ގުޅިގެން މަސައްކަތް ކުރުމާމެދު އެމްޑީޕީ އާއި އަދާލަތު މަޝްވަރާކޮށްފި
ކުރިއަށް ހުރި އިންތިހާބުތަކުގައި ގުޅިގެން މަސައްކަތް ކުރުމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީ (އޭޕީ) މިއަދު މަޝްވަރާކޮށްފިއެވެ. އެމްޑީޕީން ބުނީ، ކުރިއަށް ހުރި އިންތިހާބުތަކުގައި އެ ޕާޓީ އާއި އަދާލަތު ޕާޓީ އާއެކު ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މިގޮތުން ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމުނުކަމަށް އެމްޑީޕީން ބުންޏެވެ. އަދާލަތު ޕާޓީއަކީ 201...