Skip to main content
Topic Archive

#އެސްޓީއޯ

357 Stories filed
ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ
Business

ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެކަމަށާއި، ފެނަކައިގެ ހާލަތު ރަނގަޅުކޮށް ފައިދާވާ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މީޑިއަމް-ލޯންގް ޓާމަށް ވިސްނައިގެންކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ ސީއީއޯ ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ފެނަކަ އަކީ، އެސްޓީއޯ ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ 25 އޯގަސްޓް 2024 ގައެ...

ފެނަކަ އަކީ އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެއްގޮތުގައި ހަމަޖައްސައިފި
Business

ފެނަކަ އަކީ އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެއްގޮތުގައި ހަމަޖައްސައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ. ރައީސް މިގޮތަށް ނިންމަވާފައި ވަނީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މާލީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ. މިގޮތުން ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، އެސް.ޓީ.އޯ އިން ގަނެ އެ ކުންފުނީގެ ސަބް...

އެސްޓީއޯއިން އެމްޕީއެލްއާއިއެކު އުތުރުގެ ބަންކަރިން ޚިދުމަތް ފޯރުކޮށްދިނުމާގުޅޭ އެއްބަސްވުމެއް
Business

އެސްޓީއޯއިން އެމްޕީއެލްއާއިއެކު އުތުރުގެ ބަންކަރިން ޚިދުމަތް ފޯރުކޮށްދިނުމާގުޅޭ އެއްބަސްވުމެއް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އުތުރުގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ދިނުމާގުޅޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެކު ސޮއިކޮށްފިއެވެ. ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި ފަށަން ތައްޔާރުވަމުން އަންނައިރު، މި މަޝްރޫޢު ހިންގަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިސްވެ އޮވެއެވެ. މިގޮތުން އެސްޓީއޯއާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާ ދެމެދު މި މަޝްރޫޢާއިގުޅޭ އެއްބަ...

އުތުރުގައި އަންނަމަހު 20ގައި ބަންކަރިންގެ ހިދުމަތް ފަށަނީ
Thiladhunmathi News

އުތުރުގައި އަންނަމަހު 20ގައި ބަންކަރިންގެ ހިދުމަތް ފަށަނީ

އުތުރުގައި އަންނަމަހު 20ގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ފެށޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ މައި ހަރުގޭގައި މި ޖުލައި މަހުގެ 7 ވަނަ ދުހުގެ ރޭ ކުރިއަށް ގެންދިޔަ އެ އިއްތިހާދުގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވަނީ އެ ރޭން ފެށިގެން އެއް މަސް ތެރޭގައި ބަންކަރިންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް އުތުރުގައި ފައްޓާނެ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު ދައުލަތުގެ މީޑިއާ، […]

އެސްޓީއޯއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި
Business

އެސްޓީއޯއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ ހުޅުލޭގައި ހުންނަ ސީޕްލޭން ޓާމިނަލުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައެވެ. ހިއްސާގެ ފައިދާ ބަހަން ފާސްވީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ. ރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުންގެ ތެރެއިން 189 މީހުން ބައިވެރިވިއެވެ. މިއީ ފާއިތުވި 17 ވަރަކަށް އަހަރުތެރޭ އެ ކުންފުނިން ހިއްސާއަކަށް ބަހަން ފާސްކުރި އެންމެ […]

އެސްޓީއޯއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފާމަސީއެއް ހުޅުވައިފި
Business

އެސްޓީއޯއިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފާމަސީއެއް ހުޅުވައިފި

އެސްޓީއޯ މެޑިކަލް ސާވިސަސް އިން ދަރުމަވަންތަ ހޮސްޕިޓަލުގައި ފާމަސީއެއް ހުޅުވައިފިއެވެ. ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމީއްޔާތުގައި މި ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން އަލްފާޟިލް އާމިރް މަންސޫރެވެ. މި ރަސްމީއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމް އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވިއެވެ. އެސްޓީއޯ އިން ބުނީ މި ފާމަސީއަކީ އެހެން ފާމަސީތަކާއި ތަފާތުކޮށް ޒަމާނީ ކޮންސެޕްޓަކަށް ތައްޔާރު ކުރެވިފައިވާ ފާމަސީއެއް ކަމަށެވެ. އެެހެންކަމުން...

އެސްޓީއޯއިން ހިއްސާދާރުންނާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވަނީ
Business

އެސްޓީއޯއިން ހިއްސާދާރުންނާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވަނީ

ކުންފުނީގެ ކަންކަމާ މަޝްވަރާކުރަން ހިއްސާދާރުންނާ އެކު އަންނަ ހޮނިހިރު ދުވަހު ނުރަސްމީ ބައްދަލުވުމެއް ބާއްވަން އެސްޓީއޯއިން މިއަދު ނިންމައިފިއެވެ. އެ ކުންފުނީގެ މައި އޮފީހުގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ ޓްރެއިނިން އިންސްޓިއުޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ބައިވެރިވުމަށް އޮންލައިކޮށް ރަޖިސްޓްރީވުމަށް ވަނީ ހުޅުވައިލާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވާން އަންނަ ހުކުރު ދުވަހުގެ 11:00ގެ ކުރިން އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެއެވެ. މި ބައްދަލުވުމުގައި ބ...

އެސްޓީއޯއިން ވިއްކާ ތެޔޮ އަގު ހެޔޮކޮށްފި
Business

އެސްޓީއޯއިން ވިއްކާ ތެޔޮ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ. އެސްޓީއޯއިން މިއަދު ބުނިގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާއި ގުޅިގެން ރާއްޖޭގައި އެ ކުންފުނިން ވިއްކަމުން އަންނަ ތެލުގެ އަގަށް ބަދަލުގެނެސް، އެ ކުންފުނިން ވިއްކާ ތެޔޮ ވަނީ މިއަދުން ފެށިގެން އަގު ހެޔޮކޮށްފައެވެ. މިގޮތުން އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ޑީސެލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ކުޑަ ކޮށްފައެވެ. […]

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި
Business

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި މިރޭ ހުޅުވާލައިފިއެވެ. މި ޝޯރޫމް ހުޅުވައިދެއްވީ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑްއިންފްރާސްޓްރަކްޗާ ޑރ. ޢަބްދުﷲ މުއްޠަލިބްއާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. އެސްޓީއޯއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެ...

އެސްޓީއޯގެ ޑިރެކްޓަރަކަށްވުމަށް އާންމު ހިއްސާދާރުންނަށް ހުޅުވާލައިފި
Business

އެސްޓީއޯގެ ޑިރެކްޓަރަކަށްވުމަށް އާންމު ހިއްސާދާރުންނަށް ހުޅުވާލައިފި

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެސްޓީއޯގެ އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް ހޮވާނީ އެއް މެންބަރުންނެވެ. މި ޑިރެކްޓަރު ހޮވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެެވެ. ސަރުކާރުގެ ފަރާތުން އެސްޓީއޯ ބޯޑުގައި ހަ މެންބަރުން ތިއްބަވައެވެ. އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެވޭނީ އެ ކުންފުނީގެ ހިއްސާ އޮންނަ، އުމުރުން 30 އަހަރު ވެފައިވާ ދިވެހިންނަށެވެ. އަދި ވިޔަފާރި އާއި ހިނ...

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ފިއުލް ސްޓޯރެޖެއް ހަދަނީ
Business

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ފިއުލް ސްޓޯރެޖެއް ހަދަނީ

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ފިއުލް ސްޓޯރެޖެއް ހަދަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދު މިކަން އިއުލާން ކުރެއްވީ އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއު ހިންގުމަށް ވިޓޯލް ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ފިއުލް ސްޓޯރެޖް އެ ސަރަހައްދުގައި ގާއިމް ކުރަނީ ބަންކަރިން ޕްރޮޖެކްޓަށް އިތުރު ސަޕޯޓެއް ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. ސައީދު...

އިހަވަންދިއްޕޮޅު ބަންކަރިން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

އިހަވަންދިއްޕޮޅު ބަންކަރިން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢުއަކީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ މަޝްރޫޢު އެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން މިއަދު ސޮއިކޮށްފައި ވަނީ  ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކު އެވެ. މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝ...

އަގު ކޮންޓްރޯލް ކުރަން އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަނީ
Business

އަގު ކޮންޓްރޯލް ކުރަން އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަނީ

ބާޒާރުގައި ލުނބޯ އަގުބޮޑުވެފައިވާތީ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އެސްޓީއޯއިން ލުނބޯ އެތެރެކޮށް، އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ. އެސްޓީއޯއިން ބުނީ، ލުނބޯ އަގުހެޔޮކޮށް ވިއްކަން ފެށީ ރާއްޖޭގެ ބާޒާރުގައި ލުނބޯ ގަންނަން ލިބޭ އަގު ވަރަށް ބޮޑަށް އުފުލިފައިވާތީ ކަމަށެވެ. އެގޮތުން، އެސްޓީއޯއިން ލުނބޯ ކިލޯއެއް 50 ރުފިޔާއަށް ލިބޭއިރު، 25 ކިލޯގެ ބަސްތާއެއް 1،175 ރުފިޔާއަށް ލިބޭނެއެވެ. ލުނބޯ ވިއްކާ އަގު ހެޔޮކުރީ ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ވިއްކާ ބައެއް ތަކެތި އަގުހެޔޮ […]

ރޯދަ މަަހަށް އެސްޓީއޯއިން ގެނައި ފިޔާ، ބިސް އަލުވި ވިއްކަން ފަށައިފި
Business

ރޯދަ މަަހަށް އެސްޓީއޯއިން ގެނައި ފިޔާ، ބިސް އަލުވި ވިއްކަން ފަށައިފި

ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ގެނައި ފިޔާ، ބިސް އަދި އަލުވި ވިއްކަން ފަށައިފިއެވެ. އެސްޓީއޯއިން ބުނީ، މިއަހަރުގެ ރޯދަޔަށް ގެނައި ފިޔާ، ބިސް އަދި އަލުވީގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސް މާކެޓަށް ނެރެފައިވާ ކަމަށެވެ. އަދި މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ވިއްކަން ފަށާފައިވާ ކަމަށެވެ. ހޯލްސޭލްކޮށް މުދާ ދޫކުރާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ކަމަށް ވެސް އެ ކުންފުނިން […]

އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައު 819 މިލިއަން ރުފިޔާ
Business

އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައު 819 މިލިއަން ރުފިޔާ

އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. އެސްޓީއޯ އިން އިއްޔެ އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ހަތަރުވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 2.7 އިންސައްތައިގެ ދަށްވުމެކެވެ. ތިންވަނަ ކުއާތަރުގައި އެ ކުންފުންޏަށް […]