Skip to main content
Topic Archive

#މުހައްމަދު ހުސައިން ޝަރީފް - މުންދު

12 Stories filed
ރައީސްގެ އެސެޓް ޑެކްލަރޭޝަން އޮތީ ޢާންމުކޮށްފައި، ކޮންމެ މީހަކަށްވެސް ޑައުންލޯޑް ކުރެވޭނެ: ތަރުޖަމާނު
Raajje

ރައީސްގެ އެސެޓް ޑެކްލަރޭޝަން އޮތީ ޢާންމުކޮށްފައި، ކޮންމެ މީހަކަށްވެސް ޑައުންލޯޑް ކުރެވޭނެ: ތަރުޖަމާނު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެސެޓް ޑެކްލެރޭޝަން ރައީސްގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޢާންމުކޮށްފައިވާ ކަމަށާއި، ބައްލަވާލައްވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށްވެސް ޕީޑީއެފް އެއްގެ ގޮތުގައި ފަސޭހައިން ޑައުންލޯޑް ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. އިސް ތަރުޖަމާނު މިހެން ވިދާޅުވީ “ރައީސް މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި” މި ސުރުޚީގެ ދަށުން “އަދަދު” ނޫހުގައި ޝާއިޢުކުރި ޚަބަރަކާ ގުޅިގެންނެވެ....

''ބަޖެޓުކުރި މިންގަނޑުގައި ޚަރަދުތައް ހިފެހެއްޓުމަކީ ފިޗް ރޭޓިންއަށްވުރެ ބޮޑު ކާމިޔާބީއެއް''
Raajje

''ބަޖެޓުކުރި މިންގަނޑުގައި ޚަރަދުތައް ހިފެހެއްޓުމަކީ ފިޗް ރޭޓިންއަށްވުރެ ބޮޑު ކާމިޔާބީއެއް''

އިތުރަށް ދަރަނިވެރި ނުވެ، ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ބަޖެޓުކުރި މިންގަނޑުގައި ދައުލަތުގެ ޚަރަދުތައް ހިފެހެއްޓުމަކީ ފިޗް ރޭޓިންގ އަށް އައި ބަދަލަށްވުރެ ބޮޑު ކާމިޔާބީއެއްކަމަށް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ ތެރެއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި، ދައުލަތުގެ ޚަރަދުތައް ކަނޑައެޅިފައިވާ ބަޖެ...

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވީއައިއޭގައި އެބޯލާ އާއި ހަންޓާ ވައިރަސްއަށް ސްކްރީން ކުރޭ: ތަރުޖަމާނު
Raajje

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވީއައިއޭގައި އެބޯލާ އާއި ހަންޓާ ވައިރަސްއަށް ސްކްރީން ކުރޭ: ތަރުޖަމާނު

ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެމުންދާ އެބޯލާ އާއި ހަންޓާ ވައިރަސް ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެބަލިތައް ފެތުރޭ ސަރަހައްދުތަކުން އަންނަ ދަތުރުވެރިން ސްކްރީން ކުރަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި “ޕްރެސަރ ވިތު ދަ ސްޕޯކްސް” ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، ދުނިޔޭގެ އ...

ޤާނޫނަކާއި ޚިލާފު ނުވާހާ ހިނދަކު އެއްވެސް މުއައްސަސާއަކުން ފިޔަވަޅެއް ނާޅާނެ: ތަރުޖަމާނު
Raajje

ޤާނޫނަކާއި ޚިލާފު ނުވާހާ ހިނދަކު އެއްވެސް މުއައްސަސާއަކުން ފިޔަވަޅެއް ނާޅާނެ: ތަރުޖަމާނު

ޤާނޫނަކާ ޚިލާފު ނުވާހާ ހިނދަކު، އެއްވެސް މުއައްސަސާއަކުން އެއްވެސް ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް ނާޅާނެކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިއަދުގެ ބައްދަލުވުމުގައި އިސް ތަރުޖަމާނު މިފަދައިން ވިދާޅުވީ، 10 މޭ 2026 ގައި ކްރިމިނަލް ކޯޓުން ނެރުއްވި އަމުރަކާ ގުޅިގެން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާ...

ހެޔޮ ނިޔަތުގައި، ސައްހަ ގޮތަށް ފޮނުވާ އާރުޓީއައި ތަކަށް ޖަވާބުދޭނަން: ތަރުޖަމާނު
Raajje

ހެޔޮ ނިޔަތުގައި، ސައްހަ ގޮތަށް ފޮނުވާ އާރުޓީއައި ތަކަށް ޖަވާބުދޭނަން: ތަރުޖަމާނު

ހެޔޮ ނިޔަތުގައި، ސައްހަ ގޮތަށް އަދި ޒިންމާދާރު ކަމާ އެކު ހުށަހަޅާ މައުލޫމާތު ހޯދައި ލިބިގަތުމުގެ (އާރުޓީއައި) ހުށަހެޅުންތަކަށް ސަރުކާރުން ޖަވާބު ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ދެއްވައިފިއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުންދު ފާހަގަކުރެއްވި ގޮތުގައި، އާރުޓީއައި ހުށަހެޅުމު...

ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ބަދަލުގެނައީ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެގޮތް ހަދައިދިނުމަށް: ތަރުޖަމާނު
Raajje

ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ބަދަލުގެނައީ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެގޮތް ހަދައިދިނުމަށް: ތަރުޖަމާނު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ބަދަލުގެނައީ ބޭންކުގައި ހުރި ޑޮލަރު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ލިބޭނެގޮތް ހަދައިދިނުމަށްކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޯކްސް” ސިލްސިލާގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ސްޕޯކްސްޕަރސަން ވިދާޅުވީ، މުޅި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާ...

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިއުމަކީ ހަމައެކަނި ސަރުކާރުގެ ސަބަބުން ވާކަމެއް ނޫން: ތަރުޖަމާނު
Raajje

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިއުމަކީ ހަމައެކަނި ސަރުކާރުގެ ސަބަބުން ވާކަމެއް ނޫން: ތަރުޖަމާނު

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް ނުވަތަ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިއުމަކީ ހަމައެކަނި ސަރުކާރުގެ ސަބަބުން ވާކަމެއް ނޫން ކަމަށް ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް “ޕްރެސަރ ވިތް ދަ ސްޕޯކްސް” ގެ ނަމުގައި ފެށި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައ...

"ޕްރެސަރ ވިތް ދަ ސްޕޯކްސް"، ސަރުކާރުގެ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކެއް
Raajje

"ޕްރެސަރ ވިތް ދަ ސްޕޯކްސް"، ސަރުކާރުގެ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކެއް

ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް “ޕްރެސަރ ވިތް ދަ ސްޕޯކްސް” ގެ ނަމުގައި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކެއް މިއަދު ފަށައިފިއެވެ.   މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް މިއަދު މެންދުރު ޓެލެވިޜަން މޯލްޑިވްސްގައި ވަނީ ބާއްވަވާފައެވެ. ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި މިއީ ސަރުކާރުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަށާއި، ނޫސްވެރިން ބޭނުންވާ މަޢުލޫމާތުތަކަށް ސީދާ ޖަވ...

އައު ބަދަލާއެކު ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާވެ، މަޝްރޫޢުތަކުގެ ދުވެލި އިތުރަށް ހަލުވިވާނެ: މުންދު
Raajje

އައު ބަދަލާއެކު ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާވެ، މަޝްރޫޢުތަކުގެ ދުވެލި އިތުރަށް ހަލުވިވާނެ: މުންދު

ސަރުކާރުގެ ކެބިނެޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތަކާއެކު، ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާވެ، ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެލި ހަލުވިވެގެންދާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސަރުކާރުގެ 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ގެންނެވި ބަދަލަކީ ނިމިދިޔަ އިންތިޚާ...

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމަށް މުންދު
Raajje

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމަށް މުންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ. މުޙައްމަދު ޙުސައިން ޝަރީފަކީ ސަރުކާރުގެ މަތީ މަޤާމުތަކާއި ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ މީގެ ކުރިން ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި، ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާ...

ޔޫއޭއީގެ ސަފީރުކަމުން މުންދު ވަކިކޮށްފި
Raajje

ޔޫއޭއީގެ ސަފީރުކަމުން މުންދު ވަކިކޮށްފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު މަގާމުން ވަކިކުރައްވައިފިއެވެ. މުންދުއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. މުންދުގެ އިތުރުން، މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮ، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް ވަނީ މިއަދު މަގާމުން ވަކިކުރައްވާފައެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިނ...

މުންދު އަށް އެމްބެސެޑާ އެޓް ލާޖްގެ މަގާމު
Raajje

މުންދު އަށް އެމްބެސެޑާ އެޓް ލާޖްގެ މަގާމު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާރޖްގެ މަގާމަށް، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިރޭ ޢައްޔަނު ކުރައްވައިފިއެވެ. މުންދު މީގެ ކުރިން ވަނީ ސްޕޯޓްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ މިނިސްޓަރު ކަމާއި އަދި ސަރުކާރުގެ ތަރުޖަމާންގެ މަގާމުވެސް އަދާކުރައްވާފަ އެވެ. މުންދުއަށް މަގާމުގެ ފަތްކޮޅު އަރުވާފައި ވަނީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. މީގެ ކުރިން ރައީސް މުޢިއްޒު ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ […]