އެސްޓީއޯ ހެއްޔާ މަކިޓާ މުބާރާތުގެ މުއްދަތު އިތުރުކޮށްފި
އެސްޓީއޯއިން މިދިޔަ ނޮވެމްބަރު މަހު ފެށި ހެއްޔާ މަކިޓާ މުބާރާތުގެ މުއްދަތު އެ ކުންފުނިން އިތުރުކޮށްފިއެވެ. އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވީ މިދިޔަ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް އެސްޓީއޯ އިން މިއަދު ވަނީ މުބާރާތުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ 15 އާ ހަމައަށް އިތުރުކޮށްފައެވެ. އެސްޓީއޯ އިން ބުނި ގޮތުގައި މުބާރާތުގެ މުއްދަތު އިތުރުކުރީ ބައިވެރިވާން ބޭނުންވާ މީހުނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުންނެވެ. މި މުބާރާތުގައި މަކިޓާ ޕަވާޓޫލް ބޭނުންކޮށްގެން ދިވެހިންގެ ފަންނުވެރިކަން [...