މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން، މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކި ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ގަރާރު ހުށަހަޅަން ބޭނުންވާ ވަރަށް ސޮއިހަމަކޮށްފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބުނެފިއެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރަކު “ތިލަދުން” އަށް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެމްބަރުންގެ ސޮއި ބޭނުންވާނެ ކަމަށެވެ. މިހާތަނަށް އައިއިރު، އެ އަދަދު ހަމަކޮށްފައިވާ ކަމަށް ވެސް...