މަކުނުދޫ ސްކޫލުގެ ހޯލް އަޅާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށްބުނެ އެއްވެއްޖެ
ހދ. މަކުނުދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލް އެޅުމުގެ މަސައްކަތުގައި އުޅޭ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުލިބޭކަމަށް ބުނެ މިއަދު މަކުނުދޫ ކައުންސިލް ދޮށަށް އެއްވެ، ކަންބޮޑުވުންފާޅުކޮށްފިއެވެ. އެކަމާއި ގުޅިގެން މަކުނުދޫ ކައުންސިލު މެމްބަރު އަދި އޮފީސް ހިންގެވުމާއި މިވަގުތު ހަވާލުވެހުންނެވި ތޯހިރާ އަބޫބަކުރު ވިދާޅުވީ ހޯލްއެޅުމުގެ މަސައްކަތުގައި އުޅޭ ބިދޭސީ މުވައްޒަފުން ކައުންސިލް ދޮށަށް އެއްވީ މުސާރަ ނުލިބޭތާ 3 މަސްދުވަސް ވެފައިވާކަމަށް ބުނެ ކަމަށެވެ. އަދި އެމީހުންގެ ވާހަކަތައް ކައުންސިލުން އަޑު އަހަ...