އެސްޓީއޯގެ ސްޓާފް ޖިމް ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިފި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސްޓާފް ޖިމް އެ ގްރޫޕްގެ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ. އެސްޓީއޯ ސްޓާފް ކުއާޓާޒްގައި ހަދާފައިވާ ސްޓާފް ޖިމަކީ އެންމެ ޒަމާނީ ވަސީލަތްތައް ހިމަނައިގެން ހަދާފައިވާ ޖާގަ ތަނަވަސް ޖިމެކެވެ. އެ ޖިމް، ހުޅުވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަބްދުﷲ ސައީދެވެ. ޖިމް ހުޅުވުމުގެ ގޮތުން އެސްޓީއޯ ގްރޫޕްގައި ހިމެނޭ ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ޖިމް ބޭނުން ކުރުމ...