މިލަންދޫގައި ބޮޑު ދެ ވައްކަމެއް، ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ށ. މިލަންދޫ ގެއަކުން ޓީވީތަކަކާއި އަގުބޮޑު ސެންޓުފުޅިތަކެއް ވަގަށް ނެގި މައްސަލައަކާއި، ގަރާޖަކުން އަގުބޮޑު އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި އެޕްރީލް މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މި މައްސަލަތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައި ވަނީ އެޕްރީލް 21 ވަނަ ދުވަހުއެވެ. އެ ދެ މީހުންނަކޯ ރެޑްރޯސް / ށ. މިލަންދޫ، އަޙްމަދު ޢަޒީމް (34އ) އަދި ތަރިވިދާގެ / ށ. މިލަންދޫ، މުޙައްމަދު […]