވާއިދާއި ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެފައިވާ ސްރީލަންކާގެ ބޯޓެއް ބަލާފާސްކޮށް 468 ކިލޯ މަސްތުވާތަކެތި އަތުލައިގެންފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު މީޑިއާތަކަށް ވިދާޅުވީ ހޮނިހިރުގެ ރޭ ދަންވަރު 12:45 ހާއިރު ހދ.މަކުނުދޫ ބޭރުން ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓެއް އަތުލައިގަނެފައިވާ ކަމަށެވެ. ގަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދަށް ވަތް މިބޯޓު އަތުލައިގަތީ އެމްއެންޑީއެފުންނެވެ. ބޯޓު އަތުލައިގަތުމަށްފަހު ރޭ ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންގޮސްފައިވާއިރު، ކުޅުދުއްފުށީ ސިޓީގެ ފުލުހުންނާއ...