ހާލަތު ވަރަށް ގޯސް، ދެވަނަ ލޮކްޑައުނަކަށް ދާންޖެހިދާނެ!
މާލެ ސަރަހައްދުގައި ކޯވިޑް-19 ބަލިމަޑުކަމުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ދެވަނަ ލޮކްޑައުންއަކަށް ދާންޖެހިދާނެ ކަމަށް އެޗްއީއޯސީން ބުނެފިއެވެ. ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19 ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރު، ޑރ. އަހްމަދު ޝަހީދު ކޯވިޑްގެ ހާލަތު ގޯސްވެ، މި ބަލީގައި އެޑްމިޓުކުރާ މީހުންނާއި މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާ ކަމަށެވެ. ހޮސްޕިޓަލުގައި މީހުން އެޑްމިޓުކޮށްފައިވާ ބަލިމީހު...