Skip to main content
Topic Archive

#މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)

526 Stories filed
ހުދުމުހުތާރުކަން އާލާވިޔަނުދޭން މަސައްކަތް ކުރުމުގައި އެމްޑީޕީ ފަހަތަކަށްނުޖެހޭނެ: ފަޔާ
Raajje

ހުދުމުހުތާރުކަން އާލާވިޔަނުދޭން މަސައްކަތް ކުރުމުގައި އެމްޑީޕީ ފަހަތަކަށްނުޖެހޭނެ: ފަޔާ

ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަނުދޭން މަސައްކަތް ކުރުމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފަހަތަކަށްނުޖެހޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޟު އިސްމާއީލް (ފަޔާ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ 56 މަޖިލިސް މެންބަރުންކުރެ 13 މެންބަރަކު ރޭ ވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންފައެވެ. ފަޔާ ވަނީ އެ މެންބަރުން އެމްޑީޕީއަށް ކޮށްދެއްވި މަސައްކަތަށް އެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. ‘’މިދަނޑިވަޅު ރާއްޖޭގައި ހުދުމުހުތާ...

އެމްޑީޕީގެ 13 މެންބަރަކު ވެރިކަންކުރާ ޕާޓީ ޕީއެންސީ އަށް
Raajje

އެމްޑީޕީގެ 13 މެންބަރަކު ވެރިކަންކުރާ ޕާޓީ ޕީއެންސީ އަށް

ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވެރިކަން ކުރާ ޕްރޮގްރެސިވް އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގެންފި އެވެ. މި މެންބަރުން ޕީއެންސީއާ ގުޅިވަޑައިގަތީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ އެ އިއްތިހާދުގެ ހާއްސަ ޖަލްސާއެއްގައެވެ. މި މެންބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ ޕްރޮގްރެސިވް އިއްތިހާދުގެ ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އ...

މަރަދޫ ދާއިރާ މެންބަރު ޝަރީފު އެމްޑީޕީން ވަކިވެވަޑައިގެންފި
Raajje

މަރަދޫ ދާއިރާ މެންބަރު ޝަރީފު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ)، ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)އިން ވަކިވެވަޑައިގެންފިއެވެ. އޭނާގެ އެ ނިންމެވުން ވަނީ ރޭ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ވަޓްސްއަޕް ގްރޫޕްގައި ހިއްސާ ކުރައްވާފައެވެ. އެނގިފައިވާގޮތުގައި ޝަރީފް އެމްޑީޕީއާއި ފެޔަށް ޖެހިވަޑައިގަތީ މަރަދޫ ދާއިރާގައި ކުރީ ސަރުކާރުން ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފުރުސަތު ފަހި ކުރުމަށްކަމަށް ވިދާޅުވެފައެވެ. ޝަރީފް އަކީ މި ހިނގާ ދައުރުގައި މަޖިލީހުގައި އެމްޑީޕީގ...

ނައީޝް ހޯދުމަށް ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރަން އެމްޑީޕީން ގޮވާލައިފި
Raajje

ނައީޝް ހޯދުމަށް ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރަން އެމްޑީޕީން ގޮވާލައިފި

މިދިޔަ ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީގައި އިހި ނަގަން އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ނަސްރު ހޯދުމަށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ، ނައީޝް ހޯދުމަށް ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރޭ ގޮވާލައިފިއެވެ. އުމުރުން 18 އަހަރުގެ ނާއިޝް ގެއްލިފައި ވަނީ އިތުރު ދެ ރަހުމަތްތެރިންނާއެކު ސ. ގަމުގެ ފުއްޓަރު ފަރާތު މޫދަށް އިހި ނަގަން ފައިބައިގެން އުޅެނިކޮށެވެ. ނައީޝް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން […]

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
Raajje

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަށް ވާދަކުރުމަށް ދިން މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 16 ގައެވެ. އަދި ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު އޮތީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ. އެކަމަކު، އެ ޕާޓީން މިހާރު ވަނީ ޕްރައިމަރީ […]

ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނާން ޖެހޭ: އެމްޑީޕީ
Raajje

ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނާން ޖެހޭ: އެމްޑީޕީ

ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނާން ޖެހޭކަމަށް  ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހިބަހުން ލިޔެ ޝާއިއުކުރާ ބައެއް ވެބްސައިޓުތަކާއި ނޫސްތައް މި ސަރުކާރުން އަންނަނީ ބުލޮކު ކުރަމުންނެވެ. އަދި އެކަން އެމްޑީޕީއިން ހަރު އަޑުން ކުށްވެރިކުރާކަމަށް އެ ޕާޓީން ބުނެފަވެއެވެ. މިނިވަންކަމާއެކު ފިކުރުކުރުމާއި، ޚިޔާލު ފާޅު ކުރުމަކީ ޤާނޫނުއަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައި އަސާސީ ހައްގެއްކަމަށާ...

އަލީ ވަހީދު ކުޅުދުއްފުށީ ދެކުނު ގޮނޑިއަށް ވާދަކުރަނީ
Parliament

އަލީ ވަހީދު ކުޅުދުއްފުށީ ދެކުނު ގޮނޑިއަށް ވާދަކުރަނީ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުރީގެ ރައީސް، ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދު ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ޢިއުލާން ކުރައްވައިފިއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރައްފަހު، ދެވަނަ ބުރުގައި ވަކިކޮޅެއް ނެންގެވިކަން ހާމަނުރައްވާ ޢަލީ ވަނީ ދެން އުޅުއްވާނީ ފުޓްބޯޅައިގެ ތެރޭގައި ކަަމަށް ވިދާޅުވެފައެވެ. އެއަށްފަހު ޢަލީ ވަހީދު ވަނީ ޖޭޕީ ދޫކޮށް 7 ޑިސެމްބަރު 2023 ގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފައެވެ. ރިޔާސީ އިންތިޚާބުގައި ޖޭޕީގެ...

ޝިފާޢުއަށް މަރުގެ އިންޒާރުދިން މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއަޅަން ގޮވައިލައިފި
Parliament

ޝިފާޢުއަށް މަރުގެ އިންޒާރުދިން މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއަޅަން ގޮވައިލައިފި

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު  މުޙައްމަދު ޝިފާޢު އަށް މަރުގެ އިންޒާރުދީފައިވާކަމަށާއި، އެކަން ތަހުގީގުކޮށް ފިޔަވަޅުއަޅަން ދިވެހި ފުލުހުންނަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިރޭ ގޮވައިލައިފިއެވެ. ޝިފާޢުއަށް މަރުގެ އިންޒާރުދިން މައްސަލައެއް މި ފެންްމަތިވީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުން ކަމަށާއި އެކަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަ...

ސަންގު ޓީވީގެ ބަހުސްގައި އާޒިމް ބައިވެރިވެ ވަޑައިގަނުގަންނަވާނެ: އެމްޑީޕީ
Raajje

ސަންގު ޓީވީގެ ބަހުސްގައި އާޒިމް ބައިވެރިވެ ވަޑައިގަނުގަންނަވާނެ: އެމްޑީޕީ

މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި “ސަންގު ޓީވީ” އިން މިރޭ ބާއްވާ ބަހުސްގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ. މިރޭ 9:15 ގައި އޮންނަ ބަހުސްގައި މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހާއި...

ބަންގްލަދޭޝް ލޭބަރުން ގެނެވޭގޮތް އަލުން ހެދުމަކީ ގައުމަށް ނުރައްކަލެއް: ފަޔާ
Raajje

ބަންގްލަދޭޝް ލޭބަރުން ގެނެވޭގޮތް އަލުން ހެދުމަކީ ގައުމަށް ނުރައްކަލެއް: ފަޔާ

ބަންގްލަދޭޝް ލޭބަރުން ގެނެވޭގޮތް އަލުން ހެދުމަކީ ގައުގެ ސަލާމަތަށާއި، އިގްތިސޯދީ އަދި އިޖުތިމާއީ ފޭރާމަށް އޮތް ނުރައްކަލެއްކަމަށް ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޟު އިސްމާއީލް (ފަޔާ) ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންކަން ވެސް ކުރައްވާ ފަޔާ މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ ލޭބަރުން ރާއްޖެ ގެނައުމަށް އަނެއްކާވެސް ހުއްދަދޭން އާ ސަރުކާރުން މިއަދު ނިންމުމުންނެވެ. ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ފަޔާ ”އެކްސް” ގައި ލިޔުއްވާފައިވާ ގޮތުގައި 2019ގެ ކުރިން ”ބަނ...

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކޮށްފި
Raajje

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކޮށްފި

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރު މިއަދު ތަރުތީބުކޮށްފިއެވެ. މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން ހިމެނިވަޑައިގަންނަވައެވެ. މާލޭގެ މޭޔަރު ކަމުގެ އިތުރުން ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ވެސް ވަނީ ތަރުތީބުކޮށްފައެވެ. ސިޓީ ކައުންސިލުން ދެން ހުސްވެފައިވާ ތިން ދާއިރާއަކީ މެދުހެންވޭރާއި ހެންވޭރު ދ...

ސިޓީ ކައުންސިލުން ހިދުމަތްތައް ހޯދަން އާދޭސްކުރަން ޖެހުން ހުއްޓުވާނަން: އާޒިމް
Raajje

ސިޓީ ކައުންސިލުން ހިދުމަތްތައް ހޯދަން އާދޭސްކުރަން ޖެހުން ހުއްޓުވާނަން: އާޒިމް

މާލެ ސިޓީ ކައުންސިލްގެ ވަލު ދޮރާށިން ވަދެގެން ހިދުމަތް ހޯދުމާއި އެތަނުން ހިދުމަތްތައް ހޯދަން އާދޭސްކުރަން ޖެހުން ނިމުމަކަށް ގެންނަވާނެކަމަށް މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިހެން ވިދާޅުވީ، އެ ބައި-އިލެކްޝަންސްގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ...

މާލޭ މޭޔަރު/ކައުންސިލަރުން ހޮވާ ބައި-އިލެކްޝަންގެ އެމްޑީޕީ ކެމްޕޭން ރަސްމީކޮށް ފެށުން މާދަމާ ރޭ
Raajje

މާލޭ މޭޔަރު/ކައުންސިލަރުން ހޮވާ ބައި-އިލެކްޝަންގެ އެމްޑީޕީ ކެމްޕޭން ރަސްމީކޮށް ފެށުން މާދަމާ ރޭ

މާލޭ ސިޓީގެ މޭޔަރު ހޮވުމަށާއި، ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނު ރަސްމީކޮށް މާދަމާ ރޭ ފަށަން ނިންމައިފިއެވެ. އެމްޑީޕީން ބުނީ، މާލެ ސިޓީ މޭޔަރު އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ޖަލްސާއަށް މާދަމާ ރޭ ބާއްވަން ވަނީ ނިންމާފައެވެ. މި ޖަލްސާ ބާއްވަން ނިންމާފައި ވަނީ އެ ޕާޓީގެ މާލޭ […]

އަލީ ވަހީދު އަލުން އެމްޑީޕީ އަށް
Raajje

އަލީ ވަހީދު އަލުން އެމްޑީޕީ އަށް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުރީގެ ރައީސް ޢަލީ ވަހީދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފިއެވެ. ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަން ވެސް ކުރެއްވި އަލީ ވަހީދު މިއަދު ވަނީ ”އެކްސް” މެދުވެރިކޮށް އޭނާ އެނބުރި އެމްޑީޕީއަށް ވަޑައިގެންނެވިކަން ޢިއުލާން ކުރައްވާފައެވެ. އޭނާ ވަނީ ހަތް އަހަރާއި ހަތް ދުވަހަށްފަހު އަނބުރާ ”ގެއަށް” (އެމްޑީޕީ) އަށް ”އާދެވިއްޖެ” ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ ސަރުކާރުގައި ޖޭޕީގެ ސްލޮޓެއްގައި ފަތުރުވެރިކަމާބެހޭ ވަޒީރުގެ މަގާމުގައި ހުންނަވައިގެން...

ގުޅިގެން މަސައްކަތްކުރުމާމެދު އެމްޑީޕީން ޖޭޕީއާއެކު ވެސް މަޝްވަރާއަށް
Raajje

ގުޅިގެން މަސައްކަތްކުރުމާމެދު އެމްޑީޕީން ޖޭޕީއާއެކު ވެސް މަޝްވަރާއަށް

ކުރިއަށް ހުރި އިންތިހާބުތަކުގައި ގުޅިގެން މަސައްކަތް ކުރުމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) މިއަދު މަޝްވަރާކޮށްފިއެވެ. އެމްޑީޕީން އިއްޔެ ވަނީ، ކުރިއަށް ހުރި އިންތިހާބުތަކުގައި އެ ޕާޓީ އާއި އަދާލަތު ޕާޓީ އާއެކު ގުޅިގެން މަސައްކަތްކުރުމާމެދު ވެސް މަޝްވަރާ ކޮށްފައެވެ. އޭޕީއާއެކު މަޝްވަރާ ހިންގާފައި ވަނިކޮށް، މިއަދު އެފަދަ މަޝްވަރާއެއް ޖޭޕީއާއެކު ވެސް ކުރިއަށް ގެންގޮސްފައިވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެމްޑީޕީން ބުނިގޮތުގައި އެމްޑީޕީގެ 2018 ގައި އ...