އަޙްމަދު ވެސް ތާއީދު ކުރައްވަނީ ރައީސް ޞާލިޙަށް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ވެސް ތާއީދު ކުރަށްވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙަށް ތާއީދު ކުރަން ނިންމެވިކަން ހާމަކުރަށްވަމުން އަޙްމަދު ވިދާޅުވީ، އެންމެ ރަނގަޅު ކެންޑޭޓަކީ އެއީ ކަމަށެވެ. އަހްމަދުގެ ތާއީދު ރައީސް ޞާލިޙަށް ދެއްވިއިރު، މަކުނުދޫ ދާއިރާ މެންބަރު ރާޢީ ވެސް އިއްޔެ ވަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވާކަން ހާމަކުރަށްވާފައެވެ. […]