"ކޯވިޑްގެ އާ ރާޅެއް، ޑެލްޓާއަށް ވުރެ އެތައް ގުނައެއް އޮމިކްރޯންގެ ކޭސްތައް އިތުރުވެދާނެ"
ރާއްޖެއަށް ކޯވިޑް-19ގެ އާ ރާޅެއް އައިސްފައިވާއިރު ކުރިން ފެތުރެމުން ދިޔަ ޑެލްޓާ ވޭރިއަންޓަށްވުރެ، މިފަހަރު ފެތުރޭ އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ލަފާކުރައްވައިފިއެވެ. އެޗްއީއޯސީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާޠިމަތު ނަޒްލާ ރަފީޤް ވަނީ ރާއްޖޭގައި ކޯވިޑްގެ ކޭސްތައް ގިނަވަމުންދާކަން ފާހަގަކުރައްވައި، އަދި ހާއްސަކޮށް މާލެ ސަރަހައްދުގައި ކޭސްތައް އ...