Skip to main content
Topic Archive

#މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)

526 Stories filed
ފަޔާ އާއި ރޮޒޭ މަކުނުދޫ ދާއިރާގެ 90 ޕަސެންޓް ވޯޓު ނަގާނެ: ރާޢީ
Thiladhunmathi News

ފަޔާ އާއި ރޮޒޭ މަކުނުދޫ ދާއިރާގެ 90 ޕަސެންޓް ވޯޓު ނަގާނެ: ރާޢީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އާއި، އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް (ރޮޒޭ)، އެމްޑީޕީގެ މަކުނުދޫ ދާއިރާގެ މެންބަރުންގެ 90 ޕަސެންޓް ވޯޓު ކާމިޔާބު ކުރާނެކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރ...

ދޮރުންދޮރަށް ހިނގައި ނިމިއްޖެ، އިރާދަކުރެއްވިއްޔާ މޮޅުވާނަން: އިންތި
Raajje

ދޮރުންދޮރަށް ހިނގައި ނިމިއްޖެ، އިރާދަކުރެއްވިއްޔާ މޮޅުވާނަން: އިންތި

ރާއްޖޭގެ ހުރިހާ ރަށަކަށް ގޮސް ދޮރުންދޮރަށް ހިނގައި ނިންމާލެވިފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ. އިންތި މިހެން ވިދާޅުވީ އޭނާއާއި، އޭނާގެ “ތިލަފަތުގެ ރަމްޒް” ކެމްޕެއިން ޓީމް މުޅި ރާއްޖޭގެ އެކި ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރުމަށް ފެއްޓެވި ކެމްޕެއިންގައި ހުރިހާ ރަށަ...

ކުމުންދޫ ރައީސް އަމީންގެ ތާއީދު އިންތިއަށް
Thiladhunmathi News

ކުމުންދޫ ރައީސް އަމީންގެ ތާއީދު އިންތިއަށް

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އަށް ތާއީދުކުރަށްވާކަން ހާމަކުރައްވައިފިއެވެ. ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަންވެސް ކުރަށްވާ އިންތިއަށް ތާއީދުކުރާކަން ރަސްމީކޮށް ހާމަކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ. ތިން ވަނަ ދައުރަކަށް ކުމުންދޫ ކައުންސިލްގެ ރައީސްގެ މަގާމް ފުރުއްވަމުން ގެންދަވާ އަމީން ވަނީ، އިންތިއާއި އިންތިގެ “ތިލަ...

ހަމަލާއިން ނަޝީދު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއް: އެމްޑީޕީ
Raajje

ހަމަލާއިން ނަޝީދު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއް: އެމްޑީޕީ

މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއިން އެމަނިކުފާނު ސަލާމަތް ވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއް ކަމަށް އެމްޑީޕީން ބުނެފިއެވެ. ބޮމުގެ ޙަމަލާއަށް އަހަރެއް ފާއިތުވުމާ ގުޅިގެން އެމްޑީޕީން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއިން […]

ސަރުކާރަށް ވަގަށް ގޮވާ ބަޔަކު ޕާޓީގެ ލީޑާޝިޕަށް ގެނައުމަކީ މެންބަރުން ކުރި މަސައްކަތަށް ޚިޔާނާތްތެރިވުން: އިބްރޭ
Raajje

ސަރުކާރަށް ވަގަށް ގޮވާ ބަޔަކު ޕާޓީގެ ލީޑާޝިޕަށް ގެނައުމަކީ މެންބަރުން ކުރި މަސައްކަތަށް ޚިޔާނާތްތެރިވުން: އިބްރޭ

ސަރުކާރަށް ވަގަށް ގޮވައި، ހަޖޫޖަހާ ބަޔަކު، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑާޝިޕަށް ގެނައުމަކީ، ވެރިކަންހޯދަން އެ ޕަޓީގެ އެތައްހާސް މެންބަރުން ކުރި ބުރަ މަސައްކަތަށްހިޔާނާތް ތެރިވުން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. މި މަހު 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. ރައީސް އިބްރާޙީމް މިޙައްމަދު ޞާލިޙާއި ސަރުކާރުގެ ތާއީދާއެކު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރަށް ވަނީ އިކޮނޮމިކް މިނިސްޓަރު […...

"ކުފުރުވި ހަނދޭގިރިން" ބާވަތުގެ ހަނދޭގިރިން މިހާރުވެސް އެބައުޅޭ: ވައްޑޭ
Raajje

"ކުފުރުވި ހަނދޭގިރިން" ބާވަތުގެ ހަނދޭގިރިން މިހާރުވެސް އެބައުޅޭ: ވައްޑޭ

ރަސްގެފާނަށް ކިޔަމަންވާން ކަށްވަޅަށް ފުންމާލި “ކުފުރުވި ހަނދޭގިރިން” ބާވަތުގެ ހަނދޭގިރިން މިހާރުވެސް އެބައުޅޭ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅޫވެއްޖެއެވެ. މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގެ ފޯރި ގަދަވެފައި ވާއިރު، މިއަދު ވަނީ ސަރުކާރުގެ ދެ ވަޒީރަކު، ެއެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ މިނިސްޓަރ އޮ...

އައިޝަތު އަލީގެ ތާއީދު ވެސް ފައްޔާޒަށް
Raajje

އައިޝަތު އަލީގެ ތާއީދު ވެސް ފައްޔާޒަށް

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ  ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ. މިނިސްޓަރު އައިޝަތު ޢަލީ ވަނީ ފަޔާ އަށް ތާއީދު ކުރައްވާކަން ހާމަކުރަށްވައި، ފަޔާއާއި އެކު ނަގާ ފައި ފޮޓޯ އެއް މިއަދު ޓްވީޓާގައި އާންމު ކުރައްވާފައެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތުގެ ޝައުނާ ވެސް ވަނީ މިއަދު ފަޔާއަށް...

ޝައުނާގެ ތާއީދު ފައްޔާޒަށް، ނަޝީދު ފާޑު ވިދާޅުވެއްޖެ
Raajje

ޝައުނާގެ ތާއީދު ފައްޔާޒަށް، ނަޝީދު ފާޑު ވިދާޅުވެއްޖެ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތުގެ ޝައުނާ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ  ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ. ވީޑީއޯ މެސެޖެއް މެދުވެރިކޮށް މިނިސްޓަރު ޝައުނާ އަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުން މިނިސްޓަރު ޝައުނާ ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރިކަމަ...

އިންތިޚާބުވެއްޖެނަމަ ފުރަތަމަ ކުރާނެކަމަކީ "އިސްލާމް ދީނުގެ މަޝްވަރާ މަޖިލިސް"ގެ އިންތިޚާބަށް ގޮވައިލުން: ފައްޔާޒު
Raajje

އިންތިޚާބުވެއްޖެނަމަ ފުރަތަމަ ކުރާނެކަމަކީ "އިސްލާމް ދީނުގެ މަޝްވަރާ މަޖިލިސް"ގެ އިންތިޚާބަށް ގޮވައިލުން: ފައްޔާޒު

މި މަހު 14 ވަނަ ދުވަހު އޮންނަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ  ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް އިންތިޚާބުވެއްޖެނަމަ ފުރަތަމަ ކުރައްވާނެކަމަކީ ޕާޓީގެ އަސާސީ ޤަވާޢިދުގައި ބުނާ “އިސްލާމް ދީނުގެ މަޝްވަރާ މަޖިލިސް” ގެ އިންތިޚާބަށް ގޮވައިލުންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރައްވާ ފަޔާގެ ހިންގާލަން ޓީމުން ޕާޓީގެ މެންބަރުން ގާތަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން އިއްޔެ ވަނީ ރ. ދުވާފަރަށް...

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފައްޔާޒު ހޮވުން މުހިންމު، ލީޑާޝިޕް އެބަފެނޭ: މޭޔަރު އާތިފް
Thiladhunmathi News

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފައްޔާޒު ހޮވުން މުހިންމު، ލީޑާޝިޕް އެބަފެނޭ: މޭޔަރު އާތިފް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް ކާމިޔާބު ކުރުމަށް، އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގައި އެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ހޮވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ފަޔާއަށް ތާއީދުކުރައްވަން ނިންމެވިކަން ހާމަކުރައްވަމުން ދެއްވި ވީޑިއޯ މެސެޖެއްގައި މޭޔަރު އާތިފް ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ މުއައްސަސާ ކަމަށެވެ. އަދި އެންމ...

މަކުނުދޫ ދާއިރާގެ ރަށްތަކުން ހިންގާލަން ޓީމަށް ހޫނު ތަރުހީބެއް
Thiladhunmathi News

މަކުނުދޫ ދާއިރާގެ ރަށްތަކުން ހިންގާލަން ޓީމަށް ހޫނު ތަރުހީބެއް

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ)އާއި، އޭނާގެ ހިންގާލަން ޓީމަށް މަކުނުދޫ ދާއިރާގެ ރަށްތަކުން ހޫނު ތަރުހީބެއް ލިބިއްޖެއެވެ. ފައްޔާއާއި، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ހިމެނޭ ހިންގާލަން ޓީމް މިއަދު ވަނީ ކެމްޕެއިންނަށް އުތުރުގެ ބައެއް ރަށްރަށަށް ކުރާ ދަތުރެއް ފަށާފައެވެ. މި ޓީމް މިއަދު މަކުނުދޫ ދާއިރާގައި ހިމެނޭ ތިން ރަށަށް ވެސް ޒިޔާރަތްކޮށްފައިވާއިރު އެ ރަށްތަކުނ...

ފައްޔާޒު ކެމްޕޭނަށް އުތުރުގެ ބައެއް ރަށްރަށަށް
Raajje

ފައްޔާޒު ކެމްޕޭނަށް އުތުރުގެ ބައެއް ރަށްރަށަށް

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކެމްޕެއިންނަށް އުތުރުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރެއް މިއަދު ފައްޓަވައިފިއެވެ. ފައްޔާޒުގެ އަރިހުގައި މި ދަތުރުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުގައި ފައްޔާޒާއި “އެމްޑީޕީ ހިންގާލަން” ކެމްޕެއިން ޓީމް ފުރަތަމަ ވަޑައިގަތީ ކުޅުދުއްފުށީ ސިޓީ އަށެވެ. ފައްޔާޒާއި، ކެމްޕެއިން ޓީމް ކުޅު...

އެމްޑީޕީ އަނެއް ލެވެލްއަށް ގެންދިޔުމަށް އެ ތަޖުރިބާއާއި، ހިންގުންތެރިކަން ހުރި ކެންޑިޑޭޓަކީ ފަޔާ: އަޙްމަދު
Raajje

އެމްޑީޕީ އަނެއް ލެވެލްއަށް ގެންދިޔުމަށް އެ ތަޖުރިބާއާއި، ހިންގުންތެރިކަން ހުރި ކެންޑިޑޭޓަކީ ފަޔާ: އަޙްމަދު

އެމްޑީޕީ އެހެން ލެވެލް އަކަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާއިރު އެ ތަޖުރިބާއާއި، އެ ހުނަރާއި، ހިންގުންތެރިކަން ހުރި ކެންޑިޑޭޓަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބުﷲ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ ދެ ކެންޑިޑޭޓުން ކުރެ ފަޔާއަށް ތާއީދުކުރައްވަން ނިންމެވި ސަބަބު ހާމަކުރައްވަމުން ވީޑިއޯ މެސެޖެއްގައި އަޙްމަދު ވިދާޅުވީ، ފަޔާއަށް ތާއީދު ކުރަން ނިންމެވީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ. ބެއްލެވީ ކުރަން މިއުޅެނީ...

ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ: އިބްރޭ
Raajje

ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ: އިބްރޭ

މި ސަރުކާރާއެކު ތިބެ، ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ ކަމަށް ކެލާ ދާއިރާގެ މެންބަރު، އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އަންނަ މަހު 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އެ ޕާޓީ ވަނީ ދެ ފަޅިވެފައެވެ. އެ އިންތިޚާބުގައި އެންމެ ވާދަ ވެރިކަން ބޮޑީ ޗެއާޕާސަންގެ މަޤާމެވެ. އެ ޕާޓީ ދެފަޅި ވެފައިވާއިރު އެއް ފަޅިއަކީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް […]

ސަރުކާރަށް ކުރާ ޖެއްސުމުގެ ސަބަބުން އަނިޔާ ލިބެނީ ނިކަމެތި ރައްޔިތުންނަށް: ނިހާދު
Parliament

ސަރުކާރަށް ކުރާ ޖެއްސުމުގެ ސަބަބުން އަނިޔާ ލިބެނީ ނިކަމެތި ރައްޔިތުންނަށް: ނިހާދު

ޤާނޫނީ ވަކީލުންގެ ޙައްޤުގައި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނުނިންމައި، ކޮމެޓީގެ މުޤައްރިރުގެ އަމިއްލަ ކެމްޕެއިންގައި އުޅުމަކީ އެ ވަކީލުންގެ ޙައްޤަށް އަރައިގަތުން ކަމަށާއި، ސަރުކާރަށް ކުރާ ޖެއްސުމުގެ ސަބަބުން އަނިޔާ ލިބެނީ ނިކަމެތި ރައްޔިތުންނަށް ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މުޤަައްރިރަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު...