ފެލިވަރުގެ ކެޕޭސިޓީ އިތުރުވުމުން އުތުރުގެ މަސްވެރިންނަށް މަސްކިރަން ފަސޭހަކަން ލިބޭނެ: ފައުޒީ
އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްކިރުމުގެ އިންތިޒާމުކަމަށާއި، ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގޭ މަޝްރޫޢުތައް ނިމުމުން އުތުރުގެ މަސްވެރިންނަށް ފަހިކޮށް މަސްކިރޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ އެޅުމަށް ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، އުންމީދަކީ ފެލިވަރު ތަރައްގީވެގެން ދިޔުމުން އުތުރުގެ...