Skip to main content
Topic Archive

#މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

76 Stories filed
ގާފަރުގައި ޤާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ހުޅުވައިފި
International

ގާފަރުގައި ޤާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ހުޅުވައިފި

ކ. ގާފަރުގައި ސަރުކާރުން ޤާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީކޮށް ހުޅުވައިފިއެވެ. މި އައިސް ޕްލާންޓް ހުޅުއްވައި ދެއްވީ މިއަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަައްމަދު ޞާލިޙް، ގާފަރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ރައީސް ޞާލިޙްގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ...

ކޮމަންޑޫ ކައުންސިލުން، ފިޝަރީޒް މިނިސްޓަރާއި ބައްދަލުކޮށްފި
Thiladhunmathi News

ކޮމަންޑޫ ކައުންސިލުން، ފިޝަރީޒް މިނިސްޓަރާއި ބައްދަލުކޮށްފި

ކޮމަންޑޫ ކައުންސިލުން، މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު އިއްޔެ ބައްދަލު ކޮށްފިއެވެ. މި ބައްދަލުވުމަކީ ފިޝަރިޒް އެން އެގްރިކަލްޗަރ ދާއިރާއިން އެރަށަށް މިވަގުތު ބޭނުންވެފައިވާ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް، މިނިސްޓަރުގެ ސަމާލުކަމަށް އެކަންކަން ގެނައުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު 3 ކަމަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. މިގޮތުން ކޮމަންޑޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސ...

ނޭކުރެންދޫ ދަނޑުވެރިންނަށް މައުލޫމާތުދީފި
Thiladhunmathi News

ނޭކުރެންދޫ ދަނޑުވެރިންނަށް މައުލޫމާތުދީފި

ފިޝަރީޒް މިނިސްޓްރީގެ ޕްލާންޓް އެންޑް އެނިމަލް ހެލްތް ސާރވެއިލެންސް ޓީމްއާއި ހދ. ނޭކުރެންދޫ ކައުންސިލް ގުޅިގެން އެރަށުގެ ދަނޑުތަކަށް ޒިޔާރަތްކޮށް ދަނޑުވެރިންނަށް މައުލޫމާތުދީފިއެވެ. ނޭކުރެންދޫ ކައުންސިލް މެންބަރު ޢާއިޝަތު ޝަފާ “ތިލަދުން” ވިދާޅުވީ މި ޒިޔާރަތުގެ އެންމެ ބޮޑު މަޤްސަދަކީ ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަންނާނެ ގޮތް ދަނޑުވެރިންނަށް ކިޔާދިނުމާއިއެކު އެކަމަށް ބޭނުން ކުރާނެ ބޭހާއި ބޭސް ބޭނުން ކުރާނެ ގޮތްތައް ދަނޑުވެރިންނަށް އޮޅުންފިލުވައި ދިނުމުގެ އިތުރުން ދަނޑުވެރިންނަށް ދިމާވެފައިވާ ދަތި...

މާލެ އަތޮޅުގެ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި
Business

މާލެ އަތޮޅުގެ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

މާލެއަތޮޅުން ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ. އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ކ. ގާފަރުގައި ހާއްސަ ހަފްލާއެއް ބާއްވާނެ ކަމަށެވެ. އަދި މި ހަފްލާގައި މާލެ އަތޮޅުން ފާހަގަކޮށްލެވޭ ކެޔޮޅުން ހޮވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. ފިޝަރީޒް މިނިސްޓްރީން މި އެވޯޑު ދޭނީ މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ހިދުމަތްތެރި ކެޔޮޅަށާއި އެންމެ ތަޖުރިބާ ހުރި ކެޔޮޅަށެވ...

ދިއްދޫއާއި ކޮމަންޑޫ ހިމެނޭހެން ފަސް ރަށަކަށް އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ދިއްދޫއާއި ކޮމަންޑޫ ހިމެނޭހެން ފަސް ރަށަކަށް އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ދިއްދޫއާއި ށ. ކޮމަންޑޫ ހިމެނޭހެން ފަސް ރަށަކަށް 25 ޓަނުގެ އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް، ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގަމުންދާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން އައިސްޕްލާންޓް އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ.ދިއްދޫ، ށ.ކޮމަންޑޫ، އއ.ރަސްދޫ، ދ.މީދޫގެ އިތުރުން ލ.މާމ...

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު އުނގެނުމަށް ސްކޮލާޝިޕްގެ ފުރުޞަތު ހުޅުވާލައިފި
Raajje

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު އުނގެނުމަށް ސްކޮލާޝިޕްގެ ފުރުޞަތު ހުޅުވާލައިފި

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު އުނގެނުމަށް ސްކޮލާޝިޕްގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުޅުވާލައިފިއެވެ. ސާކް ޕީއެޗްޑީ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ސްރީލަންކާގައި ކުރިއަށް ގެންދާ މި ކޯހަކީ ޕީއެޗްޑީ އިން އެގްރިކަލްޗަރަލް އިކޮނޮމިކްސް ފެންވަރުގެ ކޯހެކެވެ. މި ސްކޮލާޝިޕްގެ ފުރުޞަތު ހުޅުވާލައި 02 ސެޕްޓެމްބަރ 2021 ގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކޮށްފައިވާ އިޢުލާނުގައި މި ކޯހުގެ ޝަރުތުތައް ވެސް ވަނީ ހިމަނާ...

އަމިއްލަ ފަރާތްތަކުން އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމަކީ މަނާކަމެއް: ފިޝަރީޒް މިނިސްޓްރީ
Raajje

އަމިއްލަ ފަރާތްތަކުން އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމަކީ މަނާކަމެއް: ފިޝަރީޒް މިނިސްޓްރީ

ބައެއް ފަރާތްތަކުން އަމިއްލަ ތަކެތީގައި އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިޝަރީޒްއަށް ލިބެމުންދާތީ އެ ކަމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން މަނާކަމެއް ކަމުގައި އެ މިނިސްޓްރީން ހާމަކޮށްފިއެވެ. މިކަން ހާމަކޮށް އެ މިނިސްޓްރީން 01 ސެޕްޓެމްބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދު (ޤަވާއިދު ނަންބަރު 2020/R-75) ގެ 20 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން،...

ދަނޑުވެރިކަމާބެހޭ ވަޒީރު އުތުރުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވައިފި
Thiladhunmathi News

ދަނޑުވެރިކަމާބެހޭ ވަޒީރު އުތުރުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވައިފި

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން އުތުރުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވައިފިއެވެ. މި ދަތުރު މިނިސްޓަރުގެ އަރިހުގައި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ފަންނީ އެހީތެރިކަން ފޯރުކޮށް ދެމުންއަންނަ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އިފާޑްގެ ކަންޓްރީ ޑައިރެކްޓަރު މިސިޒް ޝީރީން ތަބައްސުމް ބައިވެރިވެ ވަޑައިގަތެވެ. މީގެއިތުރުން ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ނާޝިދުއާއި، އެގްރޯނެޓްގ...

ފިޝަރީޒް މިނިސްޓްރީއަށް އިތުރު ނައިބަކު އައްޔަނު ކުރައްވައިފި
Raajje

ފިޝަރީޒް މިނިސްޓްރީއަށް އިތުރު ނައިބަކު އައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމަށް މ. މޭގަ ޙަސަން ނާޝިދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ޙަސަން ނާޝިދަކީ ހޮރިޒޯން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ ކަމުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ސްކޫލުގެ ޕްރިންސިޕަލެއްގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ނާޝިދު ވަނީ ސްރީލަންކ...

ގަވާއިދާ ހިލާފުވި މަސް ބޯޓެއްގެ ވެރިފަރާތް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
Raajje

ގަވާއިދާ ހިލާފުވި މަސް ބޯޓެއްގެ ވެރިފަރާތް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސް ބޯޓެއްގެ ވެރިފަރާތް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވީ، މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ޤަވާއިދާ ޚިލާފަށްވަދެ، މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތް ބޯޓުގެ ވެރިފަރާތް ކަމަށެވެ. އެ ފަރާތް ޖޫރިމަނާކޮށްފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެދަށުން 4 ލައްކަ ރުފިޔާއިންކަމަށް ކަމަށް އ...

ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީއެއް އުފަށްދަނީ
Raajje

ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީއެއް އުފަށްދަނީ

ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީއެއް އުފައްދާ ގޮތަށް ހިމަނައި، “ހިބަރުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމާބެހޭ ގަވާއިދުު” މިއަދު އާންމުކޮށްފިއެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން މަސްވެރިކަމާބެހޭ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ އެ ގަވާއިދުގެ މަޤުޞަދަކީ، ދިވެހިރާއްޖޭގެ ހިބަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޛުކުރުމާއި، ދިވެހިރާއްޖޭގައި ކުރެވޭ ހިބަރުގެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމަށ...

މިނިސްޓަރު ޒަހާ އޮފީހުގައި، މަގާމުން ވަތްކެއް ނުކުރަށްވާ!
Raajje

މިނިސްޓަރު ޒަހާ އޮފީހުގައި، މަގާމުން ވަތްކެއް ނުކުރަށްވާ!

ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރުކަމުން ޒަހާ ވަހީދު މަގާމުން ވަކިކޮށް ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ބަދަލުކުރައްވައިފިކަމަށް ރޭ ޚަބަރު ފެތުރުނު ނަމަވެސް އަދި މިނިސްޓަރު ޒަހާ އެމަގާމުން ވަކިކުރަށްވާފައި ނުވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިނިސްޓަރު ޒަހާ މަގާމުން އަދި ވަކިކުރަށްވާފައި ނުވާއިރު މިއަދު އޮފީހަށް ވެސް ނުކުންނަވައި، ރަސްމީ މަސައްކަތުގައި އުޅުއްވިއެވެ. ޒަހާ މަގާމުން ވަކިކުރެއްވި ކަމަށް އަޑު ފެތުރުނީ، ރޭގައެވެ. އިތުބާރު ހުރި މަސްދަރަކާ ހަވާލާދީ ކަމަށްބުނެ، ފެތުރުނު އެ ޚަބަރުގަ...

ފިޝަރީޒް މިނިސްޓްރީގެ ނައިބަކަށް ޢަލީ މާޖިދު
Raajje

ފިޝަރީޒް މިނިސްޓްރީގެ ނައިބަކަށް ޢަލީ މާޖިދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަޤާމަށް މ. ހިޔަމަ ޢަލީ މާޖިދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ޢަލީ މާޖިދަކީ ނ. އަތޮޅު ކައުންސިލް މެންބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ނޮދަރން ޔޫޓިލިޓީސްގެ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމާއި، ޕްލޭންކްޓަންސް ބީޗް ހޮޓެލް އަދި މޯނިންގ ސަންރައިސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގައި ޖެނެރަލް މެނޭޖަރގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުންވެސް...

މިޔަރުގެ މަސްވެރިކަމަށް ހުއްދައެއް ނުދޭނެ!
Raajje

މިޔަރުގެ މަސްވެރިކަމަށް ހުއްދައެއް ނުދޭނެ!

މިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލުުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކުރިން ހާމަކޮށްފައި ވީނަމަވެސް، އެކަމަށް ހުއްދަ ނުދޭން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ. ފިޝަރީޒް މިނިސްޓްރީން އެކަން ހާމަކޮށްފައި ވަނީ މިމައްސަލައިގައި އިއްޔެ ނެރުނު ނޫސްބަޔާނެއްގަ އެވެ. ރާއްޖޭގައި މިހާތަނަށް 11 އަހަރުވެފައިވާ މިޔަރުގެ މަސްވެރިކަން ކުރުން މަނާކޮށްފައި އޮތް އޮތުން އުވާލާ، މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެމުންދާކަން 23 މާރޗް 2021 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އ...

މަސްވެރިކަމުގައި ބައިވެރިނުވާ ގޮތަށް އޮޑިދޯނިފަހަރުގައި ބިދޭސީން ގެންގުޅެން ހުއްދަ ދީފި
Raajje

މަސްވެރިކަމުގައި ބައިވެރިނުވާ ގޮތަށް އޮޑިދޯނިފަހަރުގައި ބިދޭސީން ގެންގުޅެން ހުއްދަ ދީފި

ރާއްޖޭގެ މަސް ބާނަން ބޭނުން ކުރާ އޮޑި ދޯނިތަކުގައި މަސްވެރިކަން ނޫން އެހެން ކަންކަން ކުރުމަށް ބިދޭސީން ގެންގުޅުމުގެ ހުއްދަ ފިޝަރީޒް މިނިސްޓްރީންދީފިއެވެ. ގަވާއިދާ ހިލާފަށް ބިދޭސީން ދޯނިތަކުގައި މަސައްކަތް ކުރުމުން ރާއްޖޭގެ މަސްވެރިކަމަކީ ގަވާއިދާ ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ބޭރުގެ ރީޓެއިލަރުން ގަބޫލު ކުރާކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އެހެންކަމުން މި ހުއްދަ ދިނުމުން އިންޑަސްޓްރީއަށް ވެސް ފައިދާ ވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ މި ހުއްދަ ދޭން ނިންމީ […]