Skip to main content
Topic Archive

#މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)

526 Stories filed
ފަޔާގެ ތަޖުރިބާއިން 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަކަށް ދެވޭނެ: ރައީސް
Raajje

ފަޔާގެ ތަޖުރިބާއިން 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަކަށް ދެވޭނެ: ރައީސް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވެވަޑައިގެންފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފަޔާ)ގެ ތަޖުރިބާއިން 2023 ކާމިޔާބުކުރުމަށް ޕާޓީއާއިއެކު ރަނގަޅު މިސްރާބަކަށް ދެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ވާދަވެރި އިންތިޚާބަކަށްފަހު އެމްޑީޕީގެ ޗެއާޕާސަން މަގާމު ކާމިޔާބު ކުރެއްވި ފަޔާ އާއި، ރައީސް އޮފީހުގައި ޗެއާޕާސަންގެ ހައިސިއްޔަތުން ފުރަތަމަ ފަހަރ...

އެމްޑީޕީ އެތެރޭގެ އިންތިޚާބު: ވަގުތީ ނަތީޖާ ޢިއުލާންކޮށްފި
Raajje

އެމްޑީޕީ އެތެރޭގެ އިންތިޚާބު: ވަގުތީ ނަތީޖާ ޢިއުލާންކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ނަތީޖާ މިއަދު ޢިއުލާންކޮށްފިއެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިޚާބު ވެފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފަޔާ) އެވެ. އޭނާއަށް 27،163 ވޯޓު ލިބުނެވެ. ފަޔާ އާއި ވާދަކުރެއްވި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ލިބިފައިވަނީ 19،980 ވޯޓެވެ. އަންހެނުން ރޫހުގެ ރައީސާކަމަށް ވާދަކުރެއްވި އައްޑޫ މީދޫ […]

އެމްޑީޕީ "ހިންގާލަން" ފައްޔާޒަށް ލިބިއްޖެ
Raajje

އެމްޑީޕީ "ހިންގާލަން" ފައްޔާޒަށް ލިބިއްޖެ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކާމިޔާބު ކުރައްވައިފިއެވެ. މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންގެ މަގާމަށް ފަޔާ އާއި ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ފަޔާ އާއި އޭނާގެ ޓީމު މި އިންތިޚާބުގެ ކެމްޕެއިން ކުރިއަށް ގެންދެވީ “އެމްޑީޕީ ހިންގާލަން” ޝިއާރުގެ ދަށުންނެވެ. އިންތި ބޭނުން ކުރެއްވީ “ތިލަފަތުގެ ރަމްޒު” ޝިޢާރެވެ. މިއަދުގެ އިންތިޚާބުގައި ބެހެއް...

ބާކީ 100 ފޮށި، "ހިންގާލަން" 59 ޕަސެންޓް
Raajje

ބާކީ 100 ފޮށި، "ހިންގާލަން" 59 ޕަސެންޓް

މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަންގެ އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުން ނަތީޖާ ނުލިބޭ ވޯޓު ފޮށިތަކުގެ ޢަދަދު މިރޭ 21:00 އާއި ހަމައަށް 100 އަށް ތިރިވެފައިވާއިރު، ވޯޓުލީ މީހުންގެ 59 ޕަސެންޓް ވޯޓު ހޯދައިގެން ކުރީގައި އޮތީ އެ މަގާމަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) އެވެ. އެ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 9:00 ގައެވެ. ވޯޓު ފޮށިތައް ބަންދުކުރީ އިރު އޮއްސި 18:00 ގައެވެ. […]

ދެބައިކުޅަ އެއްބައި އަށްވުރެ ގިނަ ވޯޓުފޮށީގެ ނަތީޖާ ލިބިއްޖެ، ފައްޔާޒު ކުރީގައި
Raajje

ދެބައިކުޅަ އެއްބައި އަށްވުރެ ގިނަ ވޯޓުފޮށީގެ ނަތީޖާ ލިބިއްޖެ، ފައްޔާޒު ކުރީގައި

މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަންގެ އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ދެބައިކުޅަ އެއްބައިއަށް ވުރެ ގިނަ ވޯޓު މިރޭ 20:20 އާއި ހަމައަށް ގުނާފައިވާއިރު، އެ އިންތިޚާބުގައި ތަފާތު ބޮޑުކޮށް ކުރީގައި އޮތީ އެ މަގާމަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) އެވެ. މި އިންތިޚާބުގައި ޖުމްލަ 282 ވޯޓު ފޮށި ބަހައްޓާފައިވާއިރު މިރޭ 20:20 އާއި ހަމައަށް ވަނީ 134 ފޮށި ގުނާފައެވެ. އެ ފޮށިތަކުން ފަޔާ ވަނީ […]

އެމްޑީޕީ އެތެރޭގެ އިންތިޚާބު: ވޯޓުލުން 6 ޖެހުމާ ހަމައަށް
Raajje

އެމްޑީޕީ އެތެރޭގެ އިންތިޚާބު: ވޯޓުލުން 6 ޖެހުމާ ހަމައަށް

މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު ހަވީރު 6 ޖެހުމާއި ހަމައަށް އިތުރުކޮށްފިއެވެ. އެމްޑީޕީން ބުނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުމަށް ދެވިފައިވާ ގަޑި، މިއަދު ވިއްސާރަވުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެއްޓުލެއް ލަސްވުމުގެ ސަބަބުން މިއަދު ހަވީރު 6:00 އާއި ހަމައަށް ވަޤުތު އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން ވޯޓުލާ ނިންމަން ދީފައި ވަގުތަކީ ހަވީރު 4:00...

އެމްޑީޕީ އެތެރޭގެ އިންތިޚާބު: ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަވީރާއި ހަމައަށް
Raajje

އެމްޑީޕީ އެތެރޭގެ އިންތިޚާބު: ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަވީރާއި ހަމައަށް

މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަވީރާއި ހަމައަށް އެ ޕާޓީގެ މެންބަރުންނަށް ހުޅުވާލައިފިއެވެ. އެމްޑީޕީން ބުނީ އެ އިންތިޚާބުގެ ޝަކުވާ ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ، ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު elections@mdp.org.mv އަށް އީމެއިލް ކުރައްވައިގެން ނުވަތަ އެމްޑީޕީ ސެކްރެޓޭރިއެޓުގެ ފުރަތަމަ ފަންގިފިލާއަށް ޝަކުވާ ފޯމުގެ...

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް
Raajje

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް

މިއަދު ކުރިއަށް ގެންދަން ނިންމާފައިވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ. މި އިންތިޚާބުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްއާއި، ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ވެސް މިހާރު ވަނީ ވޯޓު ލައްވާފައެވެ. އަދި ޗެއާޕާސަން އިންތިޚާބަށްގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ވެސް މިހާ...

ފަޔާ ކާމިޔާބު ކުރާނީ 60% އަށްވުރެ މަތީން: ޝިފާޢު
Raajje

ފަޔާ ކާމިޔާބު ކުރާނީ 60% އަށްވުރެ މަތީން: ޝިފާޢު

މާދަމާ އޮންނަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިޚާބު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކާމިޔާބު ކުރައްވާނީ 60 އިންސައްތައިން މަތީގެ ވޯޓުން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިސާބުތަށް ހެޔޮވަރަކަށް ދިރާސާކުރައްވާފައިވާ ކަމަށެވެ. އަދި މަންޒަރު ވަރައްސާފު ކަމަށް ވެސް ވިދާޅުވިއެވެ. “60% އަށްވުރެމަތީން މިއިންތިހާބު ފައްޔާޒު އިސްމަޢީލް ކާމިޔާބު ކުރާނެ. އުއްމީދީ ރަނގަޅު ފާލެއް،” ޝިފާޢ...

އިންތިގެ އިލްތިމާސް، ވޯޓު ދޭންވީ އެމްޑީޕީ ގޯސް މިސްރާބަކަށް ގެންދިޔަ ނުދޭން!
Raajje

އިންތިގެ އިލްތިމާސް، ވޯޓު ދޭންވީ އެމްޑީޕީ ގޯސް މިސްރާބަކަށް ގެންދިޔަ ނުދޭން!

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ މެންބަރުން ވޯޓު ދޭންވީ، ޕާޓީ ގޯސް މިސްރާބަކަށް ގެންދިޔަ ނުދޭން ކަމަށް، އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ. އެ އިންތިޚާބުގައި އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސް އަދި ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް ހޮވާނެއެވެ. އިންތިޚާބުގެ ވަގުތު ކުޑަތަންވެފައިވާއިރު އިންތި މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީއަ...

ފައްޔާޒު ކެމްޕޭން ނިންމާލެއްވީ "އަލުން އާބާރަކާއެކު އެމްޑީޕީ ހިންގާލަން" ވޯޓު ލާން ނިކުތުމަށް އެދި
Raajje

ފައްޔާޒު ކެމްޕޭން ނިންމާލެއްވީ "އަލުން އާބާރަކާއެކު އެމްޑީޕީ ހިންގާލަން" ވޯޓު ލާން ނިކުތުމަށް އެދި

އަލުން އާބާރަކާއެކު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ހިންގާލަން، އެ ޕާޓީގެ ހުރިހާ މެންބަރުން މާދަމާގެ ވޯޓަށް ނުކުމެވަޑައިގެން ދެއްވުން އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ގޮވައިލައްވައިފިއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އޮންނާނީ މާދަމާއެވެ. އެ އިންތިޚާބުގައި އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސް އަދި ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް ހޮވާނެއެވެ. ފަޔާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެން އެކުވެ ގުޅ...

އިންތި، އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރަން މިރޭ ކްލަބް ހައުސްއަށް
Raajje

އިންތި، އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރަން މިރޭ ކްލަބް ހައުސްއަށް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ބައިވެރިވެވަޑައިގަންނަވާ ކްލަބް ހައުސް އިވެންޓެއް މިރޭ ކުރިއަށް ގެންދަން ނިންމައިފިއެވެ. (އިންތިގެ ކެމްޕޭން ތަރުޖަމާނު، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކްލަބް ހައުސް މެދުވެރިކޮށް އިންތި އެމްޑީޕީގެ މެންބަރުންނާއި ބައްދަލު ކުރާން ހަމަޖެހިފައިވާ ކަމަށެވެ. އެ އިވެންޓް އޮންނާނީ މިރޭ 10:30...

ޕާޓީ ހިންގާލަން ރަނގަޅީ ފަޔާ، އެއީ ގާބިލު މަސައްކަތްތެރި ބޭފުޅެއް: ރިޟާ
Thiladhunmathi News

ޕާޓީ ހިންގާލަން ރަނގަޅީ ފަޔާ، އެއީ ގާބިލު މަސައްކަތްތެރި ބޭފުޅެއް: ރިޟާ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންގޮސް، އެ ޕާޓީ ވަރުގަދަކޮށް ހިންގާލަން، އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ ދެ ކެންޑިޑޭޓުން ކުރެ ފަޔާއަށް ތާއީދުކުރައްވަން ނިންމެވި ސަބަބު ހާމަކުރައްވަމުން ވީޑިއޯ މެސެޖެއްގައި ރިޟާ ވިދާޅުވީ، ޗެއާޕާސަން ކަމަކީ ދުނިޔ...

ޕާޓީއާއި މެދު ގެއްލެމުންދާ އިތުބާރު މިހިނދުން މިހިނދަށް ހޯދަންޖެހޭ: އިންތި
Thiladhunmathi News

ޕާޓީއާއި މެދު ގެއްލެމުންދާ އިތުބާރު މިހިނދުން މިހިނދަށް ހޯދަންޖެހޭ: އިންތި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން 2023 ވަނަ އަހަރުގެ ރިޔާސީ ރޭސް ކާމިޔާބު ކުރާން ބޭނުންނަމަ ޕާޓީއާއި މެދު ގެއްލެމުންދާ އިތުބާރު މިހިނދުން މިހިނދަށް ހޯދަންޖެހޭ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ. އިންތި މިހެން ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލެއްކަމަށްވާ ރާއްޖެ ޓީވީއިން މިރޭ ކުރިއަށްގެންދިޔަ “ޗެއަރޕާސަން ބަހުސް 2022″ގައި އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް […]

ފަޔާ އާއި "އެމްޑީޕީ ހިންގާލަން ޓީމް" ހުރިހާ ރަށަކަށް ދަތުރުކޮށްފި
Raajje

ފަޔާ އާއި "އެމްޑީޕީ ހިންގާލަން ޓީމް" ހުރިހާ ރަށަކަށް ދަތުރުކޮށްފި

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) އާއި އޭނާގެ “އެމްޑީޕީ ހިންގާލަން” ކެމްޕެއިން ޓީމް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށްފިއެވެ. އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވެސް ހިމެނޭ މިޓީމްގެ ދަތުރު ނިންމާލެއްވުމަށްފަހު ފަޔާ ވިދާޅުވީ، ހިންގާލުމުގެ ސިލްސިލާ އިން ރާއްޖެ ވަށާ ޖެހުނު ފަހު ދަތުރު ކޮޅުމަޑުލުން ނިންމާލެވިފައިވާ ކަމަށެވެ. “މުޅިރާއްޖޭގައި އެމްޑީޕީ ހިންގާލުމަށް އެދި...