Skip to main content
Topic Archive

#މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)

526 Stories filed
ބަރުލަމާނީ ގަރާރު އަނބުރާ ގެންދަނީ
Raajje

ބަރުލަމާނީ ގަރާރު އަނބުރާ ގެންދަނީ

ވެރިކަންކުރާ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަަން ނިންމަވައިފިއެވެ. އެމްޑީޕީގެ އިސް ބޭފުޅަކު ވަނީ މިކަން “ތިލަދުން” އަށް ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ އެގޮތަށް ނިންމެވި ނަމަވެސް ރަސްމީކޮށް އަދި އެ ގަރާރު އަނބުރާ ގެންދަވާފައި ނުވާކަމަށެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމްޑީޕީ ކޮންގްރެސްއަށް ރުހުން ހޯދަން ނަޝީދު ހުށަހެޅުއްވި ގަރާރާ ރައީސް އިބްރާހިމް މުހައ...

އޮތް ގޮތަކީ ޚިޔާލުތަފާތުވުމާއި އެކު ކުރިއަށްދިއުން: ރައީސް
Raajje

އޮތް ގޮތަކީ ޚިޔާލުތަފާތުވުމާއި އެކު ކުރިއަށްދިއުން: ރައީސް

އެއްވެސް ބަޔަކަށް ހުރިހާ ކަމެއްގައި އެއްބަސް ނުވެވޭނެ ކަމަށާއި، އެމްޑީޕީގައި އޮތް ގޮތަކީ ޚިޔާލުތަފާތުވުންތަކާއި އެކު ކުރިއަށްދިއުން ކަމަށް އެ ޕާޓީގެ ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީއެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށާއި، ތަފާތު ހިޔާލުތަކަށްވެސް ޖާގަ އޮންނާނެ ކަމަށެވެ. ”އޮތް ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރ...

އެމްޑީޕީ ކޮންގްރެސް ފަސްކޮށްދެއްވުމަށް އެދިވަޑައިގެން އާޒިމްގެ ސިޓީއެއް
Raajje

އެމްޑީޕީ ކޮންގްރެސް ފަސްކޮށްދެއްވުމަށް އެދިވަޑައިގެން އާޒިމްގެ ސިޓީއެއް

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް ފަސްކޮށްދެއްވުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް އެދިވަޑައިގެންފިއެވެ. އާޒިމް މި ގޮތަށް އެދިވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލަށް އެޑްރެސްކުރައްވައި މިއަދު ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި އާޒިމް ވިދާޅުވެފައި ވަނީ އެމްޑީޕީގެ އަސާސީގަވާއިދުގައި ބުނާގޮތުގެ މަތިން އެ ޕާޓީގެ އެންމެ އިސް ގުނަވަނަކީ އެ ޕާޓީގެ ކޮންގެރެސް ކަމަށެވެ. އަދި ކޮންގްރެސްގެ ކޮމްޕޮޒ...

ދިއްގަރާއި ގާދިއްފުށީގެ ބައި-އިލެކްޝަން: ޕީޕީއެމްގެ މައްޗަށް އެމްޑީޕީން ކުރި ހޯދައިފި
Raajje

ދިއްގަރާއި ގާދިއްފުށީގެ ބައި-އިލެކްޝަން: ޕީޕީއެމްގެ މައްޗަށް އެމްޑީޕީން ކުރި ހޯދައިފި

މ. ދިއްގަރާއި ތ. ގާދިއްފުށީގެ ކައުންސިލުން ހުސްވެފައިވާ ކައުންސިލަރުންގެ މަގާމަށް މީހުން އިންތިޚާބު ކުރުމަށް މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުން ކުރި ހޯދައިފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މިރޭ އާންމު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން މ. ދިއްގަރު ކައުންސިލަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޢަބުދުﷲ ޢާރިފްއެވެ. އޭނާއަށް 375 ވޯ...

އެމްޑީޕީ ކޮންގްރެސް: ބަރުލަމާނީއަށް ބަދަލުކުރަން ނަޝީދުގެ ގަރާރެއް
Raajje

އެމްޑީޕީ ކޮންގްރެސް: ބަރުލަމާނީއަށް ބަދަލުކުރަން ނަޝީދުގެ ގަރާރެއް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރުމުގެ މަސައްކަތް ހިންގުމަށް، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޤަރާރެއް ހުށަހަޅުއްވައިފި އެވެ. އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒް (ޝިއްޕެ)ގެ ތާއީދާއެކު ނަޝީދު މިއަދު ހުށަހެޅުއްވި މި ޤަރާރުގައި ވިދާޅުވެފައި ވަނީ، ޤާނޫނުއަސާސީގައި ރާއް...

އެމްޑީޕީ ޗެއާޕާސަން ނައިބުގެ މަގާމަށް މެންބަރު އަހުމަދާއި އިބުރޭ
Raajje

އެމްޑީޕީ ޗެއާޕާސަން ނައިބުގެ މަގާމަށް މެންބަރު އަހުމަދާއި އިބުރޭ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީގެ) ގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ މަގާމަށް ދެ ބޭފުޅުން ކުރިމަތި ލައްވައިފިއެވެ. މިއަދަށް ވަގުތު ހަމަވިއިރު މަގާމަށް ކުރިމަތިލާފައިވަނީ ދެ ބޭފުޅުން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. ޗެއަރޕާސަންގެ ނައިބު އިދާރީގެ މަގާމަށް ކުރިމަތިލެއްވީ، ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދު (އިބްރޭ) އެވެ. އަދި ޗެއަރޕާސަންގެ ނައިބު މާލީގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އ...

އެމްޑީޕީގެ ޗެއާޕާސަންގެ ދެ ނައިބުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

އެމްޑީޕީގެ ޗެއާޕާސަންގެ ދެ ނައިބުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ. މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ދިނުމަށް އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިހާރު ހިނގަމުން މިދާ ދައުރުގެ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަގާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ 25 ވާ އަންގާރަ ދުވަހަށް ހަމަވާނެ ކަމަށެވެ. އެހެން ކަމުން މި މަޤާމު ތަކަށް ކުރިމަތިލާން ބޭނުންވާ […]

އެމްޑީޕީގެ އެއް ބާނީ ގޯގޯ ލަތީފް އަވަހާރަވެއްޖެ
Raajje

އެމްޑީޕީގެ އެއް ބާނީ ގޯގޯ ލަތީފް އަވަހާރަވެއްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އަދި އެ ޕާޓީގެ އެއް ބާނީ ގޯގޯ ލަތީފް އަވަހާރަވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުކަން ވެސް ކުރައްވާފައިވާ މުހައްމަދު ލަތީފް މިއަދު އަވަހާރަ ވެފައިވަނީ އަވައްޓެރި ޝްރީލަންކާގައެވެ. ލަތީފް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް  ވެފައި ވަނިކޮށެވެ. އަދި އޭނާ ސިޔާސީ ހަރަކާތްތަކުން ނުފެންނަތާ ވެސް މިހާރު ވަނާ ވަރަށް ގިނަ ދުވަސްތަކެއް ވެފައެވެ. ލަތީފް އަވަހާރަވުމާ ގުޅިގެން އެމްޑީޕީއާއ...

ޑަބްލިޔުޑީސީގެ ތިން ގޮނޑިއެއް އެމްޑީޕީއަށް
Raajje

ޑަބްލިޔުޑީސީގެ ތިން ގޮނޑިއެއް އެމްޑީޕީއަށް

މިއަދު ކުރިއަށް ދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންތަކުން ތިން ގޮނޑިއެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކާމިޔާބު ކޮށްފިއެވެ. މިއަދުގެ އިންތިޚާބުގައި 4 ރަށެއްގެ ކޮމެޓީތަކަށް 5 މެންބަރަކު އިންތިޚާބު ކުރިއެވެ. މިގޮތުން ށ. ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން އެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް މަރްޔަމް ޒުހުރާއެވެ. ޒުހުރާ އެ ގޮނޑި ކާމިޔާބު ކުރީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެ...

އާންމު ދިރިއުޅުމަށް ބުރޫ އަރުވައިގެން ސަލާމަތުގެ އައްސޭރިއަކަށް ނުދެވޭނެ: ނަޝީދު
News

އާންމު ދިރިއުޅުމަށް ބުރޫ އަރުވައިގެން ސަލާމަތުގެ އައްސޭރިއަކަށް ނުދެވޭނެ: ނަޝީދު

މިދިޔަ އަންގާރަ ދުވަހު ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމަށް ދިން ހަމަލާ އަކީ އާންމު ދިރިއުޅުމަށް ބުރޫ އަރާ ފަދަ އަމަލެއް ކަމަށާއި އެކަންކަމުން ގައުމު ސަލާމަތުގެ އައްސޭރިއަށް ނުގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ކޮންމެ ދިވެއްސަކަށް ވެސް ހަރާމުގެ މަގަށް އެނބުރެވެން އެބަ […...

ޔޯގާ ހަރަކާތަށް ހުރަސް އަޅާ ހަމަނުޖެހުން ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްޑީޕީން ގޮވާލައިފި
Raajje

ޔޯގާ ހަރަކާތަށް ހުރަސް އަޅާ ހަމަނުޖެހުން ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްޑީޕީން ގޮވާލައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ހުރަސް އަޅާ ހަމަނުޖެހުން ހިންގި މީހުން ވީހާ އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްޑީޕީން ގޮވާލައިފިއެވެ. ސްޓޭޑިއަމްގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަނީ ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. ޝަހަދަތުގެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ އެތަނުގައި ހަޅޭއްލަވާ އެތަނުގައި ތިބި ބައެއް މީހުންނަށް އަނިޔާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ. އެ މައްސަލާގައި މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފައިވާއިރު، އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު...

ޕީޖީކަމުން ޝަމީމް ވަކިކުރަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި
Raajje

ޕީޖީކަމުން ޝަމީމް ވަކިކުރަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި

ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ނިންމައިފިއެވެ. މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމަށް ޝަމީމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްވީ ވޯޓުގައި ބައިވެރިިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުން ކަމަށް އެނގިފައިވެ އެވެ....

މޮޅަދޫ އަންހެނުންގެ ކޮމެޓީގެ 4 މެންބަރަކު އެމްޑީޕީއަށް ސޮއިކޮށްފި
Thiladhunmathi News

މޮޅަދޫ އަންހެނުންގެ ކޮމެޓީގެ 4 މެންބަރަކު އެމްޑީޕީއަށް ސޮއިކޮށްފި

ހއ. މޮޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަސް މެންބަރުން ތެރެއިން 4 މެމްބަރަކު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް މިއަދު ސޮއިކޮށްފިއެވެ. 2020 ވަނަ އަހަރު އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި މޮޅަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިޚާބުވި ފަސް މެންބަރުންނަކީ ވެސް މިނިވަން މެންބަރުންނެވެ. އޭގެ ތެރެއިން ހަތަރު މެންބަރަކު ވެރިކަންކުރާ އިއްތިހާދުގެ މައިޕާޓީ އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު އެ ކޮމެޓީއަށް އިނ...

"ބިން ވިއްކަން އުޅުއްވި ރައީސެއް ފިޔަވައި" އެހެން ރައީސުން ރާއްޖެ-އިންޑިއާގެ ގުޅުމަށް ކަމޭހިއްތެވި: ވައްޑޭ
Raajje

"ބިން ވިއްކަން އުޅުއްވި ރައީސެއް ފިޔަވައި" އެހެން ރައީސުން ރާއްޖެ-އިންޑިއާގެ ގުޅުމަށް ކަމޭހިއްތެވި: ވައްޑޭ

ރާއްޖޭގެ ބިން ވިއްކަން އުޅުއްވި ރައީސެއް ފިޔަވައި ރާއްޖޭގެ ވެރިކަން ކުރެއްވި އެހެން ހުރިހާ ރައީސުން ވެސް ރާއްޖެ އާއި، އިންޑިއާގެ ގުޅުމަށް ކަމޭހިއްތެވިކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ. ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް ލީޑްކުރަށްވާ، އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިިސްވެ ރާއްޖޭގައި ހިންގަމުން އަންނަ “އިންޑިއާ އައުޓް” ކެމްޕޭނާއި ދެކޮޅަށް “ބާކީ ނުވޭ” ނަމުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިސްވެ މީސްމީޑިއާގައި އަންނަނީ ކެމްޕޭނެއް ހިންގަމު...

"އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް "ބާކީ ނުވޭ" ނަމުގައި ކެމްޕެއިނެއް
Raajje

"އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް "ބާކީ ނުވޭ" ނަމުގައި ކެމްޕެއިނެއް

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިިސްވެ ރާއްޖޭގައި ހިންގަމުން އަންނަ “އިންޑިއާ އައުޓް” ކެމްޕޭނާއި ދެކޮޅަށް “ބާކީ ނުވޭ” ނަމުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިސްވެ މީސްމީޑިއާގައި ކެމްޕޭނެއް ފަށައިފިއެވެ. “ބާކީ ނުވޭ”  ހޭޝްޓެގެއް ބޭނުންކޮށްގެން އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތައް މިހާރު މީސްމީޑިއާގައި އަންނަނީ ކެމްޕެއިނެއް ހިންގަމުންނެވެ. އެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެން، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހު ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީވ...