4 މިލިއަން ރުފިޔާގެ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށް، އިތުރު މީހަކު ހޯދަނީ
މާލޭގެ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށް، ފަސްވަނަ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފިއެވެ.ް ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ވައްކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 16 ވަނަ ދުވަހުގެ އިރުއޮއްސި 17:49 އެހައިކަންހާއިރުއެވެ. މި މައްސަލައިގައި ޖުމުލަ ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގާފައިވާއިރު، މިހާތަނަށް ފުލުހުންނަ...