Skip to main content
Topic Archive

#އެސްޓީއޯ

357 Stories filed
ކުޅުދުއްފުށީ ކޮރަލްސް މަސްރޭހުގެ ޗެމްޕިއަންކަން އެސްޓީއޯ އަށް
Thiladhunmathi News

ކުޅުދުއްފުށީ ކޮރަލްސް މަސްރޭހުގެ ޗެމްޕިއަންކަން އެސްޓީއޯ އަށް

ހދ.ކުޅުދުއްފުށީ ކުލަބް ކޮރަސްގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވި” ފާރޮށި ބޭކަރީ ކޮރަލްސް މަސްރޭސް 2023″ ގެ ޗެމްޕިއަންކަން އެސްޓީއޯ އިން ކާމިޔާބު ކޮށްފިއެވެ. ކުޅުދުއްފުށީ އޮފީސްތަކަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތް ބާއްވާފައި ވަނީ އިއްޔެއެވެ. އަންހެން ޓީމްތަކަށާއި ފިރިހެން ޓީމްތަކުގެ އިތުރުން ދެ ޖިންސް އެއްކޮށް ވެސް ޓީމް ހެދުމުގެ ފުރުޞަތު ދިން މި މުބާރާތުގައި ޖުމްލަ 25 ޓީމް މިއަހަރު ވަނީ ވާދަކޮށްފައެވެ. ޖުމްލަ 137.1 ކިލޯ މަސް […]

މީޑިއާ ކައުންސިލުން ހިންގާ ސްޓޫޑެންޓް ޖާނަލިޒަމްގެ ޕްލެޓިނަމް ސްޕޮންސަރ އަކަށް އެސްޓީއޯ
Raajje

މީޑިއާ ކައުންސިލުން ހިންގާ ސްޓޫޑެންޓް ޖާނަލިޒަމްގެ ޕްލެޓިނަމް ސްޕޮންސަރ އަކަށް އެސްޓީއޯ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފިއެވެ. އެސްޓީއޯގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އަބްދުالله މުހައްމަދެވެ. އެމްއެމްސީގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަޙްމަދު މުޞްޠަފާއެވެ. މި ރަސްމިއްޔާތުގައި އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ވަނީ އެސްޓީއޯއަކީ މީހުން ބިނާކުރުމަށް އެމްއެމްސީން ކުރިއަށްގެނ...

އެސްޓީއޯގައި ތަމްރީންވުމުގެ 20 ފުރުސަތު
Business

އެސްޓީއޯގައި ތަމްރީންވުމުގެ 20 ފުރުސަތު

ޔޫތް މިނިސްޓްރީން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެސްޓީއޯ އިން ތަމްރީންވުމަށް 20 ފުރުސަތު ހުޅުވާލައިފިއެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދާނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. މި މުއދަތުގައު ބައިވެރިންނަށް ކޮންމެ މަހަކު އެލަވަންސެއްގެ ގޮތުގައި 7000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ބައިވެރިއަކަށް ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ތިނެއްގެ ސެޓުފިކެޓެއް ވެސް ލިބޭނެއެވެ. އަދި ގްރެޖުއޭޓްވާ ކޮންމެ މީހަކަށް އެސްޓީއޯ އިން ވަޒީފާ ޔަގީ...

ސިއްހީ ދާއިރާއަށް ބޭނުންވާ 20 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާ ހަވާލުކޮށްފި
Raajje

ސިއްހީ ދާއިރާއަށް ބޭނުންވާ 20 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާ ހަވާލުކޮށްފި

ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ 20 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން އެސްޓީއޯ އާ ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލް އެވެ. އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަޢީދު އެވެ. މި އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ ތެރޭގައި 20 އެމްބިއުލާންސް ރާއްޖެ ގެނެސް ހެލްތް މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް އެސްޓިއޯ އިން ބުނެއެވެ. ރާއްޖޭގެ ސިއްހީ ނިޒާމު […]

އެސްޓީއޯ އިން އެމްއޭސީއެލް އަށް ތެޔޮ ވިއްކަން ވެފައިވާ އެއްބަސްވުން އައު ކޮށްފި
Business

އެސްޓީއޯ އިން އެމްއޭސީއެލް އަށް ތެޔޮ ވިއްކަން ވެފައިވާ އެއްބަސްވުން އައު ކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ތެޔޮ ވިއްކަން ވެފައިވާ އެއްބަސްވުން އައު ކޮށްފިއެވެ. މި އެއްބަސް އައު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދުއެވެ. މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސައީދެވެ. އެމްއޭސީއެލް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މަހްޖޫބު ޝުޖާއު އެވެ. މި އެއްބަސްވުމުގެ […]

އެސްޓީއޯގެ އެމްޑީގެ މަގާމަށް ސައީދު އައްޔަން ކޮށްފި
Raajje

އެސްޓީއޯގެ އެމްޑީގެ މަގާމަށް ސައީދު އައްޔަން ކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) މިއަދު އައްޔަންކޮށްފި އެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސައީދު، އެސްޓީއޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ މިއަދުއެވެ. އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސައީދު ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވުމަށްފަހު، 2011 ވަނަ އަހ...

އެސްޓީއޯ ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 24 ގެ ނިޔަލަށް
Raajje

އެސްޓީއޯ ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 24 ގެ ނިޔަލަށް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި އޭޕްރިލް މަހު 24 ގެ ނިޔަލަށް ހުޅުވާލައިފިއެވެ. ޕަބްލިކް ހިއްސާދާރުން ތަމްސީލުކުރުމަށް، ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް ބަޔާންކޮށް، އެ ކުންފުނިން ކޮށްފައިވާ އިއުލާނުގައި ވަނީ އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް އަދި ފޯމާ އެކު ހުށަހަޅަން ޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށްފަހު cs@s...

އެސްޓީއޯގެ އެމްޑީގެ މަގާމަށް ހަމަޖެއްސުމަށް ކޮށީގޭ ސައީދުގެ ނަން ފޮނުވައިފި
Raajje

އެސްޓީއޯގެ އެމްޑީގެ މަގާމަށް ހަމަޖެއްސުމަށް ކޮށީގޭ ސައީދުގެ ނަން ފޮނުވައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސުމަށް އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ގެ ނަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އަށް ފޮނުވައިފިއެވެ. ރައީސް އޮފީހުގެ ކުރީގެ ކެބިނެޓް ސެކްރެޓަރީ ކަންވެސް ކުރައްވާފައިވާ ސައީދު، އެސްޓީއޯގެ އެމްޑީގެ މަގާމަށް ހަމަޖެއްސުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް މިހާރުއަންނަނީ ކުރަމުންނެވެ. ސައީދު މިހައިތަނަށް ހުންނެވީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަ...

އަމްރު ވަކިކޮށް، އެސްޓީއޯ ހިންގުން ސީއެފްއޯއާ ހަވާލުކޮށްފި
Business

އަމްރު ވަކިކޮށް، އެސްޓީއޯ ހިންގުން ސީއެފްއޯއާ ހަވާލުކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިނޭޝަން (އެސްޓީއޯ) ގެ ހިންގުން ވަގުތީގޮތުން އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމްއާ ހަވާލުކޮށްފިއެވެ. އެސްޓީއޯ އަށް މި ބަދަލު ގެނެސްފައިވަނީ މިއަދު އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރު، މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެސްޓީއޯއިން ވަނީ އެކަން ހާމަކޮށް ޓްވީޓެއްކޮށްފައެވެ. އެސްޓީއޯ އިން ބުނީ އެ ކުންފުނީގރ ހިންގުން ވަގުތީގޮތުން ނިޒާމްއާ ހަވާލުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސ...

ދެވަނަ ފިޔަވަހީގައި ހުޅުވި ފިހާރައިން އަމިއްލަ ވިޔަފާރި ތަކަށާއި ހެދިކާ ހަދާ މީހުންނަށް ވެސް ޖާގަ ދެވޭނެ: އަމްރު
Raajje

ދެވަނަ ފިޔަވަހީގައި ހުޅުވި ފިހާރައިން އަމިއްލަ ވިޔަފާރި ތަކަށާއި ހެދިކާ ހަދާ މީހުންނަށް ވެސް ޖާގަ ދެވޭނެ: އަމްރު

ހުޅުމާލެ ފިޔަވަހީގައި އެސްޓީއޯ އިން ހުޅުވި “ރޯދަ މާޓު” ގެ ހަރުތައް ވަނީ އަމިއްލަ ވިޔަފާރިތަކަށް ދޫކުރެވިފައި ކަމަށާއި، މީގެ އިތުރުން އެ ފިހާރައިން ހެދިކާ ހަދާ މީހުންނަށް ވެސް ޖާގަ ދެއްވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ފިހާރައިން ރޯދަ މަހު ހުޅުމާލެ 2 ގަ އުޅުއްވާ ބޭފުޅުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެ ކަމަށެވެ. އަދި މި ފިހާރައިގަވެސް ހަރުތައް އަމިއްލަ ވިޔަފާރިތަކަށް […]

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެސްޓީއޯގެ ''ރޯދަ މާޓު'' ހުޅުވައިފި
Business

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެސްޓީއޯގެ ''ރޯދަ މާޓު'' ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި “ރޯދަ މާޓު” ގެ ނަމުގައި އާ ފިހާރައެއް އެސްޓީއޯއިން ހުޅުވައިފިއެވެ. އެ ފިހާރަ ހުޅުވީ ދެވަނަ ފިޔަވަހީގެ ވިނަރެސް ނުވައެއްގައެވެ. ފިހާރަ ހުޅުވައި ދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އެ ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްކޮށް ވެސް އެސްޓީއޯއިން އެތެރެ ކުރާ ކާބޯތަކެތީގެ ގިނަ ބާވަތްތައް ލިބޭނެއެވެ. ރޯދައާ ދިމާކޮށް އެ ފިހާރަ ހުޅުވި އިރު އެތަނުން ކަސްޓަމަރުންގެ އެންމެ […]

ރޯދަ މަހު އެސްޓީއޯއިން ފިޔާ، އަލުވި، ބިސް ވިއްކާ އަގުތައް އާއްމުކޮށްފި
Business

ރޯދަ މަހު އެސްޓީއޯއިން ފިޔާ، އަލުވި، ބިސް ވިއްކާ އަގުތައް އާއްމުކޮށްފި

އަންނަ ރޯދަ މަހު އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް ވިއްކާނެ އަގުތައް އާއްްމުކޮށްފިއެވެ. އެސްޓީއޯއިން މިއަދު އާއްމުކުރި އަގުތައް ދައްކާ ގޮތުން މި ރޯދަ މަހު އެންމެ އަގުހެޔޮވާނީ ފިޔާއެވެ. އެގޮތުން، ފިޔާ ކިލޯއެއް އެންމެ 9ރ. އަށް އެ ކުންފުނިން ވިއްކާނެއެވެ. އަދި ބަސްތާއެއް ލިބޭނީ 180ރ. އަށެވެ. އެ ކުންފުނިން މި ރޯދަ މަހު ބިސް ކޭހެއް ލިބެން ހުންނާނީ 320ރ. އަށެވެ. ވަކިން ބިހެއް ވިއްކާނީ 1.75ރ. އަށެވެ. މީގެ އިތުރުން […]

ރޯދަޔަށް ހާއްސަ ފިހާރައެއް އެސްޓީއޯއިން ދެވަނަ ފިޔަވަހީގައި ހުޅުވަނީ
Business

ރޯދަޔަށް ހާއްސަ ފިހާރައެއް އެސްޓީއޯއިން ދެވަނަ ފިޔަވަހީގައި ހުޅުވަނީ

ރޯދަމަހަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފިހާރައެއް ހުޅުމާލޭ ފޭސް ދޭއްގައި ހުޅުވުމަށް ނިންމައިފިއެވެ. އެސްޓީއޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ފިހާރަ މަރާމާތުގެ މަސައްކަތަށް ބަންދުކޮށްފައިވުމުން އެސްޓީއޯއިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނެ ފިހާރައެއް ނެތްކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ހުޅުމާލެ ފަދަ ބޮޑު އަބާދީއެއްގައި އެސްޓީއޯގެ ފިހާރައެއް ނެތުމުން ތަކެތީގެ އަގު ބޮޑުވެގެން ގޮސްދާނެކަމުގެ ޝަކުވާވެސް ލިބެމުނ...

ހިޓާޗީގެ އާ އުފެއްދުންތައް ރާއްޖެއަށް
Business

ހިޓާޗީގެ އާ އުފެއްދުންތައް ރާއްޖެއަށް

ހިޓާޗީގެ އާ އުފެއްދުންތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން އާއި ހިޓާޗީ ހޯމް އެޕްލައަންސްގެ ސޭލްސް ޑިރެކްޓަރު ޖައިންއެވެ. ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީގެ އުފެއްދުންތަކުގެ ތެރެއިން މި ފަހަރު އެސްޓީއޯއިން ތައާރަފްކުރި އުފެއްދުންތަކުގެ ތެރޭގައިވެސް، އާ ފީޗާތަކާއެކު އުފައްދާފައިވާ ފްރިޖާއި، ދޮންނަމެޝިނާއި، މައިކްރޯވޭވް އަވަ...

އެއްވެސް ކޭޝިއަރަކު ނުހުންނަ ސްމާޓް ފިހާރަ އަންނަ މަހު ހުޅުވާނެ
Business

އެއްވެސް ކޭޝިއަރަކު ނުހުންނަ ސްމާޓް ފިހާރަ އަންނަ މަހު ހުޅުވާނެ

އެސްޓީއޯ އިން ހުުޅުމާލޭގައި ހަދަމުން އަންނަ ކޭޝިއަރުން ނުތިބޭ ސްމާޓް ފިހާރަ އަންނަ މަހު ހުޅުވާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޭޝިއަރެއް ނުހުންނަ މި ފިހާރައިގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށްދާ ކަމަށާއި އަންނަ މަހު ފިހާރަ ހުޅުވާނެ ކަމަށެވެ. އެސްޓީއޯ އިން މުޅިން އަލަށް ރާއްޖެއަށް ތައާރަފުކުރާ ކޮންސެޕްޓުގެ މި ފިހާރަ ހަދަމުން އަންނަނީ ހުޅުމާލެ އެސްޓީއޯ ފިހާރަ ކުރިން ހުރި ތަނުގައެވެ. “ގްރެބް […]